އިސްކަންދަރު ސުކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަން މީގެ ކުރިންބޭއްވި ހާއްސަ އެސެމްބްލީގައި ޓީޗަރުން ބައިވެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
11 މާޗް 2020 - 12:56
ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދާ އެއްގޮތަށް ސްކޫލުތަކުގެ ކިޔެވުން އަންނަ ހަފުތާގައި ބަންދުކުރަން ޓީޗަރުންގެ ޖަމިއްޔާއިން މިއަދު ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުން ސްކޫލުތަކުގެ ކިޔެވުން ބަންދުކުރަން ޖެހޭނެ ކަމަށެވެ. އެންމެ އިސްކަމެއް ދޭން ޖެހޭނީ ޓީޗަރުންނާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހަތަށް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ސްކޫލުތައް މިހާރު އޮތީ ފުރަތަމަ ޓާމުގެ މިޑް-ޓާމް ބްރޭކުގަ އެވެ. ހަފުތާގެ ޗުއްޓީއަކަށް ފަހު އަންނަ އާދިއްތަ ދުވަހު ކިޔެވުން ފަށާނެ އެވެ. އެހެންވެ މިހާރު އޮތް ހާލަތުން ސްކޫލުތައް ބަންދުކުރަން ޑޮކްޓަރުންގެ ޖަމިއްޔާއިން ވެސް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
As per the advice of medical professionals, we request the government to bring a temporary halt in reopening of schools as a precautionary measure regarding the COVID19 viral outbreak. The health of our educators, students and staff should be the first priority @MoEdumv @aisthly
— Teachers' Association of Maldives (@TAMaldives) March 11, 2020
އަންނަ ހަފުތާގައި ސްކޫލުތައް ބަންދުނުކުރިއަސް، ދަރިން ސްކޫލަށް ނުފޮނުވާނެ ކަމަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައިވެ އެވެ.
ދަރުބާރުގޭގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރާނީ ސްކޫލްތައް ހުންނަ ސަރަހައްދެއް ނުވަތަ ސިޓީއެއްގެ ހާލަތު ބަދަލުވުމުން ކަމަށާއި އެ ހާލަތު ރާއްޖޭގައި އަދި ނެތް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ ކިޔެވުން ބަންދުކުރުމާ މެދު ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފަ އާއި އިރުޝާދާ އެކު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްސޭ
11 March 2020
މާލޭގެ މަގުތަކާއި، ފިހާރަތަށް، ރެސްޓޯރެންޓްތަށް، ހުޅުމާލެ ފެރީޓާމިނަލް، ވިލިގިލި ފެރީޓާމިނަލް މިތަންތަނުގައި ރައްޔިތުން އަވަދިނެތި ކޮޅުކޮޅަށް ގޮސް އުޅޭތަން ރަގަޅަށް ބަލާލަބަލަ ދެން ސްކޫލަށް ދަރިންފޮނުވަން ކޮންކަހަލަގެ ބިރެއް އުފެދިގެން މިއުޅެނީ؟ ހަމަ އަޖައިބެއް
އެސްކޮބާރ
11 March 2020
ސްކޫލް ބަންދުކުރަންވީމަ އެގިވަޑައިގަންނަވާނީ ޑޮކްޓަރ އައިޝަތު އަލީއަށް. އެކަމަނާއަށް ވަނީ ވަރަށް ފުރިހަމަ އޭ ރިޕޯޓެއް ލިބިވަޑައިގެންފަ. އެމީހެއްގެ ދަރި ސްކޫލަށް ފޮނުވާނެތޯ ނުފޮނުވާނެތޯ އެގޭނީ އެމީހަކަށް. މިއީކީ އެހާ ކަންބޮޑުކޮށްލައިގެން އުޅެންޖެހޭ ކަމެއް ނޫން. ފޮނުވަން ބޭނުން މީހުންގެ ދަރިން ފޮނުވަންވީ. ފޮނުވަން ބޭނުން ނޫން މީހުންގެ ދަރިން ނުފޮނުވަންވީ. މިޒަމާނުގައި އިންޓަނެޓް ބޭނުންކޮށްގެން ކިޔެވޭނެ. މައްސަލައަކީ ނެޓުގެ އަގުހެޔޮނުވާތީ.
އަންދު
11 March 2020
ޓީޗަރުންގެ ޖަމިއްޔާ ކިޔާ ޖަމިއްޔާއެއް ވެސް އެބަ އޮތް ދޯ. ފާއިތުވި އެތައް އަހަރެއް ތެރޭ މި މީހުނަށް ފާހަގަވީ މިކަން ދޯ.
ނޫނޭދ
11 March 2020
އިބޫއާއެކު ސެލްފީނެގުމުން މާ ބޮޑަށް އެމީހުން ފާހަގަވި.
ޙިތު ވިންދު
11 March 2020
މީހަކުު މަރުވީމމމ މަ އެކަންވެސް ކުރަން އެގޭނީ. ކަ މެއް ވުމ މުގެ ކުރިއަކުން ނޭގޭނެ ކުރަން ޖެހޭ ކަންތައް! ދިވެއްސެއް ކަ މަށް ތުހު މަތު ކުރެވޭ ބައެއް ނަ މަކު.
