ފަލާހު އެމްޑީޕީ މުޒާހަރާއެއްގައި. ނަލަހިޔާ ކައިރިން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.
02 އޮކްޓޯބަރ 2016 - 22:55
ކާޑުގެ އަގު ބޮޑުކުރުމުން ނުރުހުންފާޅުކޮށް އެމްޑީޕީން މިރޭ ނަލަހިޔާ ކައިރިއަށް އެއްވެ ޝުއޫރުފާޅުކުރަނިކޮށް، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަނާ ސަރަހައްދަކަށް އެއްވެ ޝުއޫރުފާޅުކުރަނިކޮށް ފަލާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވީ ނަމަވެސް އޭނާ އަދި ހައްޔަރު ނުކުރާ ކަމަށެވެ.
އެމްޑީޕީން ބުނިގޮތުގައި އެ ޕާޓީގެ ސަޕޯޓަރުންތަކެއް ބޯޑުތައް ހިފައިގެން ނަލަހިޔާ ސަރަހައްދަށް އެއްވީ، ކާޑުގެ އަގުބޮޑުކުރަން ސަރުކާރުން ނިންމި ކުއްލި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލަން ކަމަށެވެ. އެ ސަރަހައްދަށް އެއްވި ގިނަ މީހުން ތިބީ ކާޑުގެ އަގު ބޮޑުކުރުމާ ދެކޮޅު ބޯޑު ހިފައިގެން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އާޓިފިޝަލްބީޗު ފިޔަވައި އެހެން ސަރަހައްދަކަށް އެއްވުމަކީ މަނާ ކަމެކެވެ. މިއީ، އެ އިސްލާހަށް އަމަލުކުރަން ފެށިފަހުން، އެމްޑީޕީގެ އެއްވުންތައް އާއްމުކޮށް ބާއްވާ ނަލަހިޔާ ސަރަހައްދަށް އެއްވި ފުރަތަމަ ފަހަރެވެ.
ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ.
މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އެކޮނޮމިކް މިނިސްޓްރީން ހުކުރުދުވަހު ވަނީ އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލުމީހާ
03 October 2016
ކާޑުގެ އަގު 3 ރުފިޔާއިން 5 ރުފިޔާއަށް ބޮޑު ކުރީމަ ރައްޔިތުން ހަނާވަނީއެ ބުނެ މަގުމައްޗަށް ނުކުމެ ހަޅޭއްވަލާފައި ދެން ގޮސް ތިބޭ އައި.ފޯން ގަންނަން ކިޔޫގައި ފޯނު ގަނެގެން ދެން ދާނީ އެންމެ ފަހުގެ ޕީސީއެކްސް ސައިކަލު ގަންނަން، ސައިކަލު ގަނެގެން ދެން ދާނީ އެންމެ ފަހުގެ އަގު ބޮޑު ރެސްޓޯރެންޓް ތަކަށް ގޮސް އެތަން ހުސްކޮށްގެން ގެއަށް އައިސް ފުލް އޭސީގަ 70 އިންޗީގެ ޓީވީ ބަލަން އިނދެފައި، ވީއެންޑްގައި ކޮންމެވެސް ރިސޯޓަކަށް ނޫނީ ރާއްޖެއިން ބޭރަށް ގޮސް އުޅިލާފަ ދެން މާލެއަށް އައިސް އަނެއް ނުކުންނާނީ ކާޑުގެ އަގުބޮޑުވެއްޖޭ ހަނާވަނީ އޭ ކިޔާ މުޒާހަރާކުރަން... ޓިޕިކަލް މޯލްޑިވިއެން.
އެމީހާ....
03 October 2016
ބޮޑު ވަށްކަން ފަޅާއަރުވާލީމައި، ވެރިކަންކުރާ މީހުން ކުރާ ޖެއްސުން މީ... ރައްޔިތުން ހަމަ ތިބެން ޖެހޭނީ..
މުރާސިލް
03 October 2016
އެހެން ވިއްޔާއި މިހާރު އޮންނާނީ ކާޑުގެ އަގު ހެޔޮވެފައެވެ. ވަރަށް ސަލާމެވެ.
ބޭނުމީކުރިއެރުން
03 October 2016
ރައީސް ޔާމީނަށް ރައީސްގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން ދަންނަވަން، މިފަދަ ބޮޑުބަދަލުތަށް ގެންނައިރު ރައްޔިތުންގެ ހިޔާލު ހޯދާލުން މުހިންމު. ކައިރީ އުޅުއްވާ ބޮޑުމުސާރަ ނަންގަވާ ބޭފުޅުންނަށް އިހުސާސެއް ނުކުރެވޭނެ ރައްޔިތުންގެ ކެކުޅުމާއި ނިކަމެތިކަމެއް. އަޅުގަނޑުމެން މެދުފަންތީ ބާސްމަތިކާ ރައްޔިތުންވެސް ސައިހޮޓަލުން ހެދިކާއެއް ސަޔައް ނުބޮއެ ނުތިބެވޭނެ ދެއްތޯ؟ އަގުބޮޑުވާއެއްޗެއްގެ އަގުކުޑަކުރާނެ ވިޔަފާރިވެރިންނެއް މިގައުމުން އަދި ނުފެނޭ.
