ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔައިރު ޝުޖާއު އާއި ޔާމީން (ވ)
16 އޮކްޓޯބަރ 2016 - 15:05
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންފި އެވެ. އަދި ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވަނީ ބައިވެރިވަޑައިގެންފަ އެވެ.
މި ދެ ބޭފުޅުންނަކީ މިހާތަނަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންނެވެ. މެމްބަރު ޔާމީނަކީ ޕީޕީއެމް ކައުންސިލް މެމްބަރެއް ނޫނަސް ޝުޖާއު އަކީ ކައުންސިލް މެމްބަރެކެވެ.
ޕީޕީއެމް ކައުންސިލާ އިއްޔެ ގުޅިވަޑައިގަތް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މައުމޫންގެ ފެކްޝަނާ އެ ދެ ބޭފުޅުން ގުޅިވަޑައިގެންފައިވާ ކަމަށާއި މަޖިލީހުގެ އިތުރު މެމްބަރުން ވެސް ކުރިއަށް އޮތްތާނގައި މައުމޫންގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވާނެ ކަމަށެވެ.
"މީގެ އިތުރުން ނިއުސް ކޮންފަރެންސް ހިނގަމުން ދިޔައިރު ތިމަރަފުށީ ދާއިރާގެ މުހަންމަދު މުސްތަފާ އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު އަހުމަދު އަރީފު ވެސް ބައިވެރިވެވަޑައިގެންނެވި،" އުމަރު ވިދާޅުވި އެވެ. "އެބޭފުޅުން ވަޑައިގަތީ ރައީސް މައުމޫނަށް ހިތްވަރު ދެއްވުމަށް."
ޝުޖާއު އަކީ، މިހާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް އަހުމަދު ސަލީމްގެ ވަރަށް ގާތް ބޭފުޅެކެވެ.
މައުމޫން މިއަދު ޕީޕީއެމްގެ އޮފީހުގައި ކައުންސިލް ބައްދަލުވުން ބޭއްވި އިރު، ރައީސް ޔާމީންގެ ފެކްޝަންގެ އިސްބޭފުޅުން ގެންދެވީ ދަރުބާރުގޭގައި ނިއުސް ކޮންފަރެންސްއެއް ދެއްވަމުންނެވެ. އެ ބައްދަލުވުމުގައި އެ ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވާނެ ކަމަށެވެ.
ސިވިލް ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ކައުންސިލް ބައްދަލުވުމެއް ބާއްވައި ވަކިގޮތަކަށް ހަމަޖެހެންދެން އެ ޕާޓީ ހިންގުމުގެ ހުރިހާ ޒިންމާއަކާ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީން ހަވާލުވެ ވަޑައިގަތުމަށް އަމުރުކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާސް
17 October 2016
މައުމޫން ޔާމީނަށް ބަރުބަހެއްވެސް ނުބުނޭދޯ؟ މަައުމޫނަށް ޔާމީނުތަ އުދަގޫކަރަނި
ކަވީ
17 October 2016
އެމް.ޑީ. ޕީ ކުދިން ބުނާގޮތަށް މައުމޫން ވެރިކަމާހެދި މޮޔަވާތަން މިފެންނަނީ މަޑުން ބަސްއަހައިގެން ތިބި ދަރިންތަކެއް ނެރެގެން ދެން ކޮންކަމެއް. މައުމޫން ބުނާހާގތަކަށް ހުރިހާ ކަމެއް ކުރަންވީ އޭރުން ރަގަޅުވާނެ. ރ. ޓީވީއަށް މައުމޫން ވަރެއްނެތް.
ހިރިޔާ
17 October 2016
ނިކަމެތި ރައްޔިތުން އަތުން ނަގާ ޓެކްސް ލާރިން ހީވަނީ މިމީހުން ކުޅިވަރުކުޅޭހެން. ރައްޔިތުން ހަލާކުވެދަނީ ވެރިކަމަށް ބޫތުހިފާފައި ތިބި ބަޔަކާހެދި. މިތަނުން ދާން އުޅެބަލަ
މުދައްރިސް
17 October 2016
2018 ގައި ޔާމީނު ބަލިކުރަންބޭނުންވާނަމަ މިހާރުގެ ފަނަރަވަރަކަށް މަޖިލީސްމެމްބަރުން ޔާމީނު ދޫކޮށްލަން ޖެހެއެވެ. އެހެންނޫނީ ޔާމީނު ބަލިކުރުމަކީ ވަރަށް އުދަނގޫ ކަމަކަށް ވާނެއެވެ. އަދި އެފުރުސަތު ހުޅުވުނަ ނުދިނުމަށް ޔާމީނުވެސް މަސައްކަތްކުރައްވާނެއެވެ.
