19 މެއި 2020 - 15:57
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް އެބައޮތް ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ރައީސް ނަޝީދާއި އެ ޕާޓީގެ ބައެއް މެމްބަރުން ގެންދަވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތްތަކަށް ފާޑު ވިދާޅުވަމުންނެވެ. ހާއްސަކޮށް ރަށްރަށުން އެކި ބޭނުންތަކަށް މާލެއައިސް ތިބި މީހުންގެ ތެރެއިން ލޮކްޑައުންގެ ސަބަބުން އެ މީހުންގެ ރަށްތަކަށް އެތައް ސަތޭކަ ބަޔަކަށް ނުދެވިވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
Alhugandah ves kei kureveynee vaki min varakah: Nasheed
The most trusted news source in the Maldives
Mihaaru
ކެތް ކުރެވޭނީ ވަކި ވަރަކަށް ކަމަށް ނަޝީދު ވިދާޅުވުން
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވުމުން ހުއްޓުވައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފައިސާގައި ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކުރީގެ މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް އެބޭފުޅުންގެ ޒިންމާ އަދާ ނުކުރެއްވުނީ އޭރު ރައީސަކަށް ހުންނެވި ބޭފުޅާއާ ދޭތެރޭ އެވަރުގެ ޔަގީންކަމެއް ނެތުމުން ކަމަށް ވެދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ވަކި ބޭފުޅެއްގެ ނަމެއް ވިދާޅެއްނުވެ އެވެ.
"ދެން ކުރީގައި ތިއްބެވި އިއްޒަތްތެރި މެމްބަރުންނަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން އެފަދަ ބޮޑު އިތުބާރެއް ނެތުނީމާ ކަމަށް ވެދާނޭ އެ އިއްޒަތްތެރި މެމްބަރުންނަށް އެހާ ޖޯޝާއެކީގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާ ކުރަމުން ނުގެންދެވުނީ،" ނަޝީދު ވިދާޅުވި އެވެ.
ނިމިދިޔަ މަޖިލީހުގެ މެޖޯރިޓީ އޮތީ އޭރު ސަރުކާރު ހިންގި ޕީޕީއެމްގަ އެވެ. އެ ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނުއިރު އެކަންކަން އޭރު މަޖިލީހުގެ ތެރެއަކުން ނުބެލި އެވެ.
ނަޝީދު އެގޮތަށް ވިދާޅުވުމުން ރައްދު ދެއްވައި ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ފައިސާގައި ޖެހިވަޑައިގެންފައި ނުވާކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޔާމީން ޖަލަށް ލާފައިވާއިރު އެ ޝަރީއަތަށް ސަރުކާރާއި ޖޭއެސްސީގެ ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ސައީދު ތުހުމަތު ކުރެއްވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާތީ، ސަރުކާރާ ދޭތެރޭ ކެތް ކުރެވޭނީ ވަކި ވަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮކީ
20 May 2020
ތީގެ މާނައަކީ، ބޮޑުތަނުން ގައުމަށް ހިޔާނާތްތެރި ވެއްޖެއޭ.
ރައީސޫލްނ
20 May 2020
ރައީސް ނުވިނަމަވެސް ނަޝީދު ވެދާނެ.
ސިކުނޑި
20 May 2020
ރައީސާދޭތެރޭ އިތުބާރު އެބައޮތް! މަޖިލީހުގެ ރައީސް ނިއު ނޯމަލްއަށް ބަދަލުވާންޖެހޭ!
ދަރަނި ދަންތުރަ
20 May 2020
ހެސްކިޔާފައި ވަށްކަންކޮށްފައި ރައްޔިތުންނަށް އޮޅުވާލަން ހުރިހާ ވަގުން މޮޅުރޭވުމެއްރާވާލީ މަޖިލީހުންބުނާނެ އެއްވެސް ކޮރަޕުސަނުގެ އަމަލެއްހިންގާފަކާ ނެތޭ ، އެކަމަކު ގައުމުގެ ހަޒާނާ ހުސްވެ އެހީގެގޮތުގައި ލިބުނު ހުރިހާ ޑޮލަރު ތަށް ވީގޮތެއް ނޭންގޭ އަދިވެސް ނާށިގަނދު ހިފައިގެން ދުވަނީ...
