މިދިޔަ ޖުލައި މަހު ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުން ރައީސް ޔާމީނަށް ތާއީދުކުރައްވާ މެމްބަރުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޕާޓީގެ ރައީސްކަމުން މައުމޫން ދުރުކުރަން މަަސައްކަތް ކުރަނީ ރައީސް ޔާމީންގެ ފެކްޝަނުން.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
15 އޮކްޓޯބަރ 2016 - 18:29
ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދުކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.
ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ދެ ފަޅި ވެފައިވާއިރު ކޯޓަށް މައްސަލަ ހުށަހެޅީ ރައީސް އަބްދުﷲ ޔާމީންގެ ފަޅިންނެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވި މައްސަލައިގައި އެދިފައި ވަނީ ޕީޕީއެމްގެ ރައީސްކަމުން މައުމޫން އެކަހެރިކޮށް، "ޕާޓީގެ ހިންގުން ސިޔާސީ ޕާޓީގެ ގާނޫނާއި ޕާޓީގެ ހިންގާ ގަވާއިދަށާއި އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެ ފަރާތަކާއި ޕާޓީގެ ހިންގުން ހަވާލުކޮށްދިނުން އެ ޕާޓީގެ ކައުންސިލްގެ މައްޗަށް ލާޒިމު ކުރާ އަމުރަކަށް" އެދިވަޑައިގެންފަ އެވެ.
ސިވިލް ކޯޓުން ޕީޕީއެމަށް ފޮނުވާފައިވާ ކޯޓަށް ހާޒިރުވުމުގެ އަމުރުގައި އަންގާފައިވަނީ ޝިޔާމާއި ޝާހިދު ހުށަހަޅުއްވާފައިވާ މައްސަލައިގައި މާދަމާ މެންދުރު ފަހު 3:30 އަށް ހާޒިރުވުމަށެވެ. ޕީޕީއެމުން ހާޒިރުވަނީ ޕާޓީގެ ފަރާތުން ހާޒިރުވާ މީހެއްކަން ސާބިތުކޮށްދޭން ޕާޓީގެ ހިންގާ ގަވާއިދާ އެއްގޮތަށް ފާސްކޮށްފައިވާ ގަރާރެއް ގެންނަން ވެސް އަންގާފައިވެ އެވެ.
އެ އަމުރާ އެއްގޮތަށް ހާޒިރު ނުވެއްޖެ ނަމަ، ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕީޕީއެމް ދެ ފެކްޝަނެއްގެ ގޮތުގައި މިހާރު ވަނީ ރަސްމީކޮށް ހިންގަން ފަށައިފަ އެވެ. އެ ޕާޓީގެ ކޯޅުން އިތުރަށް ބޮޑުވެފައި މި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށް ގެންދާނެ ފެކްޝަނަކާ ގުޅޭ ގޮތުން އުފެދުނު އަރައިރުންތައް ހައްލު ނުކުރެވިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާ
16 October 2016
ހާދަ ފާސްޓޭ... ސަރުކާރު ބަންދު ދުވަހަކު ތިބުނާ ސިޓީ ލީވެސް.. 24 ގަޑިއިރު ހިދުމަތްދޭތަނެއްތޯ ކޯޓަކީ
އުދުހޭ
16 October 2016
އޭޓީއެމުން ލިބޭ 24 ގަޑިއިރުގެ ޚިދުމަތް!
