ކޮވިޑް-19 އަށް ފެތުރޭ ހާލަތެއްގައި އެކަމަށް ތައްޔާރުވުމަށް ބޭއްވި ޑްރިލްއެއްގައި މީހަކު ބައިވެރިވަނީ. -- މިހާރު ފައިލް ފޮޓޯ
08 މާޗް 2020 - 21:28
ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފަކު ށ. ފޯކައިދޫ އަށް ދިޔަ ފަހުން ބައްޔަށް ޝައްކުވާ އަލާމާތްތައް ފެންނާތީ އެ މީހާގެ ޓެސްޓްތައް ހެދުމަށް ފަރުކޮޅުފުއްޓަށް ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ފޯކައިދޫން މި މީހާ ފާހަގަވުމާ އެކު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި އެ މީހާ މިހާތަނަށް ބަހައްޓާފައި ހުރީ އެކަހެރިކޮށް ކަމަށެވެ. ނަމަވެސް ޓެކްނިކަލް ބޭފުޅުންގެ ލަފާގެ ދަށުން، އެ ރަށް އަރައި ފޭބުން މަނާކޮށްފައި ނުވާކަން ފާހަގަކުރެއްވި އެވެ.
#ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ. މި މީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފެއް.
— HPA Maldives (@HPA_MV) March 8, 2020
މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުންދެވޭނެ.
މި ކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑް-19 ރާއްޖޭން ފެނުނީ، އިޓަލީ ޓޫރިސްޓަކު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރި ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުގެ ދެ މުވައްޒަފެއް އެ ބައްޔަށް ޕޮޒިޓިވްވި އެވެ. އެ އިޓަލީ ޓޫރިސްޓު، އެ ރިސޯޓުގައި ހުރުމަށް ފަހު އިޓަލީ އަށް އަނބުރާ ދިއުމަށް ފަހު، އެ ބައްޔަށް ޕޮޒިޓިވް ވުމުން އެކަން ރިސޯޓަށް އެންގި އެވެ. އެ ރަށް މިހާރު އޮތީ އަރައި ފޭބުން މަނާކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ މީހުން އެ ރަށުގައި ރޫމް އައިސޮލޭޝަންގައި އެބަތިބި ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނަމް
09 March 2020
ހިތައް އަރާ ކުރިން އިޓަލީން މީހުން އައުން މަނާކުރުނަމަ އިޤްތިސާދައް ލިބޭނެ ގެއްލުންތޯ މިހާރު މަނާނުކޮށް ތިއްބާ އިޓަލީން އައި މިހެއްގަ ފާރަތުން މުޅި ރާއްޖެޔަށް މިބަލި ފެތުރުމުން ވާ ގެލުން ތޯ ބޮޑީ.
ާޢަލީ
09 March 2020
އިޓަލީން ފަތުރުވެރިން އައުން މަނާނުކުރުމުގެ ހިތިނަތީޖާ މިފެންނަނީ. ސަރުކާރުގެ ދޯހޮޅި ސިޔާސަތުގެ ސަބަބުން ވީގޮތް. ޝުކުރުކުރުން ނޫންގޮތެއްނެތް
ާއުނިމާ
09 March 2020
ޗައިނާގަވެސް ބަލި ކޮންޓްރޯލް ނުވެ އެހިސާބަށް ދިޔައީ އެންމެ ކުރީކޮޅު ދެން ބަލިވެސް ޖެހޭނޭ މީހުންވެސް މަރުވާނޭ ސިޔާސަތުގެ ސަބަބަުން އަޅަން ޖެހުނެ ފިޔަވަޅުތައް ނޭޅުނީކަމަށް މިހާރުވެސް އެމީހުން ޤަބޫލުކުރޭ،ސަރުކާރުން މިކިޔަނީ ހަމަ އެލަވަ! ދެން ބަލިވެސް ޖެހޭނޭ މިހުންވެސް މަރުވާނޭ! މިވިސްނުމުގަ ހުރިއްޔާ މިކޮންޓްރޯލް ކުރާނީ ކިހިނެއް؟ ދެން ޓީވީއަށް އަރާ މިކިޔަނީ ހާސްވާވަރެއްނުވެޔޭ، އަދި ރެޑްއެލާޓަކަށް ނުދެޔޭ، ރައްޔިތުންގެ ސަލާމަތް އެންމެ ފުރަތަމަ!
ޝޭޑް
09 March 2020
ކޮންޓެކްޓް ޓްރޭސިންގް އޭކިޔަކިޔާ، ހަމައެކަނި ސަރުކާރުގެ ޒިންމާއެއްކަމަށް ދޫކޮށްނުލައްވަމާތޯ؟ ފަރުދީގުތުން އެޅޭނެފިޔަވަޅުތަށް ފާހަގަކޮށް އެފިޔަވަޅުތަށްއަޅަމާތޯ؟ އަދި ސަރުކާރުންވެސް ޗައިނާގެ ފިޔަވަޅުތަކުން މިސާލުނަގާ "ހަރުކަށި" އުސޫލުތަކެއް އިމްޕްލިމެންޓް ކުރުން ބުއްދިވެރި ކަމަށްދެކެން.
