ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނިއްޖެ

ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސެއް ރާއްޖެ އިން ފެނިގެން އޭނާގެ ޓެސްޓްތައް ހަދަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.


ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކޮރޯނާވައިރަހަށް ޝައްކު ކުރެވެނީ ޗައިނާގެ ޒިއާމިން އިން ރާއްޖެ އައި 20 އަހަރުގެ ޒުވާނެއް ކަމަށެވެ.

އަމީން ވިދާޅުވީ އެ ޒުވާނާ މިހާރު ހުރީ ފުނަދޫގެ އައިޒޮލޭޝަން ފެސިލިޓީޒްގައި ކަމަށެވެ. އޭނާގެ ހާލު މި ވަގުތު ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.