ޚަބަރު / ފުލުހުން

ރުގްޔާގެ ނަމުގައި މީހުންނަށް ގެއްލުން ދޭ ކަމަށް ބުނާ މީހެއްގެ ވަނަވަރު ހާމަކޮށްފި

ދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުޙައްމަދު ނަޞަރުﷲ (55އ) - ފޮޓޯ: ޑީއެންއާރު

ރުގުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކި ކަހަލަ ގެއްލުން ދެމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ބަލުމަށް އެ މީހާގެ މައުލޫމާތު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި ރުގުޔާގެ ނަމުގައި އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށު، ބުޗާގެ، މުހައްމަދު ނަސްރުﷲ، 55، އަށެވެ. އޭނާގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

އޭނާގެ ފަރާތުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ނަމަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު، 9792358 އަށް ގުޅުމަށް ފުލުހުން އެދެ އެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ސިހުރު ހެދުމާއި ރުގްޔާ ކުރުމުގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ގިނައިން ހުށަހަޅާ ކަަމަށް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުން ވަނީ ބުނެފަ އެވެ.

Sihuraai ruqya ge therein jinsee goana kuraa massalathah aadhey: Fuluhun

Sihuraai ruqya ge therein jinsee goana kuraa massalathah aadhey: Fuluhun

The most trusted news source in the Maldives

Mihaaru

ސިހުރާއި ރުގްޔާ ކުރުމުގެ ނަމުގައި ޖިންސީ ގޯނާ ކުރާ ކަމަށް ފުލުހުން ބުނުން

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އޭރު ވިދާޅުވީ ޖިންސީީ ގޯނާކުރުމުގެ މައްސަލަ ބޮޑަށް އަންނަނީ ސިހުރު ހެދުމުގެ ތެރެއިން ކަމަށެވެ. އަދި އެ މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް ފުލުހުން ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވި ގޮތުގައި އެފަދަ ކަންތައްތަކަށް ސަމާލުވާން ފުލުހުން އިރުޝާދު ދިން ނަމަވެސް ބައެއް މީހުން އެ އަޑުނާހާ ސިހުރުވެރިންގެ ގާތަށް ދެ އެވެ.

68 ކޮމެންޓް, 188 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 19%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޑޭލާ

04 June 2020

އެމްޑީޕީގެ ދުންއަރުވާ ގުރޫޕް ހައްޔަރު ނުކުރެވެނީ ކީވެތަ؟

The name is already taken The name is available. Register?

ނަރުސިީމުް

04 June 2020

އެކި ދީންތަކުގައި ބަލީގެ ފަރުވާ ކަމަށް ބުނެ އެކި ކަންކަން ކުރެއެވެ. މިގައި އެގޭ ކަމަކީ އިންސާނަކު ދުނިޔޭގައި 60 ވަރަކަށް އަހަރު އުޅެފައި ދާއިރު އެކިފަހަރު މަތިން ބަލިވެ އެޒަމާނެއްގައި މީހުން ކޮށް އުޅުނު ފަރުވާތަކެއް ލިބިގަނެފައި ހުންނާނެ ކަން. އޭގެ މާނަ އަކީ އޭރުގެ ފަރުވާ އަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަންކަމެއް ނޫނޭ. މިޒަމާނުގައި ފަރުވާ އެއްކަމަށް ކަޑަ އެޅެނީ އެތައް ހާސް ބަޔަކަށް އެބޭހެއްދީގެން ނަތީޖާ އެއްގޮތަކަށް ނުކުންނަންޏާ.

The name is already taken The name is available. Register?

ސާފުވެއްޖެ

04 June 2020

ބަލަ އެކަމެއް ކުރަން އޮންނަ ގޮތަކަށް ދޯ އެކަމެއްވާނީ

The name is already taken The name is available. Register?

ދޫނިސޮރު78

04 June 2020

މިގޮތަށް ދީނީ ކަންތަކުގެ ނަމުގަ މީހުންނަށް ގެއްލުންދޭ މީހުނާ ދެކޮޅަށް އެއްޗެކޭ ބުންޏަސް ވާނީ ލާދީނީ މީހަކަށް. އެހެންވީމަ މިކަހަލަ ކަންތަށް ރިޕޯޓުކުރަން ޖެހިލުންވޭ. ދެން މިވަނީ އިންޑިޔާގަ އުޅޭ ބާބާތަށް މީހުންނަށް ލަނޑުދޭ ބީއްދައިން. ދީނަށްވެސް ހުތުރު. އެހެން ވީމަ މިކަހަލަ މައްސަލަ ފެންމަތިވުމުން ރަގަޅަށް އަޑުއަހާޖެހޭ އެބަ.

