ޚަބަރު / ޑރ. ޝީނާ މޫސާ

ޕީކް ދަށްވެއްޖެ، އެކަމަކު މި މަހު ހިފަހައްޓާލަން އެބަޖެހޭ: ޑރ. ޝީނާ

ޑރ. ޝީނާ މިރޭ އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

މާލެ ލޮކްޑައުންކުރުމާ އެކު، ކޮވިޑް-19 ގެ ޕީކް ނުވަތަ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެންނާނެ އަދަދު ތިރިއަށް ޖެހިފައިވާ ކަން ފަހުގެ އަންދާޒާ އިން ފެނުނަސް ބަލި ކޮންޓްރޯލް ކުރަން ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި މި މަހު ހިފަހައްޓާލަން ޖެހޭ ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 އާ ގުޅޭ ގޮތުން ސަރުކާރަށް ލަފާދެއްވާ ކޮންސަލްޓަންޓް ޝީނާ ވަނީ އޭޕްރީލް، 15 ގައި މާލެ އިން ޕޮޒިޓިވް ކޭސްއެއް ފެނުމާ އެކު ލޮކްޑައުންކުރި ފަހުން ވޭތުވެދިޔަ 24 ދުވަހުގެ ތެރޭގައި މާލޭގައި ބަލި ފެތުރެމުންދާ މިސްރާބަށް ހެއްދެވި އާ ޕްރޮޖެކްޝަންސް އާއްމުކުރައްވައިފަ އެވެ. ރާއްޖެ ޕީކަށް އަރާނެ ކަމަށް ކުރިން ލަފާ ކުރި ދުވަސް ލަސްވެ އާ ޕްރޮޖެކްޝަންސް އިން ފެންނަ ގޮތުގައި، ބަލި ޖެހިފައި ތިބި އެންމެ ގިނަ ބަޔަކު ފެންނާނީ މި މަހުގެ 31ގަ އެވެ. އެ ދުވަހު ޕީކަށް އަރާއިރު 6،000 މީހުންނަށް ބަލި ޖެހިފައި ތިބޭނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ.

މާލެ ލޮކްޑައުން ނުކުރަނީސް، ޝީނާ ހެއްދެވި ޕްރޮޖެކްޝަންސްގައި ލައްކަ އަށް ވުރެން ގިނަ މީހުންނަށް ރާއްޖެ އިން މި ބަލި ޖެހޭނެ ކަމަށް ލަފާކުރެއްވި އެވެ. އެކަމަކު އެ އަދަދު ވެސް ފަހުގެ ޕްރޮޖެކްޝަންސްގައި އޮތީ ދަށްވެފަ އެވެ. ޝީނާ މިހާރު ލަފާކުރައްވަނީ މި ބަލިމަޑުކަމުގައި ރާއްޖެ އިން ޕޮޒިޓިވްވާނީ 77،000 މީހުން ކަމަށެވެ.

ލޮކްޑައުންއާ ގުޅުވައި އެޅި ފިޔަވަޅުތަކަށް ރައްޔިތުން އަމަލުކުރުމުން ޕީކް ވަރަށް ބޮޑު ތަން އަޅުގަނޑުމެންނަށް ކުޑަކުރެވިއްޖެ. އެކަމަކު ވެސް އަދިވެސް އެހާ ރަނގަޅެއް ނޫން. ބަލި ކޮންޓްރޯލް ކުރަން މި މަހު ވަރަށް ބޮޑަށް އެބަ ހިފަހައްޓާލަން ޖެހޭ.

ޝީނާ ފަހުން ހެއްދެވި ޕްރޮޖެކްޝަންސް އިން ފެންނަ މަންޒަރު:

- ރާއްޖެ އިން ބަލި ޖެހޭނެ ކަމަށް ލަފާކުރާ ޖުމްލަ އަދަދަކީ 77،305 މީހުން.

- މެއި 15 އިން 31 އަށް ބައްޔަށް ޕޮޒިޓިވް 6،000 މީހުން ތިބޭނެ.

