ތިން ގަޑިއިރުގެ ކާފިއުގައި މާލޭގެ މަގެއް އަމާންވެފައި: މާލެ ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ޑެލިވަރީކޮށްދޭނެ ފިހާރަތަކުގެ މައުލޫމާތު ވަނީ އެއްކޮށްފައި. --ފޮޓޯ/މިހާރު
07 އެޕްރީލް 2020 - 16:22
މާލެތެރޭގައި ކޮވިޑް-19 ފެތުރުނު ނުދޭން އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ލޮކްޑައުންކޮށްފި ނަމަ ގޭގެ އަށް ތަކެތި ފޮނުވައިދޭނެ ފިހާރަތަކުގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލުން އެއްކޮށްފި އެވެ.
ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި އަދި ރާއްޖެއިން ވެސް މިހާރު ވެސް ފެނިފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ކޮލެޖުތައް ބަންދުކުރުމާއި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކޮންމެ ދުވަހަކު ހަވީރު ފަހަކުން ރޭގަނޑު އަށެއް ޖެހުމާ ހަމައަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ. މިހާ ހަރުކަށިކޮށް ފިޔަވަޅު އަޅަމުން އަންނަ އިރު ވެސް ބައެއް މީހުން މި ފިޔަވަޅުތަކަށް ސީރިއަސްކަން ނުދޭތީ، މާލެ ލޮކްޑައުންކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެފަދަ ހާލަތަކަށް ހިނގައްޖެ ނަމަ، މާލޭގެ ގޭގެއަށް ޑެލިވަރީކޮށްދޭނެ 334 ފިހާރައެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަދި ވިލިމާލޭގެ 30 ފިހާރައެއްގެ މައުލޫމާތު އެއްކޮށްފައިވާ އިރު ބައެއް ފިހާރަތަކުން ޑެލިވަރީކޮށްދޭން އެއްބަސްވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މާލޭގެ ގެތަކަށް މުދާ ފޮނުވައިދޭން އެއްބަސްވި ފިހާރަތަކުގެ ތެރެއިން 200 އަށް ވުރެން ގިނަ ފިހާރަ އަށް އަދި ވިލިމާލޭގެ 17 ފިހާރަ އަށް އޮންލައިންކޮށް ފައިސާ ދެއްކެ އެވެ.
ހުޅުމާލޭގައި ސާވޭ ކުރީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުންނެވެ. ލޮކްޑައުންއަކަށް ހިނގައްޖެ ނަމަ، އެ އަވަށުގައި ވެސް ޑެލިވަރީކޮށްދޭން ފިހާރަތަކުން އެއްބަސްވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު އެ ބަލީގައި މިހާރު ފަރުވާ ދެމުން އަންނަނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ. ބާކީ ތިބި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. އެއީ އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަހީން
08 April 2020
މިކަން ނުކޮށެއް ނުވާނެ..އަހަރެމެން ބައެއް ދިވެހިންނަށް ހީވާކަހަލަ މީ ސަމާސާއެކޭ..މިވަބާ ފެތުރިއްޖެ ނަމަ ނާހަމަ ސަރުކާރު ބޮލަށް ކަނޑާލާފަ ތިބެނީ.
ސުންބުލި
08 April 2020
ހިތަށް އެރިހާ ގޮތެއް ރަނގަޅުހެން ހީވަނީ. ހައްދު ފަހަނަޅާ ދެވޭނީ ކިހާ ހިސާބަކަށް ދެވުނީމަ ބާ އޭ ހިތަށް އަރާ
އޮނަރަބްލް އަފީފު ދީދީ
08 April 2020
މަޖިލީހުގެ ރައީސަށްވެސް މާލެއަކީ ޓައިމް ބޮމެއްކަން އިގޭއިރުވެސް އެބޭފުޅާއަކީވެސް މާލޭގެ ބިންވެރިންގެ ތެރެއިން ވާމީހަކަށްވީތީ ބޭނުން ފުޅެއްނުވޭ ޙަޤީގީ މައްސަލައަށް ހައްލު ގެނެސް ދެއްވާކަށް. # އެހެންވީމަ ނޫންތޯ އަދިވެސް ހަނިމާދުއާއި ގޭންއެއަރޕޯޓް ތަރައްޤީކޮށް ބައިނަލް އަޤުވާމީ ދަތުރު ތަކަށް ހުޅުވާލުމައި ކުޅުދުއްފުއްޓާއި ހިތަދޫ ޕޯޓް އޮޕަރޭޝަނަށް ގެނައުމުގެ ބަދަލުގައި މާލޭ އެއަރޕޯޓާއި މާލޭ ބްރިޖް ތައް ހެދުމަށް މުޅި ދައުލަތުގެ ހަޒާނާ ހުސްކޮށްލަނީ.
