ގދ. ރަތަފަންދޫގައި މި ހަފްތާގައި ހިންގި ދެ މާރާމާރީއަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު އެ ރަށުގައި ހިންގި ގްރޫޕް މާރާމާރީއެއްގައި 20 އަހަރާއި 27 އަހަރާ ދެމެދުގެ އަށް ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ދެ މީހުންގެ ދެމެދުގައި އެ ރަށުގައި ރޭ ހިންގި މާރާމާރީ އަކާ ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރި ކަމަށް ވެސް އެތަނުން ބުންޏެވެ.
މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމަތެއް އެތަނަކުން އަދި ހިއްސާއެއް ނުކުރެ އެވެ.