The name is already taken The name is available. Register?

ތަޣައްޔަރު

04 June 2020

ސިހުރާ ފަންޑިތައާއި މިބާވަތުގެ ކަންކަން ކާމިޔާބުވަނީ ފާޙިޝް ކަންކަން ހިމަނައިގެން. ސިހުރު ފަންޑިތައިގެ އަސްލަކީ ޝަހުވާނީ އެދުން ފުއްދުމާއި އޮޅުވާލުން .

The name is already taken The name is available. Register?

ހަސަނު

04 June 2020

ތަރައްގީ ސިކުނޑިެަށް އައިސްގެން އަހަރެމެން ފުރިހަމަ ބަޔަކަށް ވަނީ.. ސިހުރާ ރުގިއްޔާބއާ ފަންޑިތައިން ސިކުންޑިތަެް އަރައިނުގަނިވެން މިއުޅެނީ. 2020 ގަވެސް... އަހރުމެނެކޭ އެފްރިކާގެ ފަގީރު ރަށްފުށު ޓުރައިބެކޭ ނެތް ވިސްނުމާ ހިޔަލަތުގަ ތަފާތެއް...

The name is already taken The name is available. Register?

އެއްކަލަ ގޮލާ

04 June 2020

ތި ބުނަނީ ރުގްޔާ ކުރުމަކީ ޒަމާނާ ނުގުޅޭ ބޯދާ ކަމެކޭ ތަ؟ ޖިންނި ޝައިތޯނުންގެ އުނދަގުލަކީ ނުވާ ކަމެކޭ ތަ؟

The name is already taken The name is available. Register?

ރިޝް

04 June 2020

ހިންދޫ ފާދިރީން ވެސް ފަންޑިތާ ގެ ނަމުގަ ތި ސަކަރާތް ޖަހާތަން ކުރައިމް ޕެޓްރޯލުން ދައްކާ! ތީ ހުރިހާ ދީނެއްގަ ވެސް ކުރާ ނުބައި ކަމެއް

The name is already taken The name is available. Register?

ބަރުުު

04 June 2020

ގަބޫލު ކުރާ ކުރުމެއް އެއީ ފާޑެއްގެ ކަމެކެވެ. މިސާލަކަށް. ކަޅު އޮށް ފުންމި. ރަންނަމާރި ރާވެރިބޭ ފަތާފައި ރާބަނދި މާލެ ގެނައުން. ސައިންސަކީ މިތަކެތި އެބުނާ ހާލަތުގައި އެގޮތަށް މަސައްކަތް ކުރޭ ތޯބެލުން. އަދި ތަކުރާރު (ރިޕީޓް ) ކުރެވޭތޯ ބެލުން.

The name is already taken The name is available. Register?

hussain208

04 June 2020

ރުގުޔާ ކުރުމުގެ ގަވާއިދު އެކުލަވާލާ ލައިސަންސް ދޭންވީ ނުން. އެބަބުނޭ ސުއްނަތޭ. އެހެންކަމުން މިމަސައްކަތް ވެސް ރެގިއުލޭޓް ކޮއފިނަމަ ނުބައި ނިޔަތުގައި ރުގުޔާވެރިން އަންހެނުން އެކަހެރިކޮށް ގެން ދީފާނެ ޖިންސީ ގޯނާތަކުން ސަލާމަތް ކުރެވިދާނެ.

The name is already taken The name is available. Register?

ހުސުން746

04 June 2020

ތިކަހަލަ ވާހަކަ ދެއްކީމަ ބުނާނެ ދީނުގަ އޮންނަކަމަކަށް ހުރަސް އަޅަން އުޅެނީއޭ، އުދަގޫކުރަނީއޭ، އަގު ވައްޓާލަނީއޭ. ދެން އެވާހަކަ ދައްކާ މީހާ ވާނީ ލާދީނީ މީހަކަށް. ދެން އެމީހާގެ އަގު އެދިޔައީ.

The name is already taken The name is available. Register?

ކުމުންދޫއަލީ

04 June 2020

ހަކުރާ ގޯޅީގަ ދަންވަރު އެ ޖަހާ ސަކަރާތެއް ވެސް ތަހުގީގު ކޮއްބަލަ،

The name is already taken The name is available. Register?

ސުލްޙަ

04 June 2020

ހަކުރާ ގޯޅީގަ ކީއްތަ ކުރަނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454