ތިން ރިސޯޓެއްގައި ތިން ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ރާއްޖޭގެ ދެ ރިސޯޓެއްގައި ދެ ޓޫރިސްޓަކު އަދި އެހެން ރިސޯޓެއްގައި އިންޑޮނީޝިއާގެ މުވައްޒަފަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.


އުމުރުން 62 އަހަރުގެ ޗައިނާ ފިރިހެނަކާއި އެމެރިކާގެ ފިރިހެނަކު މޫދަށް އެރި އުޅެނިކޮށް މަރުވީ ފިހާޅޮހި ރިސޯޓްގަ އާއި ޕާކް ހަޔަޓް ރިސޯޓްގަ އެވެ.

ފުލުހުން ބުނާ ގޮތުގައި ފިހާޅޮހި ރިސޯޓްގެ މޫދަށް އެރި އުޅެނިކޮށް ޗައިނާގެ ޓޫރިސްޓަކު މަރުވެގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ މިަދު ހެނދުނު 10:30 ހާ އިރު އެވެ.

ޕާކް ހަޔަޓް ރިސޯޓްގައި އެމެރިކާގެ ޓޫރިސްޓް މަރުވީ ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

އެ މަރުގެ ރިޕޯޓް ފުލުހުންނަށް ހުށައެޅީ މިއަދު މެންދުރު ފަހު އެވެ.

އިންޑޮނީޝިއާގެ ފިރިހެން މުވައްޒަފަކު މަރުވެފައި އޮއްވާ ފެނުނީ ލިލީ ބީޗު ރިސޯޓްގަ އެވެ.

ފުލުހުން ބުނާ ގޮތުގައި އޭނާ މަރުވެފައި އޮތްކަން އެނގުނީ ނިދާހޭނުލައިގެން ބެލުމުންނެވެ.

މާލޭގެ ގެއެއްގެ ޓެރަސް މަތީގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ވެސް މިއަދު ވަނީ ފެނިފަ އެވެ.

މއ. ޓޮމާޓޯގެ ޓެރަސް މަތީގައި މަރުވެފައި އޮތީ، ފުލުހުން ބުނާ ގޮތުގައި، އެގޭ މީހެއް ނޫނެވެ.

އޭނާގެ ހަށިގަނޑު ބޭލީ ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާ އެކުގަ އެވެ.