ހާމިދު
16 October 2016
މައުމޫން އާއި ވެރިކަން ކުރަން އޭނާ އެރުވި ފަރާތާ ހިޔާލު ތަފާތުވާއިރަށް ޕާޓީ ހިސާރު ކުރާކަށް ނުޖެހޭ. މިކަމަކުން މައުމޫނަކަށް ވާނެ ފައިދާއެއް، ޕާޓީއަށް ވާނެ ފައިދާއެއް ނޯންނާނެ. ޔާމީންގެ ވެރިކަމުގައި އޭނާ އެހުންނެވީ ޤައުމަށް ތަރައްޤީ ގެނައުމަށްޓަކާ ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރެއްވުމުގެ ވަރުގަދަ އަޒުމެއްގައި. އެފަދަ ވެރިން އުފަންވާނީ ދުވަހަކު ކޮޅުން މަދުން. ރައީސް މައުމޫން މާލެ ހިއްކާ ނިންމުމަށް 10 - 15 އަހަރު ހޭދަކުރި، މާލޭގައި ގާއެޅުމަށް 20 އަހަރު ހޭދަކުރި ނަމަވެސް، މި ހާރު މަޝްރޫޢުތައް ކުރިއަށް ގެންދަނީ، އެއަށްވުރެއް ސްޕީޑްގައި. އަތުފަތު ނޭޅޭހާ ބާރު މިނުމުގައި. އެހެންވީރު މައުމޫނު ކޮން ބަޑަލެއް ހާކާކަށް. މަޑުން ހުންނަވާ ފަސޭހައިގައި އަރާމުގައި އިއްޒަތުގައި ހުންނެވީމާ ނިމުނީނޫންތޯ...!
މައުުމޫން
16 October 2016
ރައްޔިތު މީހާ އަތުން ޓެކްސް ނުނަގާ ވިޔަފާރިވެރިން އަތުންވެސް ޓެކްސް ނުނަގާ މައުމޫނު ދިވެހި ރާއްޖެ މިހާ ހިސާބައް ހިންގައިދިނީތީ ޝުކުރުވެރިވެބަލަ.... 30 އަހަރު ތިބާމެން ތިބީ ހާދަ އަރާމެއްގަޔޭ.... ތަރައްޤީގެ ނަމުގަ ގައުމު މިއަދު ވިއްކާލާއިރު ދިވެހިން ހަމަ ހެވިދިލިފަ.....
އުދައްޔު
15 October 2016
ސިޔާސީ ޕާރޓީއެއްގެ މަގާމަކަށް ގެންނަންވީ މީހަކާއި ވަކިކުރަން ޖެހޭ މީހެއް ކޯޓުން ނިންމޭތޯ؟ އެއީ ކޯޓުތަކުގެ ދައުރެއް އޮންނަކަމެއްތޯ؟؟
ބޭޝަރަމް
15 October 2016
އަދުރޭމެންގެ ހިއްވަރެއް ހުރިއްޔާ އާ ޕާޓީއެއް ހަދައިގެން ދާންވީއެވެ. މައުމޫނާއި ގޅގނގނ އުޅޭނެކަމެއްނެތް!!
ފަގީރުކޮއެ
15 October 2016
ޔާމިން ގެ ނޯ ކޮންފިޑެންސް ޥޯޓަކައް މިސްރާބު ބަދަލްކުރަންވީ.
ކާފުހާ
16 October 2016
ނޯ ކޮންފިޑެންސް ވޯޓެއް ނެގިޔަސް ނުފައިބާނެ. ފައިބާކަށް ނުވެސްޖެހޭ. ކޯޓުން ދިން ވެރިކަމެއް. ރައްޔިތުން ދިން ވެރިކަމެއް ނޫން.
މީމުހާ
15 October 2016
ރަޢީސް މައުމޫން ޕީޕީއެމްގެ ރަޢީސްކަމުން ވަކިކޮށް ޕާޓީ ހިންގުމަށްވެސް ރަޢީސް ޔާމީނަށް އަދި އެއް ދައުރު ދޭންޖެހޭނެ ދޮއްތޮ؟
މިމ
15 October 2016
މި ސްޕީޑްގައި ކޯޓުތައް ހިނގާނަމަދޯ
ޑިކްތޫތު
15 October 2016
ދެ ޚުދުމުހުތާރުންނަށް މިގައުމު މާ ކުޑަ.