ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އާއި ގުޅިގެން މިދިޔަ ހުކުރު ދުވަހު މާލޭގައި "ޗައިލްޑް އެބިއުޒް" އާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން.--- ފޮޓޯ:ނިޝާން އަލީ/މިހާރު
23 ޖެނުއަރީ 2020 - 22:51
ތިން ފިރިހެނުންގެ ގުރޫޕަކުން އުމުރުން 17 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. އެކަމަކު، އެ އަމަލު ހިންގި މީހުން އަދި ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން ބުނީ، ތިން މީހުން "ގޭންގް ރޭޕް" ހިންގީ ރޭގެ 8:15 ހާއިރު ކަމަށެވެ. މެދު ރާއްޖެތެރޭގެ ރަށެއްގައި (ކ. އއ. އދ އަދި ވ. އަތޮޅު) ހިންގި މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިރޭ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ. ކުއްޖާގެ ހިމާޔަތަށްޓަކައި އެ ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްގެ މައްސަލަތައް އިތުރުވެ، އެންމެންގެ ސަމާލުކަމަށް އައިސްފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ވެސް ނުވާ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވި ފަހުންނެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އަށެވެ. އެ ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާގެ ބައްޕަ އަށް އިހުމާލުވުމުގެ ތުހުމަތު ކުރާއިރު އޭނާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
Offenders | Child Sex Offenders Registry
ޖިންސީ ގޯނާކުރާ މީހުންގެ ރެޖިސްޓަރީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
24 January 2020
މިއޮތީވާ ޤައުމެއް! އަވަހަށް ސިސްޓަމް ރަނގަޅުކުރޭ! ސަރުކާރަށް ކަތިވަޅިޔާ މަރިޔަބާ ދަނޑުތައްވެސް ދީފަތިޔަތިބީ! އަވަހަށް މަރުގެ ހުކުމް ތަންފީޒުކުރޭ، މިކަން ނުކޮށް ވާކަށްނެތް! ގައުމުގެ މުސްތަގުބަލް ސަލާމަތްކުރަންޖެހޭ، މިކަން ނުވަންޏާ ގެއަށް ވަޑައިގަންނަވާ!
ރިހާކުރު
24 January 2020
މިކަން ހީވާގޮތުން ވަރައް އާންމު އާއިލާތަކުން ރިޕޯޓު ކުރީގަ ނުކުރަނީ.
6566
24 January 2020
ރިޕޯޓުކުރިޔަސް ވާކަމެއްހަރާމް..ނުކުޅެދޭ މުއައްސަސާތައް ހައްތަހާވެސް
ނަސްރު
24 January 2020
ޢަދިވެސް އެ ކަމެއްހިންގި ރަށެއްގެ ނަންވެސް ބުނެލަން ނުކެރޭ، އަބަދުވެސް ބުނާނީ ދެކުނުގެ ރަށެކޭ، އުތުރޭ..ކިހިނެތްތޯ ތިޔަ ހާލަތުގާ މިކަން ހުއްޓުވާނީ؟
Naseem
24 January 2020
ތިކަހަލަމީހުންގެ ދިފާއުގައި ވަކީލުންނުދިއުން އެއީ ހަގީގަތްއެގޭއިރުވެސް ކޮންމެވެސް ލޯވަޅެއްހޯދައިގެން އެމީހުންސަލާމަތްވާން ފުރުސަތު އޮންނާތީ
ގިނިހިލަ
24 January 2020
މިއީ "ބޮޑުރާޅު" އަރާ ގޮތަށް ވާކަމެކެވެ. މިހާރު އެހެން ކަމެއް ނެތެވެ.
ހަކީމް
24 January 2020
ދިވެހިންނެކޭ އިންޑިޔާ މީހުންނެކޭ ތަފާތެއްނެތް. ހުސް ޖަނަވާރުން. ތަފާތަކީ ލިބޭ އަދަބު. އިންޑިޔާގައި ނަމަ ތި 3ން މީހުންނަށް ލިބޭނީ މަރުގެ އަަދަބު. ރާއްޖޭގައި އެމީހުންގެ ޝަރީއަތް 10 އަހަރަށް ދެމިގެން ދާނެ. އެންމެ ފަހުންވެސް ވެރިކަންކުރި ޕާޓީގެ ޕޖ ލީޑަރުގެ ޅިޔަން ސޮރު ރޭޕް ކޭސް އެއްގައި ބަންދުކުރި. އިސާހިތަކު ދޫކޮއްލި. އަދިވެސް ދައުވާ ކުރި ކަމެއް ނޭނގޭ. މިކަހަލަ އެތަށް ކަމެއް.
ބުނަންތަ
24 January 2020
މި 3 މީހުނަށް އެކަށީގެންވާ އަދަބު ނުދީފިއްޔާ ރޭޕް ކުތުން މިޤައުގަ އާންމު ވެދާނެ .. ބޯކުދިން ނަށްވުރެ ރޭޕް ކުރާ މީހުން ގިނަވާނެ... ހަމ ސަހާދެއް މިބުނީ... މި ޤައުމު ސާލާމަތް ކުރަން ބޭނުމިއްޔާ ހައްޤު އަދަބުދީ.. އާއްމުންގެ އެއްބާރުލުން މިކަމުގަ ބޭނުންވޭ.
ނަސީރާ
24 January 2020
ބޭނުންވަރަކައް އޮރިޔާން ފިލްމު ބެލޭގޮތައް އިންޓަނެޓު ދީގެން ތިބެންޏާ މިކަހަލަ ކަންކަމައް ނިމުމެއް ނާންނާނެ. އޮރިޔާން ބެލޭގޮތައް އިންޓަނެޓު ދޫކޮއްފަ ހުރި އެއްވެސް ގައުމެއްގައި މިކަން ދެވަނަ ގޮތަކައް އެބައޮތްތޯ..؟
ހާމަ333
24 January 2020
އަންނިގެ އިންޑިއާ ސަރުކާރު އައިފަހުން މަށަަށް ހީވަނީ މިރާއްޖެވެސް އިންޑިއާ ގޮތަށް ރޭޕިސްޓް ގައުމަކަށް ވެއްޖެހެން..
ކަނބިލި
24 January 2020
ރޭޕް ހެވަން އަކަށް ވަނީ