ދަރުބާރުގޭގައި މިރޭ ބޭއްވި ޕީޕީއެމް ކައުންސިލް ބައްދަލުވުމަށް ރައީސް ޔާމީން ވަޑައިގަންނަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
16 އޮކްޓޯބަރ 2016 - 21:36
ޕީޕީއެމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސެކްރެޓަރީ ޖެނެރަލް ކަމަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފައި އޮއްވާ، ރައީސް އަބްދުﷲ ޔާމީނުގެ ފެކްޝަނުން ވެސް ސެކްރެޓަރީ ޖެނެރަލަކު އައްޔަން ކުރައްވައިފި އެވެ.
ޔާމީން ފެކްޝަނުގެ ބޭފުޅުން މިހާރު އަންނަނީ ދަރުބާރުގޭގައި ޕާޓީގެ ކައުންސިލް ބައްދަލުވުން ބާއްވަވަމުންނެވެ. މި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ޕާޓީގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް ޔާމީނެވެ.
Civil court ge hukumaa ehgothah 24 gadi iru therey Party Musthathashaaruge Riyasathuge dhashun PPM Council badhalu vumeh kuriah dhanee.16/10 pic.twitter.com/J9WNBYSQNt
— Ahmed Nihan (@ahmed_nihan) October 16, 2016
އަހުމަދު ނިހާންގެ ޓްވީޓް
ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަން ކުރެއްވީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލެވެ. މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ ނައިބު ކަމަށް އައްޔަަން ކުރައްވާފައި ވަނީ އިގްބާލް އާދަމެވެ. ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފުގެ ބޭބެ އިގްބާލް ޕީޕީއެމަށް ސޮއިކުރައްވާފައި ވަނީ މިރެ އެވެ.
ޚަލީލް (ވ-2) -- ފައިލް ފޮޓޯ؛ މިހާރު
ސެކްރެޓަރީ ޖެނެރަލް އަކީ ޕާޓީ ދުވަހުން ދުވަހަށް ހިންގުމުގައި އިދާރީ އެންމެ އިސް ބޭފުޅާ އެވެ.
މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަން ކުރައްވާފައި ވަނީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމުގައި ހުންނެވި އަބްދުލްއަލީމެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ރައީސް ޔާމީން މިރޭ ބަލަހައްޓަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމުގައި ޕީޕީއެމް ތަމްސީލު ކުރައްވާނެ ދެ ބޭފުޅުން ވެސް ޔާމީން ފެކްޝަނުގެ ކައުންސިލް ބައްދަލުވުމުން ވަނީ ނިންމަވައިފަ އެވެ. އެއީ ޕީޖީ ލީޑަރު އަހުމަދު ނިހާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. މައުމޫން ފެކްޝަނުން ކުރިން ވަނީ ޕާޓީތަކުގެ ބައްދަލުވުމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު ރ މީދޫ
17 October 2016
ގަޓުހުރިކަމައްބުނާ މީހާ ނޫސްވެރިންނައް ފިލައިގެން ޔާމިނައް ދުވަހަކުވެސް މަގޭވޯޓެއް ނުދޭނަން
ޢަބްދުﷲނާފިޒު
17 October 2016
ދެން އެހެންވީމަ ތީ އެންމެ ވަރުގަދަ ޕާޓިއަށް ވީތާ، މިބުނީ ސެކްރެޓަރީ ޖެނެރަލުން އެންމެ ގިނަ ޕާޓީއަށް ވީމަ، އަނެއްކާވެސް އަނެއް ރިކޯޑު ދެއްތޮ، މަގާތަށް އަންނަ ހިންޏެއް، އހ.
ބޮލަކަށް4000
17 October 2016
މިހާރު މި ވަގުތަކީ ރެފެރެންޑަމް އަކަށް ދާން ޖެހޭ ވަގުތު ބައިވަރު ސަބަބުތައް ކޮޅުމަތި ފެންނަނީ
ހާލަތު
17 October 2016
ކީއްވެބާ ދަރުބާރުގޭގައި ބޭއްވީ! މިއޮތް ހުރިހާ ދުވަހު މުލީއާގޭގައި ބައްދަލުވުންތައް ބޭއްވުމަށްފަހު ދަރުބާރުގެއަށް ބައްދަލުވުންތަކާއި ނޫސް ކޮންފަރެންސްތައް ބަދަލު ކުރުމުގެ ހިކުމަތަކީ ކޮބާތޯއެވެ. އަނެއްކާ ހިލާލީގެއާއި މުރައިދޫގެއާއި މުލީއާގެއެކޭ އެއްފަދައިން ދަރުބާރުގެވެސް ނެންގެވީތޯ؟؟
ފަޅުވެރިން
17 October 2016
ޢަބްދުއްރަޙީމް ވިދާޅުވި ފަދައިން އަޞްލު ޕީޕީއެމް ދެނެގަނެވޭނެ ވަރަށް ސާދާ މިންގަނޑެއް އެބައޮތް. އަޞްލު ޕީޕީއެމް އެމްޑީޕީ އާއި، ނުވަތަ އެޕާޓީގެ އިސް މީހުންނާ ގުޅިގެން އެއްވެސް ކަމެއް ދުވަހަކުވެސް ނުކުރާނެ! އިއްޔެ ޕީޕީއެމް އޮފީސް ކައިރިއަށް އެއްވެގެން ފާރިޝް މައުމޫން ވަށާލައިގެން އުޅުނީ ހައްތާވެސް އެމްޑީޕީގެ ހާޑްކޯރ އެކްޓިވިސްޓުން. އެހެންވީމާ ބޮޑު މަންޒަރު ވަރަށް ސާފު! ހަނގުރާމާއިގެ ސަފުތައް މިވަނީ ދެފަރާތުންވެސް ރުކުރުވާލެވިފައި.