ޑޮކްޓަރު
09 March 2020
ތިނަ ދޫ ޓެސްޓުގެ ނަތީޖާ ލިބެން ދެން ކަރަންޓީނުގަ. ފޯކައި ދޫ ވީމަ ޓެކްނިކަލް ބޭފުޅުންނަށް ފެނުނީ މުޅިރަށް ކަރަންޓީނު ނުކޮށް ގޭގަ ބަހައްޓަން. މިޔޯ؟
ދަގަތްފާނު
09 March 2020
ލާމަރުކަޒީ އުސޫލުން ށ ފޯކައިދޫގަ ހުންނަމީހާ ކަރަންޓީނަށް ގެންދަނީ ކ.މާލެއަށްތޯ. ކަމާއިބެހޭ ޑޮކްޓަރު ހުންނަނީ މާލޭގަތޯ.
ޝުކުރުކުރަން ދަސްކުރޭ
09 March 2020
ލާމަރުކަޒީ ދަށުން މަރުވާމީހުން ވަޅުލާންވެސް ޖެހި ދާނެ އާސަހަރާގަ .ކ މާލޭގަ..ވަކި ވަގުތެވެސް ނޯވޭ ދޯ ވަކިވެގަތުމާ ބައިބާވުން އުފެއް ދުމަށް..ފޯކައި ދޫގަ އުޅޭމީހުން ކ މާލޭން ލިބެނެތް ފަރުވާހޯ ދުމަށް އިންޑިޔާއަށްވެސް ދަނީ. ކ މާލޭ މީހާ ފަރުވާހޯ ދަން ސިލޯނަށް ދަނީވެސް. މިގައުމުގެ ލާމަރުކަޒީއާ ޑިމޮކުރަސީ މިނާކިރަންވީ މިގައުމު ގު ދުރަތީގޮތުން އޮތްގޮތާ ތަނަވަސްކަމާ ރައްޔިތުންގެމައްޗަށް..ކޮއްމެ ގެއްގެ ދޮރުމަތީގަ ޑޮކްޓަރާ ފާމަސީ ހުންނަން އެ ދުނަސް ނުވާނެ.
ހެޔޮދުއާ
08 March 2020
އިރާދަކުރެއްވިއްޔާ ދިވެހިންނަށް މިކަމުން އަރައިގަނެވޭނެ. ހުރިހާ އެންމެވެސް ކަމާބެހޭ ފަރާތްތަށް ދައްކާ ވާހަކަ އަޑުއަހަމުން ކުރިއަށް ވަޑައިގަންނަވާ
ސައީދާ
08 March 2020
ކޮންޓެކްޓް ޓްރޭސިންގެ ވާހަކަ މިނިސްޓަރަށް ކިޔައި ދެވުނު އަދަދެއްވެސް ނޭނގެ. އެކަމަކު ހަމަ ސަންގު ނޫސްވެރިޔާ ތިމަންނަ ކޮންމެ ރެއަކު އެބަ ކުރަމޭ ކިޔާ ހަމަ އެއް ސުވާލެއް ކޮށްލުމުގައި ދެމިހުންނަވާ. ކޮންމެ ނޫސްވެރިޔަކުވެސް ފޮތް ހުޅުވައިގެން ބަލާބަލަ ކޮންޓެކްޓް ޓްރޭސިންއަކީ ކޮބައިކަން. ނޫނީ ޕްރެސް ކޮންފަރެންސް އޮޅަ އޮޅައިގެން ދަސްވަންދެން ބަލާބަލަ. އަމީނުގެ ކެތްތެރިކަމަަށްވެސް ސާބަސް ދޭންޖެހޭ!
ކަލީމް
08 March 2020
ސަރުކާރުން ތިޔަ ކުރައްވާ މަސައްކަތްތަކަށް ކާމިޔާބީ ދެއްވުން އެދި ﷲ އަށް ދުއާކުރަން. އަދި ފްރަންޓްލައިންގައި މި ބަލިމަޑުކަމާއި ހަގުރާމަކުރަން ތިބި ހިތްވަރުގަދަ ފަހުލަވާނުންނަށް އައްސަރިބަހާ ސާބަސް. މި ބުނީ އަލީ ވަހީދު ވާހަކައެއް ނޫން. ހެލްތު މިނިސްޓަރާއި، އެތަނުގެ މުވައްޒަފުންނާއި، މެޑިކަލް ސްޓާފުންނާއި، ކަސްޓަމްސް، އިމިގްރޭޝަން އަދި ޕޮލިހުގެ މުވައްޒަފުން ވާހަކަ. ޝުކުރިއްޔާ ހަމަ ޝުކުރިއްޔާ!
ޙސަނ
09 March 2020
ކޮބާ ސިފައިންގެ ވާހަކަ؟
ޒިން މާ ކުރުވަމ މާ
09 March 2020
ސަރުކާރުން މިބަލިމަޑުކަމަށް ސަމާލުކަން ދިންލެލަސްވީމަ ރަގަޅެނޫން.ސަރުކާރުއުޅުނީ މީޑިޔާ ސްޓަންޓް ޖައްސަން.އެހެން ގައުމުތަކާ ޙިލާފަށް މިގަމުގަ ތައްޔާރީތަވުމަށް ކުރަންޖެހޭ އެތައްކަމެ އެބަހުރި ކާބޯތަކެއްޗާ ބޭސްފަރުވާގެއިތުރުންސިއްޙީ ޙި ދުމަތްތެރިންހޯ ދާ އަތްމަތިކުރަންޖެހޭ.ގިނަރައްރަށުގަ ހުންނަނީއެއްމެ ޑޮކްޓަރެ އެމީހާ ބަލިވެއްޖެނަމަ އެރަށެއްގެ ދުވަސް ދާނެ. ރިސޯޓްފެންވަރަށް ތިބެވޭނެތަންތަން ހުއްޓަކަސްނުފު ދޭ މިގައުމަށްް އެތެރެވާމީހުންނަވެސް ބަލަންޖެހޭ