ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް ފަހު އެ ޕާޓީގެ ރައީސް މައުމޫން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
16 އޮކްޓޯބަރ 2016 - 17:03
ޕީޕީއެމް ހިންގާނެ ގޮތް އަސާސީ ގަވާއިދުގައި ބުނެފައިވާ އިރު އެކަން ކުރަންވާ ގޮތް ކަނޑައެޅުމަކީ ކޯޓުތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ދެމެދު އުފެދިފައިވާ މައްސަލަތަކުގައި، ރައީސްގެ ފެކްޝަންގެ ބަޔަކު ކުއްލިއަކަށް މިއަދު ސިވިލް ކޯޓަށް ވެއްދި މައްސަލައެއްގައި، ހަމަ ކުއްލިއަކަށް އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ކައުންސިލް ބައްދަލުވުމެއް ބޭއްވެންދެން ޕާޓީގެ މުސްތަޝާރުގެ މައްޗަށް ބާރުތައް ބަދަލުކުރި ކަމަށެވެ.
ކޯޓުގެ ހުކުމަށް ފަހު މައުމޫން ކުއްލިއަކަށް ބޭއްވެވި ކައުންސިލް ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ޕާޓީގެ ރައީސްކަމުން މީހަކު ވަކިވާނެ ގޮތްތައް އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއިން އެއްވެސް ހާލަތެއް އެމަނިކުފާނަށް ކުރިމަތިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއިން އެއްވެސް ކަމެއް މެދުވެރިނުވަނީސް ކިހިނެއްތޯއޭ ކޯޓުން އަޅުގަނޑު ވަކިކުރަން ހުކުމެއް ކުރެވޭނީ؟ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ސިޔާސީ ގޮތުން ޕްރެޝަރު ބޮޑު ދަނޑިވަޅެއް ނަމަވެސް، ވަރަށް ހަމަޖެހިވަޑައިގެން އިންނަވާ މައުމޫން ވިދާޅުވި އެވެ.
"ޕާޓީގެ މުސްތަޝާރަކީ ރައީސުލްޖުމްހޫރިއްޔާ. އެއްވެސް ގައުމެއްގައި ޕާޓީ ހިންގާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން."
ޕާޓީގެ ރައީސްގެ ބާރުތައް މުސްތަޝާރުގެ އަތްޕުޅު މައްޗަށް ދާ ގޮތަށް ކޯޓުން ހުކުމް ކުރިޔަސް، އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މުސްތަޝާރަކީ ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް އޮތް ބޭފުޅެއް ނޫނެވެ.
މައުމޫން ވިދާޅުވީ ކޯޓަށް ހުށަހެޅީ "ކޯޓަށް ދާން ޖެހޭ ކަމެއް [ވެސް] ނޫން" ކަމަށެވެ.
ކޯޓަށް އިހުތިރާމްކުރެއްވި ނަމަވެސް އެ ނިންމުން ގަބޫލުފުޅު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން ނިންމަވާފައިވާ އިރު މައުމޫން ވިދާޅުވީ "ސިވިލް ކޯޓުން ހުކުމްކުރީ ވަރަށް ދެރަ ގޮތަކަށް" ކަމަށެވެ. އަދި އިސްތިއުނާފުން ގޮތެއް ނިމެންދެން އެއަށް އަމަލްނުކުރަން މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
"އެއީ ކޮންމެ މީހަކަށް ލިބިފައި އޮންނަ ހައްގެއް،" އިސްތިއުނާފަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިވިލް ކޯޓުގެ ޝަރީއަތް ޝެޑިއުލް ކޮށްފައި ކުރިން އޮތީ މިއަދު ތިނެއް ޖަހާއިރަށް ކަމަށް ވިޔަސް ހެނދުނު "ހުކުމް އައީ ކުއްލިއަކަށް" ކަމަށެވެ.