ހިޔަނި
08 April 2020
މަޖްލިސް ރައީސްތޯ ގައުމު ހިންގަނީ؟
އޮނަރަބްލް އަފީފު ދީދީ
08 April 2020
މާލޭގެ ސްކޫލެއްގައި ކިޔަވާ ރަށެއްގެ ކުއްޖަކު މާލެ، ހުޅުމާލެ، ވިލިގިލި ނޫން ރަށެއްގެ ސުކޫލަކަށް ބަދަލު ކޮށްފިނަމަ އެފަދަ ކުއްޖާގެ އާއިލާއަށް ސަރުކާރުގެ ސްޓިމިއުލަސް ޕަކޭޖް ލިބޭނެގޮތް ހަމަޖައްސަވާދެއްވާ. # މިގޮތުން ބަދަލުވާ ކޮންމެ ކުއްޖަކަށް ސްކޫލްގައި ރެޖިސްޓްރީ ވުމާއިއެކު 50 ހާސް ރުފިޔާގެ އިންޓްރަސްޓް ފުރީ 5 އަހަރުން އަބުރާ ދައްކާނެ ލޯނުދީފިނަމަ ބަދަލުވާ އާއިލާތަކަށް އެމީހުންގެ ވީރާނާވއފައިވާ ގޭގެއަށް ވަދެލެވޭވަރު ކޮށްލެވި ރަށަށް ބަދަލުވެދާނެ.
އޮނަރަބްލް އަފީފު ދީދީ
08 April 2020
މާލޭމީހުނަށް ކުލި ނުލިބިދާނެތީ މަޖީދީ މަގުގަ ހުރި ވިޔަފާރި ކުރާތަންތަނުގެ ކުލި ވެއްޓިދާނެތީ ފިޔަވަޅު ނާޅައިފިނަމަ އަނެއްކާވެސް ލިބުނު ފުރުސަތު ގެއްލި 50 އަހަރު ފަހަތަށް އަތޮޅު ތެރޭގެ ހާލަތު ހިގައިދާނެ. # މި ޤައުމާއި ދައުލަތް ސަލާމަށް ކުރުމަށްޓަކާ މާލެގައި ކުއްޔަށް އުޅޭމީހުނަށް ސްޓިމިއުލަސް ޕަކޭޖް ދީގެންވެސް އެމީހުންގެ ރަށަށް އާއިލާތަށް ބަދަލު ކުރުވާންޖެހޭ. # މިކަން ކުރުމަށްޓަކާ 3 މަސްދުވަހަށް މާލޭގެ ސްކޫލް ތަކާއި މާލެ ބަންދު ކުރައްވާ.
އޮނަރަބްލް އަފީފު ދީދީ
08 April 2020
ވެރިކަމަށް ވަޑައިގަތުމަށް ސޯލިޙް ވައުދުވެފައިވަނީ މާލެއަށްވުރެން ތަރައްޤީ ސިޓީތައް އުދުރާއި ދެކުނުގައި ހަދާ ލާމަރުކަޒު ކުރާނެކަމަށް. # މާލެއަކީ އިންސާނުން ސިރިއުޅެން ކަމުދާ ހާލަތު ފަހަނަޅާގޮސްފައިއޮތް "ޓައިމް ބޮމެއް ފަދަ ތަނެއްކަމަށް" މަޖިލީހުގެ ރައީސް އެބަ ވިދާޅުވޭ. # މަޖިލިސް މެންބަރު އަޙްމަދު އީސާ ވިދާޅުވަނީ މާލޭމީހާއަށް ކުލިނުދެއްކޭމީހާ ރަށަށް ކަޑާލަން ޖެހޭކަމަށް. # މިހުރިހާކަމެއްވެސްކުރެވޭނީ 3 މަހަށް ސުކޫލާއި މާލެ ބަންދުކޮށްގެން ނޫންތޯ؟
ރަހާ
07 April 2020
ޖީބަށްލެވޭވަރު ބޮޑުވާނެ ތިކަންކޮށްލީމަ.
އަހްމަދުކަލޯ
07 April 2020
މާލޭ އެއްކޮށް އެއް އަހަރަށް ބަންދު ކޮށް އަދި ބަންދު ކުރުމުގެ ކުރިން އެހެން ރައްތަކުން އައިސް އުޅޭ ހުރިހާ އެންމެން ވަގުތީގޮތުން ރަށަށް ބަދަލް ކޮށް ބޭރު ހުރިހާ މީހުން އެމްޓީސީސީސީސީ ގެ ބާޖަތަކުގަ ބޭރަށް ފުރުވާލާ...
ޢަހުމަދު ބެ ، ބޯގަންވިލާ
07 April 2020
ފިހާރަތަކުން ޑެލިވަރީގަ ތަކެތި ގެންނާނީ ބަންގާޅިން ތޯ ، އެ މީހުންނަކީ ވ ނުތާހިރުބައެއް
ސިޔާމް.
07 April 2020
ކީއްވެ މާލެ ބަންދު ނުކުރާން ތިއުޅެނީ. 3 މަސް ދުވަހަށް ތިރަށް ބަންދުކޮށް ރާއްޖޭގެ އެހެން ރަށްރަށަށް ކޮވިޑް ފެތުރުމުގެ ފުރުސަތު ކުޑަކުރޭ. މާލޭގައި މިހާރު ތިބަލި ފެތުރިފައިވާ ޙަޤީގީ މިންވަރު އަދި އަންދާޒާ ނުކުރެވި އޮވެދާނެ.