ސަބުރާ ( ދޮންބެ)
17 October 2016
ޕީ ޕީ އެމްގެ އަސާސީ ގަވާއިދާއި މިހާރުވެސް ޔާމީން ފެކްޝަނުންތިވަނީ ޚިލާފެވެ. ޚުދު ޔާމީންވެސް ޕީ ޕީ އެމްގެ އަސާސީ ގަވާޢިދާއިތިވީ ޚިލާފެވެ. ޕާރޓީގެ ރައީސްކަމުން މައުމޫނު ޢަބުދުލް ގައްޔޫމް ރަސްމީކޮށްއަދި ވަކި ނުކުރެއްވި ކަމުގައިވިޔަސް ޕާރޓީގެ ރައީސެއް މިހާރު ނެތްކަން މިރޭގެ ތި ބައްދަލުވުމުންނާއި، ހަމަޖެއްސެވި މަޤާމްތަކުން ވަރަށްސާފުކޮށް ހާމަވެ އެގިގެން ހިގައްޖެއެވެ. ޚުދުމުޚުތާރު ވެރިކަމަކާއި ދިމާލަށް ރާއްޖެ މިސްރާބުޖަހާފައިވާ މިދަނޑިވަޅުގައި ޕީ ޕީ އެމްގެ އެންމެހާ މެމްބަރުންގެ ފަރާތުން އަޅުގަނޑު މިއެދެނީ މައުމޫނަށް ތާއީދުކޮށް އެމެނަކިފާނުގެ ލަފަޔާއި އިރުޝާދު ގަބޫލުފުޅު ކުރައްވައިގެން އެމަނިކުފާނު ހިންގަވާމަގުން ކުރިއަށްވަޑައިގަތުމަށެވެ. އެހެންނޫނީ ގައުމުގެ މުސްތަގުބަލެއް އުޖާލާވެ އާރާސްތު ވެގެން ނުދާނެއެވެ. މުޅި ގައުމުގައި ވައްކަމާއި، ކޮރެޕްޝަނެވެ. ޝަރުޢީދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިއްޖެއެވެ. ގާނޫނުހަދާބާރު ސަރުކާރުގެ މުށުތެރޭގައެވެ. 3 ބާރު އެއްވެ އެކެއްގެ އަތްމައްޗަށް ހުރިހާ ބާރެއް ޖަމާވީމާ ދެންވާނެގޮތް މިދަނީ ވަމުންނެވެ. ގައުމަށްޓަކައި އަދި އަޅުގަނޑުމެންގެ ދަރިންނާއި، އެދަރިންގެ މުސްތަގުބަލަށްޓަކައި އެންމެން އެކަތިގަޑަކަށްވެ ރައީސް މައުމޫނާއިއެކު ކުރިއަށްވުރެ ބަދަހިކޮށް މަސައްކަތް ކުރަމާހިގާށެވެ. މާތް ﷲ މިނުބައިނުލަފާ މަކަރުވެރި ބައެއްގެ އަތްދަށުން މިގައުމު ސަލާމަތް ކުރައްވައިފާދޭވެ. އާމީން.
ދިގު ބޯ
17 October 2016
އަޅެ މީގެން އެބަ އެނގޭތަ އެގަހުކޭލެއް މިގަހުކޭލެއް. ކައުންސިލަރަކަށް ވެވިފަ މިހިރީ ރަނގަޅަށް. ފޯމު ލާންވީތަނެއް އެނގެނީކީ ނޫން ކޮން ފެކްޝަނަކަށް ކަމެއް އިތުބާރު ކުރަންވީކީ އެނގެނީކީނޫން. އިކޮނޮމިސްޓް އެންޑް މައުމޫން، މަކިހިނެއް ހަދަންވީ؟
ބޭޝަރަމް
17 October 2016
މައުމޫނު ކަމެއް ކުރީމާ އެއާވިއްދާފަ ފަހަތުން ކަމެއް ކުރާކަށް ނުޖެހެއެވެ. ނިކަން ހިތްވަރެއް ހުރިއްޔާ އާންމު ޖަލްސާއެއް ބާއްވާލަބަލަ!! އަދަދު ގިނައީ ކާކުގެ ތޯބަލަން!! ކިތަންމެ ވަރަކަށް ހަޅޭލެވިޔަސް ސްޕްރީމް ކޯޓުން ވެރިކަން ދިނަސް ޕާޓީގެ ކަންކަން މުސްތަޝާރަކަށް ހަވާލެއް ނުކުރެވޭނެ!! ވ. ސަލާމް
ޞާމަރާ
17 October 2016
ޢަސްތާ ނިމާލުވެސް މީ ކައުންސިލް މެންބަރެ، ހުސް ފުންނާބު އުސްކުރި ބޭފުޅުންތާ ޔާމިނު ގެ ކައުންސިލުގަ މިތިބީ
Maldives
17 October 2016
ވަރަށްހަޑިދޯ ރައީސަކު ޕާޓީއެއް ހިންގަންހުރީމަ..؟!!