މަންނާނު
19 May 2020
އެހެންދޯ ގެއްލުމުގެ ބަދަލުގެ ނަމުގައި 1.5ބިލިއަން ސިޔާސީ ވެރިންނަށްބަހާލަދިނީ ކާކު ހުއްދަދީގެން
ހަސަދު
19 May 2020
ރައީސް ޚިޔާނާތްތެރި ނުވުން ރަނގަލު. އެކަމަކު އެހެން މީހުން ޚިޔާނާތް ތެރި ވޭތޯ ބެލެއްވުން އެއި ތިޔާގެ ދެބެފުޅުންގެ ވެސް ޒިންމާ އެއް. އެކަމެއް ނުވޭ. ގާތް މީހުންނަށް ބޮޑެތި ވަޒީފާ ދިނުން އެއީވެސް ޚިޔާނާތް ތެރިވުން. މިހާރު މިގައުމުގައި އެތަށް ބައިވަރު ކޮލިފައިޑު މީހުން ވަޒީފާ ނެތި. މަގާމެއް ވެއްޖެއްޔާ މިލިބެނީ އެކީގައި މަގުގައި ހަޅޭލެވި މީހަކަށް. މިވަގުތަކީ ގައުމުގައި ލިބެން އެތީ ކޮން ރިސޯސް ތަކެއްތޯ ބަލާ އެންމެންގެ ބޭނުންކުރަންވީ ވަގުތު
މިވަރެއްނެތް
19 May 2020
ފުރަމަތަ ވިދާޅުވިގޮތާއި ޚިލާފަށް ރައީސު މައުމޫނު ވިދާޅުވީ އިލްޔާސް އިބްރާހީމަކީ ޤައުމަށް ތެދުވެރި އިޚްތލާޞްތެރި ބޭފުޅެކޭ. ރައީސު ޔާމީނު ފުރަތަމަ ވިދާޅުވީ އަދީބަކީ ޚާލިދު ބިން ވަލީދޭ. ފަހުން ކިޔަންފެށީ އެހެން އެއްޗެއް. އަދުގެ ސަރުކާރުން ރައީސު ޔާމީނު މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށް ޖަލަށްލީއިރު ޔާމީނުގެ ސަޕޯޓަރުންނަށް މިސަރުކާރު ވަރުގެ ކޮރަޕްޝަން ބޮޑު ބައެއް ނުފެނޭ! ވެރިން ކޮރަޕްޓީބާ ނުވަތަ ރައްޔިތުން ގަމާރީބާ؟ ގާބެޖް އިން ގާބެޖް އައުޓު ދޯ!
ސަޓަންޓް
19 May 2020
މިއީ މިސަރުކާރުން ރާވައިގެން ހިންގާ ޖަރީމާއެއް ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ ވާހަކައާއި ނާގާބިލުކަމުގެ ވާހަކަ ރައްޔިތުންދައްކާލެއް ގިނަކަމުން ރައްޔިތުންގެ ޝަކުވާގެ އަޑު ކަޑުވާލާނަމޭހިތާ ވަރަށް ބޮޑަށް ރޭވިގެން ހިންގާ މީޑިއާ ސްޓަންޓެއް ރައްޔިތުންގެ ތެރެއިން މަދުބަޔަކު ތި ޖައްސާ ގޭމުގައި ޖެހުނަސް ގިނަ ރައްޔިތުން ތިބީ ތިދައްކާ ދެއުޅިއެއްނުވާ ވާހަކަ އަޑުއަހާކަށް ނޫން ރައްޔިތުން ހުރިހާބާރެއް ދިނީމަވެސް ގައުމާއި ރައްޔިތުން ނަށް ތިޔަދެނީ ދޯކާ
ސޮނިފޫހި އެޖެންޑާ20
19 May 2020
ރޯދަކުރުކުރާ ޕްރޮގުރާމް ހިންގަނީ. ޢެކަމަކު މީހުންލައިކެއް ނޫން. މިބޭ އަަކަށް ނުވިސްނޭނެ. ކެތްތެރިކަން ތިހިރީ ހަމަ ކޮޅުން ނައްޓާލާ ހިސާބުގަ.މީހަކު ހަމަ ކޮއްޓާލާއިރަށް ޕުޗުސް!!
އަހުމަދު މު ހައްމަދު
19 May 2020
ފައިސާގަ ޖެހެނީ ރައީސެއް ނޫން. އެހެން މީހުން ލައްވަ އެކަން ކުރަނީ
ރޔޒ ރށދ
19 May 2020
އެކަންކުރަނީ ސަރުކާރު ތެރޭ އުޅޭ އަންނިގެ ބޯއީޒް