- މެއި 31 ގައި ޕީކަށް އަރާއިރު ބަލި ޖެހިފައިވާ 1،600 މީހުން އެ ދުވަހު އެކަނި ތިބޭނެ. އެކަމަކު އެއް ދުވަހުގެ ތެރޭގައި އެ ވަރަށް ޓެސްޓް ކުރުމުގެ ގާބިލްކަމެއް ރާއްޖޭގައި ނެތުމުން، އެ އަދަދު ފެންނާނެއޭ ޝީނާ ވިދާޅެއް ނުވޭ.

- ޕީކަށް އަރާ ދުވަހު ޓެސްޓްކުރެވި ނަތީޖާ އަށް ބަލާއިރު، އެންމެ ގިނައިން ފެންނާނެ ކަމަށް ޝީނާ ލަފާކުރައްވަނީ ބަލި ޖެހިފައި ތިބި 400 މީހުން.

- ޕީކް ދުވަހު އެކަނި 34 މީހުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭނެ.

- މި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކުރާ ޖުމްލަ އަދަދަކީ 13،500.

- ޕީކަށް އަރާ ދުވަހު އައިސީޔޫގައި 12 މީހުންނަށް ފަރުވާދޭން ޖެހޭނެ. އެ ދުވަސް އަންނަ އިރު ކުރިން އެޑްމިޓްކޮށް އައިސީޔޫގައި 101 މީހަކަށް ފަރުވާ ދެމުން އަންނާނެ ކަމަށް ވެސް އާ ޕްރޮޖެކްޝަންސް އިން ދައްކާ.

- ބަލީގައި އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކުރާ ޖުމްލަ އަދަދު 5،000 މީހުންނަށް ވުރެން މަތި.

-އެންމެ ފުރަތަމަ ލަފާކުރީ މި ބަލީގައި 2،000 މީހުން މަރުވާނެ ކަމަށް. މި ޕްރޮޖެކްޝަންގައި މަރުވާނެ ކަމަށް ލަފާކޮށްފައި ވަނީ 900 މީހުން.

- މިހާރުގެ އަދަދުތަކުން ވެސް ހޮސްޕިޓަލްތަކުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަދު ނޫން ކަމަށް ޝީނާ ވިދާޅުވި.

"ގޭބީސީތަކަށް ވައިރަސް ވަންނަން ފަށައިފި"

ޝީނާ ވިދާޅުވި ގޮތުގައި މި ފަހުގެ ކޭސްތަކަށް ބަލާއިރު މާލެ އިން ބަލި ޖެހޭ މީހުން ގިނައިން ފެންނަނީ ދެ ވައްތަރެއްގެ އާބާދީއެއްގެ ތެރެއިންނެވެ. ފުރަތަމަ ގްރޫޕަކީ ގިނަ މީހުންތަކެއް އެކީގައި، އެއް ތަނެއްގައި ދިރިއުޅޭ މީހުންނެވެ. އެ މީހުންގެ ތެރޭގައި ހަލުވިކޮށް ބަލި ފެތުރެމުންދާ ކަމަށް ވެސް ޝީނާ ވިދާޅުވި އެވެ.

މިރޭގެ އޮންލައިން މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް، ކޮވިޑް-19 އާ ގުޅޭ ބައެއް ގްރާފްތައް ދައްކާލައްވަނީ.

