ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުންތަކެއް. އަންނަ މަހު 31 ގައި ބާއްވާ އެ ޕާޓީގެ ޖަލްސާ އަށް އާއްމު މެމްބަރުންނަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފައި. --ފޮޓޯ: ޕީޕީއެމް
13 އޮކްޓޯބަރ 2016 - 17:39
ވެރިކަންކުރާ ޕާޓީ، ޕީޕީއެމް ތެރޭގައި "ހުޅުރޯވެފައި" ވަނިކޮށް އެ ޕާޓީގެ ފަސް ވަނަ އަހަރީ އާއްމު ޖަލްސާ މި މަހު ބާއްވާނެ ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ފަސް ވަނަ އަހަރީ އާއްމުު ޖަލްސާ މި މަހު 31 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާގައި ޕީޕީއެމްގެ އާއްމު މެމްބަރުން ބައިވެރިވުމަށް މައުމޫން ވަނީ ދައުވަތު ދެއްވައިފަ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ޕީޕީއެމްގެ އާއްމު ޖަލްސާއެއް ބާއްވަން މައުމޫން ނިންމެވިއިރު، އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު މައްސަލަ މިހާރު ވަނީ އިތުރަށް ހޫނުވެފަ އެވެ. އަދި ޕީޕީއެމް އެތެރޭގައި އުފެދިފައިވާ ހުރިހާ މައްސަލަތަކެއްގެ އިލްޒާމް ވެސް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ މައުމޫންގެ އިސްތަށިފުޅުގައި އަޅުވައިފަ އެވެ.
ޕީޕީއެމުގެ ކައުންސިލާއި ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި، އެ ޕާޓީގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ގިނަ ނިންމެވުންތަކެއް މައުމޫން ނިންމަވަމުން ގެންދަވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ. އެއީ އެކަން ކުރެއްވިގެން ވާނެ ގޮތެއް ނޫން ކަމަށާއި ޕީޕީއެމަކީ މައުމޫންގެ އެކަނި ޕާޓީއެއް ނޫން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
މަޝްވަރާކޮށްގެން ހައްލު ހޯދަން މައުމޫން ތައްޔާރަށް ހުންނެވި ކަމަށް ނުބެލެވޭ ކަމަށް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވިދާޅުވި އެވެ. އެހެންވެ ކޮންމެވެސް ހައްލެއް ވަރަށް އަވަހަށް ހޯއްދަވާނެ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ކައުންސިލާއި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި މައުމޫނަށް ފާޑުވިދާޅުވި ނަމަވެސް އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ޕާޓީގެ މައްސަލަތައް އުފެދެން ފެށީ، ޕާޓީގެ ރަސްމީ މަސައްކަތްތައް އޮފީހުން ބޭރުގައި، ރައީސް އަބްދުﷲ ޔާމީންގެ އަނބިކނަބަލުންގެ ބެއްލެވުމުގެ ދަށުން ކުރައްވަން ފެއްޓެވުމުންނެވެ. އޭރު ހުރިހާ ނިންމުމެއް ވެސް ނިންމާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ޕާޓީގެ އިސްލާހީ އެޖެންޑާއެއް އިއުލާންކުރައްވަން ޖެހިވަޑައިގަތީ މައުމޫން ވިދާޅުވި ގޮތުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ޕީޕީއެމްގެ ކަންކަން ކޮށް، ބޮއްސުންލުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުރުހީ
14 October 2016
އާންމު މެމްބަރުން ޖަލްސާއަށް ގެނައުމުގެ ކުރިން އެބަޖެހޭ މިހާރު ޕީޕީއެމުން ރައްރަށުގަ ތިބި ޕާޓީއަށް ވަފާދާރު އެކްޓިވިސްޓުން މައުމޫން ދެނެގަންނަން. ތިއުޅޭ މެމްބަރުންނަކީ ތާއީދެއް އޮވެގެން އުޅޭ ބައެއްނޫން. އެމީހުންގެ ފަހަތުން އެދުވަނީ ލާރިގަނޑު ގެންގުޅޭތީއާ ވަޒީފާލިބޭނެ ކަމަށް ހީކޮށްއެކަަމަށް ހިތްކިޔާގެން އުޅޭ މަދުބައެއް.
ބޭޝަރަމް
14 October 2016
އާންމު ބައްދަލުވުން ބާއްވައި، ޕީއޭ އާއި ޕީޕީއެމް ވަކި ކުރަންވީ އޭރުން މައްސަލަ ހައްލުވީ! ޕީޕީއެމްއިން ކެނޑިގެން ޕީއޭއަށް ދާން އެދޭމީހުންނަށް އެފުރުޞަތު ދޭންވީ. މުސްތަޝާރަށްވެސް އެފުރުޞަތު އޮންނާނެ!! ޕީޕީއެމްގެ ރައީސަކީ މައުމޫނު އެކަމާ ހިތްހަމަ ނުޖެހޭ މީހުން ގޭގަ މަޑުކުރަންވީ ނުވަތަ ކެނޑިގެން ދާންވީ!! ރައީސް ޔާމީނަށް ވޯޓު ދިނީ ޕީޕީއެމްގެ މެނިފެސްޓޯ ހިފައިގެން އައިމަ! އަމިއްލަ އެޖެންޑާއެއް ހިންގާކަށެއްނޫން!! ކެބިނެޓް އެކުލަވާލި ދުވަހުން ފެށިގެން އެކަހެރި ކޮށްލުމުގެ ނަތީޖާ މިއޮތީ ފެންނަން!! 1) ދައުލަތުގެ ބަޖެޓްއިން 1.2 ބިލިއަން ރުފިޔާ ގެއްލުނީ. 2) ކޮރަޕްޝަން އިންތިހާއަށް އިތުރުވެގެންދިއޔައީ. 3) ފެނަކަ އާއި އެމްޕީއެލް އަދި މިފެކޯ އެމްއާރޑީސީގެ އިތުބާރު ގެއްލުނީ. 4) ވެރިކަން ދަމަހައްޓަން ޤާނޫނާއި ގަވާއިދުގެ ބޭރުން އެތައް ކަމެއް ކުރަން ޖެހުމުގެ ސަބަބުން ޝަރުޢީ ދާއިރާގެ މަޤުބޫލުކަން ގެއްލުނީ. 5) ރާއްޖޭގައި ގާއިމު ކުރަން އުޅުނު ޑިމޮކްރަސީ ގާދޫކޮލުން ބޭރުން ނިކުމެގެން ދިޔައީ.