"އަޅުގަނޑު އެދޭ އެދުމަކީ ހައި ކޯޓުން ގޮތެއް ނިންމަންދެން މި ހުކުމެއް ތަންފީޒުކުރުމެއް ނޯންނާނޭ. ތަންފީޒުނުކުރައްވާށޭ. އެއީ ކޮންމެ ރައްޔިތެއްގެ ވެސް ހައްގެއް އެ މީހާއާ ދެކޮޅަށް ހުކުމެއް އަތުވެއްޖިއްޔާ އިސްތިއުނާފްގެ ހުކުމް އަންނަދެން ހުކުމް ތަންފީޒުނުކޮށް ބޭއްވުން،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް ފަހު ޕާޓީގެ ރައީސް މައުމޫން ކައުންސިލްގެ މެމްބަރުންނާ ސަލާމްކުރައްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
މައުމޫން ވިދާޅުވީ ޕާޓީގެ ހިންގުން މުސްތަޝާރާ ހަވާލުކުރަން ކޯޓުން ހުކުމް ކޮށްފައި އޮތަސް ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެއީ ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް އޮތް ފަރާތެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ އަސާސީ ގަވައިދުގެ 57 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ ޕީޕީއެމްގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫނޭ. މިހާ ސަރީހަކޮށް، މިހާ ސާފުކޮށް މިކަން އަސާސީ ގަވައިދުގައި ބުނެފައި އޮއްވައި އެއާ ހިލާފަށް ކޯޓު އަމުރު ނެރުނީ،" މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ދެރަކަމެކޭ. އަޅުގަނޑުމެން ކޯޓަށް އިހުތިރާމްކުރަމޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް މި ހުކުމް ގަބޫލެއް ނުކުރެވޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަލޭކަ
17 October 2016
އެމްޑީޕީ ކުދިން އުފަލުން ނަށަނީ. ހިތަޢް ހާދަ އަސަރެއް ކުރޭ.
ދޮން އާމިރު
17 October 2016
ފައިން އެރުނީމަ ދޮއްތޮ ކޯޓުތަކޭ ބިދާޅުވާންތިޔަ ފެއްޓެވީ...
ޙުކުމް
17 October 2016
ސިވިލް ކޯޓުން މިހާރު ޢަމަލުކުރަމުން އަންނަ އުޞޫލާވެސް ޚިލާފު،
އަބޫ
16 October 2016
ހަމަ ހަނދާން ވަނީ ރިޔާސީ އިންތިހާބުގާ އިލެކްޝަންސް ކޮމިޝަން ހިންގަންވީގޮތް ކަނޑައަޅާ އެކަންކަމުގެ ތެރެއަށް ސީދާކޯޓުވަދެބާރުފޯރުވި ދުވަސްމަތިން. މިޔަދު އެކަމުގަ އުޅުނު މީހުން އެކެއް އަނެކަކާ ކޯޅެން މިބޭނުންކުރަނީ ކޯޓު.
އަލީ
16 October 2016
މިއީ ތިމާ އަމިއްލައަށް ފޭހުނު އިލޮށިގަޑު ލޮލަށް ހެރުން ދެއްތޯ؟
އާދަނުބެ
16 October 2016
ތީ އާއިލީ މައްސަލައެއް.. ތިމައްސަލަ ބަލަންޖެހޭނީ އާއިލީ ކޯޓުން
އަހްމަދު ރިޝާން
16 October 2016
ރައީސް މަޢުމޫން އެ ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް. މުންދުމެން، އަދުރޭމެން، ޕްރެސްތަކަށް އަރާފައި ކިތަންމެ އަނގަފުޅާ ކޮށްފަ ޕީޕީއެމްގެ މެމްބަރުންނަށް އޮޅުވާލަން ވެގެން އެހެން ބުނި ނަމަވެސް ޕާޓީގެ އަސާސީ ޤަވައިދުގައި ބުނެފަ އޮތް ގޮތް މަޢުމޫން އެ ވިދާޅުވަނީ. އަޅުގަނޑަކީވެސް ޕީޕީއެމްގެ އަސާސީ ޤަވައިދުގައި ބަޔާން ކޮށްފަ އޮތް ޕާޓީގެ މުސްތަޝާރުގެ ޒިންމާ ތަކާއި، ވާޖިބު ތަކާއި، ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތައް ކޮންމެވެސް ވަރަކަށް ކިޔާ ދަސްކޮށްގެން ހުރި ޕީޕީއެމްގެ މެމްބަރެއް. މައުމޫން އެ ވިދާޅުވާ އެއްޗަކަށް އަޅުގަނޑު ތާއީދު.. އަޅުގަނޑުގެ އަޚު މަޢުމޫން..........އަދިވެސް ހިފަހައްޓާލަ. އެ ބައިގަނޑު ކުޑަކަކޫ މައްޗަށް ތިރިވާކަށް އެހާ ދުވަހެއް ނެތް.....