ބޯހަރު
11 March 2020
ބެލެނިވރިނނާއި ޓޗރުންނާއި ދަރިވަރުން ނުދާން ތިބިއްޔާ ދެން ޖެހޭނީ ބަންދުކުރަން.
ބެޓްލްފީލްޑް
11 March 2020
ރާއްޖޭގެ ތައުލީމު ބްލޮކްކުރާވަރަށް އަދި ގޮތް ހުސްނުވޭ. ދުނިޔޭން މިބަލި ފިލާނެ ދުވަހަކަށް ކިޔެވުން ބަންދުކޮށްފައި ޓޫރިޒަމް ބަންދުކޮށްފައި ބެހެއްޓުން މިއެއް ނޫން ހައްލަކީ. ފަރުވާތެރިކަމާ އެކު ފުރުސޮތު އޮތްވަރަކުން ކުރިއަށްދާން ޖެހޭ. ކޮންޓްރޯލް އުނދަގުލަސް އެހާ މަރުގެ ރޭޓް މަތީ ވަބާއެއް ނޫން.
އެންދެރި
11 March 2020
އަންނި ކައިރީ ބުނެ ބަލާށެވެ. ސުޕަ މެޖޯރިޓީއެވެ. ކުއްލި މައްސަލަ އަކަށް ހަދާފަ މަޖްލީހުންވެސް ނިންމެދާނެ އެވެ.
ސަާރާ
11 March 2020
ތިގޮތަށް ނަސީދު އަޑީގަ ހުރެގެން އިބޫ އިސްކަނދަރު ސްކޫލްގަ ކެ މްޕޭނުތެރޭ ތިޔަބުނާ އެސޯސިއޭސަނުގެ ބައެއް ޓީޗަރުން ހައްދާފަ ގިނަ ވައުދުތަކެއް ވި. މިމީހުން ބަހަށް ބުއްދި ސަލާމަތުން ތިބި އެކަކުވެސް ހެއްލޭކަށް ނުވާނެ.
ޞެއިހް ކަނޑޫދޫ މިރުސް
11 March 2020
މިގޮތަށް ގޭގައި ތިބެގެން ބޮޑު މުސާރަ ހަލާލު ވާނެ ބާ؟ ސެއިހަކު ބުނެދެއްވާ!
ޑަސް ބިން މިރުސް
11 March 2020
ސެއިހުން އެއީ ކޯޗެއްތަ؟
ގުދޯ ވޯލްޑް
11 March 2020
އެއްޗެކޭ ބުނީމަ ބުނާމީހާ ގޯސްވާނީ! މިއަދު މިގަޑީގަ މާލެ ކިތައް ކެފޭގަ ކިތައް މީހުން އެބަތިބިތޯ؟ ކިތަކެއް ބެލެނިވެރިން ކުދިންގޮވައިގެން ހަވީރު ގަޑީގަ ދުއްވާލަން، ނޫނީ ޕާކަށް ދާނެތޯ؟ ކިތަކެއް ދިވެހިންތޯ ކޯވިޑް އަށް އައްސި ވީ؟ މިވެގެން އުޅެނީ ކިހިނެތްތޯ؟ މިއީ އަންޕޮޕިއުލާ އޮޕީނިއަން! ރިސޯޓްތައް ބަންދުކޮށްފައި އެމުވައްޒަފުން ސްކްރީން ކޮށްފައި މުސާރަ ނުލިބޭގޮތަށް ގެއަށް ފޮނުވަންވީ ނޫންތޯ؟ އެއީ ދޯ އެންމެ ރިސްކު ބޮޑު މީހުން. ހުސް ކޮސްގޮވަނީ.
ކޮންހާސަރެއް
11 March 2020
ތިބުނާ ތަންތަނަށް މީހުން ދަނީ އަމިއްލަ އިޚްތިޔާރުގައި. އެކަމު ސްކޫލްތައް ހުޅުވުމުން ދަރިފުޅުގެ ފިލާވަޅުތައް ގެއްލެން ބޭނުންނޫންނަމަ ސްކޫލަށް ގެންދަން މަޖްބޫރުވީއެ. ތިޔަކިޔާ ތަންތަނަށް ނުދާން ގޭގަ ތިބި މީހުންނާ ގެއިން ނުނެރި ތިބި ކުދިން ގިނައިން ބޭރަށް ނިކުންނަން މަޖްބޫރުކުރެވެނީ މިހާރު އެހެން ހެދީމަ.
ހިޔަމި
11 March 2020
ތީތިކަޑައޭ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގަ ތިހެން ގޮވީމަ، ޑޮޮކްޓަރުނ،ބެލެނިވެރިން ގޮވުން މާ ރަނގަޅު ކަންނޭގެ އެމީހުންނަށް އަނެއްކާ ޗުއްޓީ ލިބޭނެ ވިއްޔާ.....