ޓާސީނު
03 October 2016
ތިޔަގޮތަށް މަވެސް ކުރިން ތާއީދު ކުރިން. މިހާރު ވިސްނިއްޖެ. މަގޭ ވޯޓު ދެން ހޯދަންޖެހޭނީ މަގޭ އަތްކަނޑައިގެން
ބާސްމަތީކާ
03 October 2016
މެދުފަންތީގެ މީހާ ކަނީ ބާސްމަތީތޯ؟ެެ މެދުފަންތި މާނަ ތިކުރަނީ ކިހިނެއްތޯ. ރާއްޖެއަކު މެދުފަންތިއެއް ނޯވޭ ތިބެނީ ފަގީރުންނާ މުއްސަދިން
ބޭބެ
03 October 2016
އެބޭފުޅާއަށް ވޯޓުދެއްވެވި އެންމެންނައް ވަރައް ސަލާމް ދެން ލަލަލާ..،،.
ފާތުން.
03 October 2016
މިވާގޮތެއް ބުނެދީބަލަ. ފުށްކިލޯއެއްގެ މިހާރުގެ އަގަކީ 5.96 ރުފިއާޔާޔޯ؟ އެކަމަކު ފިހާރަ ތަކުން ފުށްކިލޯއެއް ދެނީ 7 ރުފިޔާއަށް. އަހަރެން އަދި މިގަތީ ފުށް. އެހެން ރަކެތީގެ އަގެއް އަހަންނަކަށްނޭގެ.
ސޭޓު
03 October 2016
5.96 އެއީ އެސްޓީއޯއިން ހޯލް ސޭލް ކުރާ އަގު، އެ އަގަށް ކިރާގެން ވިއްކާ ނަމަ 20 ލާރި، ޕެކެޓް ކޮއްގެން ވިއްކާނަމަ 75 ލާރި އިތުރު ކުރަން އަންގާފަ އޮތީ. މާނައަކީ 6.16 ރުފިޔާ އަށް ކިރައިގެން ވިއްކާފަ، ޕެކެޓް ކޮއްގެން 6.95 ރުފިޔާ އަށް ވިއްކާ ގޮތަށް. މި ރައުންޑް އޯފް ކުރީމަ 7 ރުފިޔާއަށް ވިއްކަފާނެ އެކަމު އެއީ މަނާ ކަމެއް ކަމުގައ ވާނީ.
ފުލުސް މީހާ
02 October 2016
މަށަށް ކެވިދާނެ ސަރުކާރު ކޮއްތު. އެކަމަކު މަގޭ އާއިލާ ކާން ޖެހޭނީ... .
މެންޓަލިސްޓް
02 October 2016
ބަލަ ކާޑުގެ އަގުބޮޑުކޮއްފައި ބޭއްވީމާނޫންތޯ އެމް.ޑީ.ޕީއަށް ރަގަޅީ އޭރުން 2018 ގައި އިންތިޙާބުގައި ޔާމިންއަށް ލިބޭނެވޯޓްވެސް މަދުވާނެނޫންތޯ ، އަނެއްކޮޅުން ކާޑުގެ އަގުހެޔޮކުރާނެ ވައުދުވެސް އެމް،ޑީ،ޕީއަށް ވެވޭނެނޫންތޯ ؟ ސިޔާސީވިސްނުމެއްގައި އަޅުގަނޑަށް ފެންނަނީ އެހެން ، ސަބަބަކީ ހޮޓާތަކުން ސައިބޮއި ކައިއުޅޭ އެންމެންނަށް ތިޔަކަމުގެ އަސަރުކޮއްފި ،،، ހެދިކާގެ އަގުތަށް ޑަބަލްބޮޑުވެއްޖެ ބަތްތައްޓެއް ރޮއްޓެއްގެ އަގުތަށް ބޮޑުވެއްޖެ ، ބަންގާޅީންގެންގުޅޭމީހުން ކެއުމަށް ދޭޙަރަދު ބޮޑުވެއްޖެ ،، މިކަމާއި ގުޅިގެން އެތަށް ޙަރަދުތަކެށް ނުސީދާގޮތުން ބޮޑުވެގެންދާނެ ، އަނެއްކޮޅުން ޖީއެސްޓީއަށް ލިބޭފައިސާވެސް ގިނަވެގެންދާނެ ، އަދި އެސްޓީއޯއަށް އަދި ހަނޑޫ ހަކުރު ފުއް ކޯޓާގެ ދަށުން އެތެރެކުރާ އެންމެންނަށްވެސް ބޮޑުފައިދާއެއް ލިބިގެންދާނެ ، ރާއްޖޭގެ އާބާދީގެ ބޮޑުބައި ކައި އުޅެނީ އެސްޓީއޯގެ ފުށާއި ހަނޑޫ ،، ސަރުކާރުން ދިނީ ދޮގުމައުލޫމާތް ،،
ޕިނާ ބިން ތެއްލާ
02 October 2016
ފުލުހުންނާ ހެދި ނޯވޭ އިންސާނިއްޔަތަށްޓަކާ ވެސް މަސައްކަތެއް ކޮއްދެވޭކަށް
ޑީނިއޯ
03 October 2016
ފުލުހުންނެއް ނޫން ހެދިފައިވާ ޤާނޫނުތަކުން.
ސަމީރު
02 October 2016
ފަލާހު ހައްޔަރުކުރި ފުލުހުންނަށް ކާޑުގެ ބާވަތްތަށް ހިލޭ ލިބެނީތަ