އައްޑޫ ރަދުން
16 October 2016
ޔާމީނު ސައުދީއަރަބިއާއިން ސިޔާސީ ހިމާޔަތް ހޯދައިގެ ވަގުތުއޮތްވާ މިތަނުން ފުރުން ބުއްދިވެރި ވަށައިގެން ތިއެނބުރެނީ ހުސްގޮތްނޭގޭ ބޭފުޅުން.ނިހާނުވެސް ބޮޑަށް ވައްތަރީ މައުމޫނުގެ ޖާސޫސަކާ ސަބަބަކީ އޭނަ ދައްކާ ގިނަ ވާހަކަތަކުން ޔާމިނުއަށް މީހުންގެ ރުޅި އިތުރުވޭ.
ޙަސަން
16 October 2016
މިއަދު ރައީސް މަޢުމޫނު އާއި އެކު ތިއްބެވި މަޖިލީހުގެ މެމްބަރުންނަކީ ފައިސާ ގޯނިން ބައި ނާޅާ ތިއްބެވި މެމްބަރުންކަމަށް ވުން އެކަށީގެންވޭ ، ބައި އެޅި މީހުން އެ ތިބީ ޔާމީން ފެކްސަނުގައި ހީވާގޮތުން ވިއްޔާ
މުހަންމަދު
16 October 2016
މިހިރަފެންނަނީ ޢިބުރަތުން ފުރިގެންވާ ފިލާވަަޅުތަކެކެވެ. އެކަމަކު ޝައްކާއި ވަސްވާސްތަކެއްގެތެރޭންވެސް ތިޔަވާހަކަފުޅަށް ސަލާމް!
ސިއްތިއިބުރާހިމު
16 October 2016
ޔާމީނު ކީއްވެތަ ޕީއޭ ހަދައިގެން ވެރިކަމައް ނޭރީ ޔާމިނަކީ ވަރައް ބޮޑާކިބުރުވެރި މީހެއް ދޮގާމަކަރުން އުޅޭމީހެއް ކުއްޓިނަޝީދުވެސް އެބަޖެހޭ މިކަންވިސްނަން 2 އަހަރުން އެއާޕޯޓު އަޅަންބުނެ ޔާމިނު ހަދާދޮގު ރައްޔިތުންނައް ތެދުބަހުން ބުނަންޖެހޭ ޔާމިނަކައް މީގެފަހުން ކުޅުދުއްފުށިން އެއްވެސް ތާއީދެއް ނުކުރާނަން
އަފީ
16 October 2016
މިދެންކިހާވަރުގެ މުސީބާތެއް ރާއްޖެއަށް މިޖެހެނީ! އަޅެފަހެ މިގައުމުގެ ވެރިކަމަކީ މައުމޫނަށް އެކަނި ލިބެންވާ އެއްޗެއްތަ! ދަރިންނާ ދަނބި ދަރިން ފޫބުޑް ބަހައްޓާގެން ކޮން މޮޔައެއް ތިގޮވަނީ! ބަލަ ތިޔަ މައުމޫނަށް އަހަރުންވެސް ދަންޖެހީ މަރުވާ ވަރަށް ސަޕޯޓް ކުރީމޭ! އެކަމު އަހަރެމެން ހިތްދަމައިގަތީ ރައީސް ޔާމީން! މީވެރިޔަކީ!
މިހައްމަދު.
16 October 2016
މައުމޫނު އައްޝުކުރު ކުރަން އަޅުގަނޑުމެން އެމް ޑީ ޕީ މިތިބީ މަނިކުފާނުގެ ކޮންމެ ގޮވާލުމަކައް ފިސަހަރި ކެރިގެ ބިކުތުމައް.!!!
ސފ
16 October 2016
އެމީހުންގެ ނިޔާގޯސްވަމުން އައި ހިނދު، އެމީހުން ރަނގަޅުމަގައް އަޅުވަން އުޅުނު ހިނދު، އެމީހުންގެ ދިފާއުގައި ބަޔަކު ނުކުމެ ގައުމު ގަޑުނަޑު ކޮހލި ހިނދު، މިއަދާއި ހަމައައް މަމެން ބޭނުންވާގޮތައް ކަންތައްނިމެމުން އައިހިނދު، މިއްދު އަރަގުވަމުންދާތަން ބަލަހައްޓައިގެން ކުރެވޭނެ ކަމެއްނެތި ކަސްތަޅުއެޅިފަތިބެންޖެހޭ ހިނދު...ކާކުހޭ މުކަމުން ދިވެހި ގައުމު މިންޖު ކޮއްދޭނީ..
އިބިރިހިން ތައްކާނު
16 October 2016
މައި ހޫން ނާ.