ދެ ވަނަ ގްރޫޕަކީ ގޭބީސީތަކުގައި ދިރިއުޅޭ މީހުން ކަން ފާހަގަކުރައްވައި ވިދާޅުވީ ލޮކްޑައުންގެ ފަހުން ގޭބީސީތަކުގެ ތެރޭގައި ފެތުރޭލެއް މަދު ކަމަށެވެ. އެކަމަކު މި ލޮކްޑައުންގައި ހުއްދަ ދީގެން ބަޔަކު ބޭރަށް ނުކުމެ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ނުބަލައި ހަރަކާތްތެރިވެ އުޅުމަކީ ގޭތެރޭގައި ތިބޭ މީހުންނަށް ނުރައްކާ އޮތް ކަމެއް ކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ ކޭސްތަކަށް ބަލާއިރު އުމުރުން ދުވަސްވީ ނުވަތަ ލޮކްޑައުންގައި ބޭރަށް ނުދެވޭ ހާލަތުގައި ތިބި މީހުން ޕޮޒިޓިވްވަނީ، ޝީނާ ފާހަގަކުރެއްވި ގޮތުގައި، ބޭރަށް ދާ މީހުންގެ ފަރާތުން ގޭބީސީތަކަށް ވައިރަސް ވަދެގެންނެވެ.

ލޮކްޑައުންގެ 14 ދުވަހުން ފަހުން، ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ލިބުނީ ހަފުތާއެއް ކަމުން، ކުރީގެ ޕްރޮޖެކްޝަންސުން ފެނުނުހާ ސާފު މަންޒަރެއް ފަހުގެ ޕްރޮޖެކްޝަންސް އިން ނުލިބޭ ކަމަށް ޝީނާ ވިދާޅުވި އެވެ.

"ލޮކްޑައުންގެ 14 ދުވަހުގެ ތެރޭގައި މި ފެންނަނީ ކުރިން ބަލި ޖެހިފައި ތިބި މީހުން. އެހެން ވީމަ ވަރަށް ކުރު މުއްދަތަކަށް ބަލައި ޕްރޮޖެކްޝަންސް މިހިރީ ހެދިފައި،" ޝީނާ ވިދާޅުވި އެވެ.

މުހިއްމު ކަމަކީ މި މަހުގެ ތެރޭގައި ތަންކޮޅަށް ބޮޑަށް ބަލައިގެން އުޅުން. އެހެން ނޫނީ ދިވެހިންގެ ތެރެއަށް ފެތުރޭ ނިސްބަތް ވެސް ތަންކޮޅެއް ބޮޑުވެދާނެ. -- ޝީނާ

ބޭރު ތެރޭގައި ހަރަކާތްތެރިވެ އުޅޭއިރު އެކަށީންވާ ގޮތެއްގައި ސޯޝަލް ޑިސްޓެންސިން އަށް (ތިން ފޫޓު ދުރުގައި ތިބެން) ސަމާލުކަން ނުދޭތީ ޝީނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މި މަހުގެ ތެރޭގައި ބަލައިގެން އުޅެފި ނަމަ، ޝީނާ ވިދާޅުވި ގޮތުގައި ގޭބީސީތަކަށް ވައިރަސް ވަންނަލެއް މަދުކުރެވި ބަލި ކޮންޓްރޯލްކުރަން ފަސޭހަވެގެންދާނެ އެވެ.

"ހުރިހާ އެންމެން ވެސް ހަނދާންް ކުރަން ޖެހޭނެ މި ސާޖް މެނޭޖް ކުރެވުނަސް، މި ބަލިން ސަލާމަތް ވީއެއް ނޫނޭ. ލޮކްޑައުން ފިލިޔަސް ރާއްޖޭން ބަލި ނައްތާލެވުނީއެއް ނޫނޭ. ބަލި ކޮންޓްރޯލް ކުރެވުނީއޭ. ޖުލައި، އޮގަސްޓްގައި ވެސް މި ބަލި ސަވަޔަލެންސް ކުރެވެން ވާނެ. މި ބަލި ގޮސް އައިސް އޮންނާނީ. އިންފުލުއެންޒާ ގޮތަށް އަންނަމުން ދާނީ. އެހެންވީމަ އަޅުގަނޑުމެންގެ ސާވަޔަލެންސް ސިސްޓަމް ވެސް އެގޮތަށް ރާވަމުން ގެންދަން ވާނީ،" ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީކަށް ފަހު ކާވް ދާނީ ދަށަށެވެ. އެކަމަކު އޭގެ މާނައަކީ ޕީކްގެ ފަހުން ވެސް ބަލި އުޅުން ކަމަށާއި ބެލެވޭ ގޮތުގައި ޖުލައި މަހާ ހަމައަށް ދެމިގެންދާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު ގޭބިސީތަކުން ބަލި ފެންނަ އަދަދު ދަށްކުރެވިއްޖިއްޔާ ކާވް ވަރަށް ބޮޑަށް ދަށްކުރެވޭނެ ކަމަށް ތަކުރާރުކޮށް ޑރ. ޝީނާ ވިދާޅުވި އެވެ.

