34 މީހުންނާ އެކު ދަތުރުކުރި ސަފާރީއެއް ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނިގޮތުގައި "އިރުވައި" ނަމަކަށް ކިޔާ އެ ސަފާރީ އަރާފައިވަނީ އދ. މޫފުށީ ކައިރީގައި އޮންނަ ގިރިިއަކަށް ކަމަށެވެ.
މިއަދު ހަވީރު އެ ހާދިސާ ހިނގިއިރު، އެ ސަފާރީގައި 34 މީހުން ތިބި ކަމަށް ކޯސްޓްގާޑުން ބުންޏެވެ.
ކޯސްޓްގާޑުން ބުނިގޮތުގައި އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކޯސްޓްގާޑުން މިހާރު ދަނީ ކުރަމުންނެވެ.