ޕައްލަންބެ
13 October 2016
މިހާރު ޕީޕީއެމް ތެރޭ ކަންކަން ހިނގާ ގޮތް އެންމެ ރަގަޅަށް ތަޖުރިބާ ކުރެވި ހުރި ބޭފުޅަކަށް ވާނީ ތަސްމީން. ރ މައުމޫން ކަންކަން ކުރެއްވުމުގައި ގެންގުޅުއްވާ ގޮތް ރަގަޅަށް އެނގިލައްވަން ބޭނުންފުޅު ނަމަ ތަސްމީން އަރިހުން އައްސަވާ. އެކަމު ހީނުވެ ތަސްމީން އަށް ދިންފަދަ ލަގާއެއް ރ ޔާމިން އަށް ދެވިދާނެހެން.
އެހާރު
13 October 2016
އަޅުގަނޑު ރައީސް މަޢުމޫންގެ ފަހަތްޕުޅުގައި.
ހިސްޓޯ
13 October 2016
މައުމޫނަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށާ ގައުމަށް ނުހަނު އިޙްލާސްތެރި ވެރިއެއް. ޕީޕީ ވެރިކަމަށް އައީވެސް މައުމޫނަށް ކުރި އިތުބާރުން. މިވަގުތު އަޅުގަނޑުމެން ޕީޕީ ޒުވާނުން ގައުމު ސަލާމަތް ކުރުމަށް މައުމޫނު އަށް ބައިއަތުހިފާ އެމަނިކުފާނު ފަހަތްޕުޅުގައި ސާބިތުވާން ޖެހޭ! ގައުމު ދަތުރު މި ކުރަނީ ގަދަ ވަޔާއެކު ވިދާ ގުގުރަމުންދާ ނުރައްކާތެރި ތޫފާނަކާ ދިމާލަށް! ބައެއް ވިސްނުން ކޮށި މީހުންނަށް މިތޫފާނުގެ ސަބަބުން ގައުމު ކުދިކުދިވެގެންދާ މަންޒަރު ދެނެގަން ދަތިވާނެ!
ނަމެއްނެތި
13 October 2016
ފާރިސް މައުމޫން ޕްރޮމޯޓް ނުކުރެއްވިގެން މިހުރިހާ ސަކަރާތެއް ރައީސް މައުމޫން އެ ޖައްސަވަނީ. ފާރިސްއަކީ ވެރިކަން ކުރުމުގެ ލަޔާގަތެއް ހުރި، ގަޓެއް ހުރި މީހެއް ނޫން. މަނިކުފާނު ކިތަންމެ ބޭނުންފުޅު ވިޔަސް، ފާރިސްއަށް މިގައުމުގެ ވެރިކަމުން ޖާގައެއް ނެތް. މިއަދު މަނިކުފާނު ޕާޓީ ތިޔަ ގެންދަވަނީ ޕާޓީގެ ގަވައިދުތަކާއި ޚިލާފަށް. އެކަން ހުއްޓާލައްވައި، ޕާޓީ ހަމަ މަގަށް އަޅުއްވާދެއްވާ. ނޫނީ ވެއްޓިގެން ތިދަނީ މަނިކުފާނުގެ އަގު ރައްޔިތުންގެ ކުރިމަތީގައި!
ކާޑު
13 October 2016
އަޅުގަނޑުވެސްދާނަން، އިންޝާﷲ
ހުސޭނު
13 October 2016
ތިޖަލްސާ ބާއްވަން މާލެއިން ޖާގައެއް ލިބޭނެބާ.
އަލީ
13 October 2016
މަށަކީ އެމްޑީޕީ މެމްބަރެއް. އެކަމަކު މި ޖަލްސާއަށް ދާނަން. ހިއްވަރުދޭން ނަމަވެސް. މިހާރު ކަންކަން ކޮޅުން ލައިފި.
ފަޒީ
13 October 2016
ޖަލްސާ ބާއްވާނެތަނެއް މިފަހަރަކު ނުމުބޭނެ. ރަނގަޅީ އެއްގަޑިއެއްގައި ދެތަނަކުން ދެ ފެކަޝަނުން އަހަރީ ޖަލްސާ ބާއްބަ ދީފިއްޔާ. ހިތްވަރެއް ހުރީވިއްޔާ އަބްދުއްރަޙީމު މިކަންކޮށްދީ އާދޭސް މިކުރަނީ