26 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 32%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީގ

08 May 2020

ހީވާގޮތުން ހިސާބުތައް ހަދަނީ މިވައިރަސް ޖެހުމައްފަހު އެމީހާއައް ލިބޭނެ އިމިއުނިޓީއާއެކު ރަނގަޅުވުމައްފަހު އެހެންމީހުންނައް ވައިރަސް ނުފަތުރާނެ ކަމައް ބަލައިގެންހެން އަދި ބަލިޖެހޭމީހުން ގިނަވާވަރަކައް ވައިރަސް ފަތުރަންތިބޭމީހުން މަދުވުމުން ފެތުރޭވަރު މަދުވާނެކަމައް ބަލައިގެންހެން. މިވައިރަސް ގައިންގަޔައް އަރާވަރު ފަސޭހަވުމާއެކު މަށައްހީވަނީ މާލޭގެ 85%އައް ޖެހިފައޭ މައިތިރިވާނީ އެއީ 120،000 ވަރު. ކަރަންޓީނުން މިކަން އެންމެ ރަނގަޅައް މެނޭޖްކުރެވޭނެބާ.

The name is already taken The name is available. Register?

ސިކުނޑި

08 May 2020

ކްރައިޓީރިއާތަކަށް ނުބަލައި އެތިކަލް މިންގަންޑުން ބޭރުންހަދާފައިވާ ޕްރޮޖެކްޝަންއެއްހެން ހީވަނީ! ރާއްޖޭގެ ޓެސްޓިންގ ކެޕޭސިޓީއާއި ލިބިފައިހުރި ޑާޓާއަށް ބަލާފަ ތި ޕްރޮޖެކްޝަން އެހާއެހާއެއް ނޫން! ބޮޑަށް ހީވާނީ އެސަމްޝަންތައް ހަދަނީހެން ފަހުން ކްރެޑިޓްނަގަން!

The name is already taken The name is available. Register?

އަބްދުއްالله

08 May 2020

ޑރ އެހެން ނުން.... ހެހެހެހެ.

The name is already taken The name is available. Register?

ނާހިދު

08 May 2020

ބޭރަށް ދާންބޭނުން ކޮންމެ މީހަކު ނިކުމެ އުޅެންވީއެވެ. ދާނެ ތަނަކަށް ދާންވީއެވެ. ބަލާލާނެ މީހަކުނެތެވެ. މީމަށަށް ތަޖުރިބާވި ގޮތެވެ. ގޭންނުނިކުމެ 18 ދުވަހު ހުރެފަ މައިދައިތަ ބަލިވެގެން ހޮސްޕިޓަލަށް ދާންޖެހިގެން އެއްވެސް ހުއްދައެއް ނުލިބުނީމަ ގެއިން ހޮސްޕިޓަލަށް ނިކުތީއެވެ. 3 ފަހަރު ހޮސްޕިޓަލަށް ހިނގާއިރު އަދިއެއް ޕޮލިހަކު ނުދެކެމެވެ. މަގުތަކުން ޢާއްމު ދުވަސްތަކެކޭ އެއްފަދައިން މީހުން އުޅެއެވެ. ދުވާލަކު 6000 އެއީ ރަނގަޅު އަދަދެއް ހެން ހީވެއެވެ.

The name is already taken The name is available. Register?

ބޮޑުމީހާ

08 May 2020

މިލިއަނުން ޚަރަދުކޮށްފަވެސް ޓެސްޓުކުރެވޭނެގޮތް ހަމަޖައްސަވާ!

