މާލޭގެ ރައްޔިތުންނަށް 3،000 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ މަހު ފަށަނީ

މާލޭ ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން އަޅާ 3،000 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


މާލޭ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއު ފަށަން ވެސްޓް ޕާކް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މި މަސައްކަތް ކުރާނީ 1،700 ހައުސިން ޔުނިޓާއި 1،300 ހައުސިން ޔުނިޓްގެ މަސައްކަތް ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ދިރާސާގެ އަލީގައި އެއަށް ބަދަލު ގެނަސް، އަޅުގަނޑުމެން މިދަނީ މާލޭގެ ރައްޔިތުންނަށް އިތުރަށް ބޭނުންވާނެ ބޯހިޔާވެހިކަމުގެ މަސައްކަތް ކުރަމުން،" ރައީސް

މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން 4،000 ހައުސިން ޔުނިޓު އެޅުމަށް މިދިޔަ ރިިޔާސީ އިންތިހާބުގަ އާއި މަޖިލިސް އިންތިހާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގަތްކަން މި ރަސްމިއްޔާތުގައި ހަނދާން ކޮށްދެއްވި އެވެ. ނަމަވެސް ރައީސް ވިދާޅުވީ ފަހުން ހެދި ދިރާސާތަކުން، މާލޭގެ ރައްޔިތުންނަށް އެއަށް ވުރެ އިތުރަށް ބޯހިޔާވެހިކަން ބޭނުންވާކަން ދެނެގަނެވުނު ކަމަށެވެ.

"އަޅުގަނޑުމެންގެ ދިރާސާގެ އަލީގައި އެއަށް ބަދަލު ގެނަސް، އަޅުގަނޑުމެން މިދަނީ މާލޭގެ ރައްޔިތުންނަށް އިތުރަށް ބޭނުންވާނެ ބޯހިޔާވެހިކަމުގެ މަސައްކަތް ކުރަމުން،" އެ މަނިކުފާނު ވިދާޅުުވި އެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ފެށުމުގެ ރަސްމިއްޔާތުގައި ނައިބ ރައީސް ފައިސަލް ނަސީމް (ވ) އާއި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު (ވ-2) އާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދު (މ) އާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް (ކ-2) ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން އިތުރު 4،000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވެސް އެ މަނިކުފާނު ވިިދާޅުވި އެވެ. އަދި މިދިޔަ ސަރުކާރުން ހިޔާ މަޝްރޫއު އާއި ވެށިފަހި ޕްރޮގްރާމްގެ ދަށުން ރައްޔިތުންނާ އެކު ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އެ މަސައްކަތް ލަސްނުކޮށް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓެއް

މި އަހަރު ތެރޭގައި ކުރަން ނިންމާފައިވާ އިތުރު މަސައްކަތްތަތުގެ ތެރޭގައި އަންނަ ޖޫން މަހުގެ ކުރިން މާލެ އާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދަތުރުވެރިންގެ މާރުކޭޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި ރޯދަ މަސް އައުމުގެ ކުރިން ވަގުތީ މާރުކޭޓެއް ހަދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މާލެެ އަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކީ، ދުރާލާ ވިސްނުމެއް ނެތި ތަރައްގީކުރުމުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަދު ފެށި މަގު ހެދުމުގެ މަޝްރޫއަށް އަމާޒުކުރައްވާ ވިދާޅުވީ، މިއީ އެ މައްސަލަަތަކަށް ހައްލެއް ހޯދަން ކުރެވޭ ފުރަތަމަ މަސައްކަތް ކަމަށެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަށް 462 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފައިވެ އެވެ. މިއަދު ފެށީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތެވެ. ކުރިއަށް އޮތް ދެ މަސް ދުުވަހުގެ ތެރޭގައި ކަނބާއައިސާރަނި މަގުގެ ސަރަހައްދުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.