ފަލަކު
16 October 2016
ރައީސް މައުމޫނު އެވިދާޅުވީ ރަނގަޅުވާހަކަފުޅެއް. ގާނޫނެއްގެ މައްޗަކަށް ކޯޓަކަށްވިޔަސް ފައިންނޭރޭނެ. ގާނޫނީ ހަމަތަކުގެމަތިން ރަޖިސްޓްރީ ކުރެވިގެން އެޕާޓީއެއްގެ ގަވާޢިދާ އެއްގޮަތަށް ހިނގަމުންދަނިކޮށް ކޯޓަށް ބަޔަކު މައްސަލަ ހުށަހެޅިޔަސް އެމައްސަލައެއް ކޯޓަކުން ނުބެލޭނެ. އެހެންނަމަވެސް ދަންވަރު ހޭލާތިބެގެން ކުރިންލިޔެ ތައްޔާރުކުރާ ހުކުމަކަށް މީހަކަށް ކިޔޭނޭ އެއްޗެހި މަދެއްނުވާނެޔޭ ބުނެއުޅޭ. ދެން އިއްވާނީ މައުމޫނު ގޭބަންދުކުރަންކަންވެސް ނޭގޭ. ބުނާނެ ފިއްލަވާޑައިގެންފާނޭކަމަށް ފެންނާތީއޭ
މުހަންމަދު
16 October 2016
ބޭސްފަރުވާ އަވަހަށްހޯއްވާށެވެ. ފޭއްސެވި އިލޮށި ތިހިރަހެނީ ލޯފުޅަށެވެ. އެނޫންއެއްޗެއް ބުނެވޭކަށްނެތެވެ. އެކަމަކު ސިވިލްކޯޓުން މިކަންތައް ގެންގޮސްފައިވާގޮތާއިމެދު ޙައިރާންވެއްޖައީމެވެ! ކޮންމެއަކަސް މިއޮތީ ކޯޅުންގަނޑު ރަސްމީކޮޮށްފެށިފައެވެ. ކުޅިސަމާދެކެން ތިބެންވީ!
ހދ އަތޮޅު ރައްޔިތުން
16 October 2016
ﷲ ގެ ކުޅަދުން ވަންތަކަމާއެވެ. ގަނޑު ލޭކޮޅަކުން އުފެދި ފުރާފުރިހަމަވެ ގާޒީން ކަމަށް ބުނެ އަރާ ތިބި މީހުންނޭވެ. 3 ފަނޑިޔާރުން 2 ފަނޑިޔާރުން އެއީ ނަރަކަ ވަންތަވެރިން ކަމުގަ ބުނެވެނީ މިހެންވާތީ ކަމަށް ފެނޭ. ޔާމީނައްޓަކައި ތިޔަ ގާޒީންގެ ހަށިތައް ނަރަކަޔަށް ނުގެންދިޔުމަށް އެދެން. ނަޝީދާ މެދު ވެސް އަމަލުކުރީ މުޅިން ބޭއިންސާފުން.