The name is already taken The name is available. Register?

ތަކަފުލް

08 May 2020

ތިހުރިހާ ނަމްބަރުތަކާއި ހާސަރުތައް އެއްކައިރިކޮށް އަސްލު މަސައްކަތަކީ މިކަމުން ސަލާމަތް ވާނެ މަގު ހޯދުން. ބިރުވެރިކަން ފެތުރުން ހުއްޓާލަން ވެއްޖެ. އދ އިން ވެސް އެއޮތީ ގޮވާލާފަ.

The name is already taken The name is available. Register?

ސަރީފު

08 May 2020

މީ ޖުހާ ދައްކާ ކަހަލަ ވާހަކަ، ޓެސްޓް ނުކޮއް ކިހިނެތް މިތިބިހިސާބު އެގެނީ ، ޕީކް އޮފް ޕީކް ވެސް އެގޭނީ އެކަށީގެން ވާވަރަށް ރެމްޑަމް ޓެސްޓް ކުރެވިގެން...ދިވެހިން މޮޔަކަމުން ހަމަ ސަރުކާރުން ބުނާކޮންމެ ވާހަކަ އަކަށްއޯކޭ..

The name is already taken The name is available. Register?

ގިރާވަރު

08 May 2020

ނެތިން އެއްވެސް އެއްޗެއް ބުނަން މާގިނަ ކިޔަން ހުރި އެއްޗެހި ..

The name is already taken The name is available. Register?

ހުސެން

08 May 2020

ތިޔަކިޔާ އެއްޗެއްގެ މާބޮޑު އިތުބާރެއްނެތް، އަނެއްކާ މާދަމާ ޕުރޮޖެކްޝަން ބަދަލުކޮށްފަ ބުނަންވީ މިހާރު މާބޮޑަށް ވިސްސާރަވީމަ ބަލަދު އައީއޭ، ލޮކްޑައުން ކުރީމާވާނެގޮތާ ލޮކްޑައުން ނެތީޔާވާނެގޮތާ، ދިވެހިން ބަސްއަހާނެވަރާ ބަންގާޅިންގެ އުނދަގޫމިތަނުގައި އޮތްވަރާ ބަންގާޅިންގެ ލިޔެކިޔުމުގެ ހާލަތާ ހޭލުންތެރިކަމާ މިހުރިހާކަމަކަށް ކޮންސިޑަރކޮށްފަ ޕުރޮޖެކްޝަނެއް އާންމުކުރަންވާނީ، އޭރުން ދެއިރުދެދަޅައަށް ބަދަލުކުރާކަށް ނުޖެހޭނެ

The name is already taken The name is available. Register?

ޕޭޝަންޓް

08 May 2020

ބަލިޖެހިއްޖެނަމަ އޮކްސިޖަންދޭންޖެހުމުގެ ޗާންސްބޮޑު މީހެއްގެ ހައިސިއްޔަތުން ވައިރަސްއާ ދޭތެރޭ ވަރަށް ވިސްނޭ. ކިތަންމެ ރައްކާތެރި ފިޔަވަޅެއް އެޅިއަސް ހަމަ ހުރިހާ ދިމާލަކުން ވައިރަސް ފެންނަފަދަ. ގަންނަ ކޮންމެ އެއްޗަކާ އެލާފަ ހުންނަ ކޮތަޅާ ނުދޮވެވޭޒާތު ތަކެއްޗާ ފްރީޒަރގަ ހުންނަ އެއްޗެއް އަންފްރީޒްކޮށްލުމުން ވައިރަސް އަރާފާނެކަމާ ޖެހިގެން ހުރިގޭ މީހާ ކިނބިހި އެޅީމަ މިގޭ ކުޑަދޮރުން ވައިރަސް ވަނުމާ 2 މަސް ކުރިން ކެއްސި އެންމެންނާ ދޭތެރޭ ވިސްނާ ނުހުއްޓޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454