ސްޓެލްކޯގެ މައި އިމާރާތް.-- މިހާރު ފޮޓޯ
17 ޖޫން 2020 - 11:25
ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑެމުންދާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
މިހާރު ވެސް ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.
ސްޓެލްލޯ އިން ކުރި ޓްވީޓެއްގައި ބުނީ ކަރަންޓު ކެނޑެމުންދިޔަ ކަމުގައި ވިޔަސް ވީހާ ވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދިމާވި މައްސަލަ އެ ކުންފުންޏަކުން ނުބުނެ އެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާނެކަން ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވަން. ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން.
— STELCO (@STELCOMALDIVES) June 17, 2020
ސްޓެލްކޯގެ ޓުވީޓް
"ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން،" ޓްވީޓުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
17 June 2020
އިއްޔެ މިތާ އެމްޑީ ފޮނިކަޑާފަ ބުނީ ތިމަންނަމެންނަށް ވަރަށް ރަގަޅަށް ހިދުމަތް ދެވިއްޖެއޭ
ޢަލިއަ
17 June 2020
އުހުނ ނުކެނޑޭނެ، ތީ އޮޅިގެން ބުނެވުނު އެއްޗަކަށްވާނީ، ބަޔަކުމީހުން އިންޖީނުގެނެސް ޢިމާރާތްހަދާ ދީފަ ދިޔައިމަވެސް ތިއުޅެނީ ތިކަންތައް ރަނގަޅު ނުކުރެވިގެން..
ސަންޕާޅޯ
17 June 2020
ސަރުކާރު ހިންގަން ތިބި މީހުން ދައުލަތުގެ މުއައްސަސާތަކާއި ޖެހި ސޯޓު ވުމަކީ ވަރަށް ބޮޑު ކެއްސެއް ސަރުކާރަށް ލިބިދާނެ ކަމެއް. އިންޖީނުގެ އިން ރައްޔިތުންގެ މަޖުލީހަށް ސިޓީ ފުނުވި ކުއްޖާގެ ފޯނުގައި އިންނަ އެޕަކުން މާލޭގެ ވަކި ސަރަހައްދެއްގައި ކަރަންޓު ކަނޑާލައިގެން ރައްޔިތުން ހޫނުގެ ދޮންވަންދެން ހުރެވިދާނެ. ރައްޔިތުން ހޫނުވެ މަގުތަކަށް ނުކުތީމަ އެއްކަލާ ކާކީ ސޯޓުބުރިލި ފުލުންނަށް އަޅާނުލައި ވެސް ތިބެވިދާނެ. މިއީ 2020 ވަރަށް ތަފާތުވާނެ.
ކަކުނިބޯ
17 June 2020
މުއައްޒަފުންނަށް ބޯނަސްދިނު މަށް
ޢަހާ
17 June 2020
އިއްޔެ ފޮނިކެޑީ. މިއަދު ކަރަންޓު ކެޑެނީ
އަނގަ ވިހަ
17 June 2020
ލޮކްޑައުން ތެރޭ ހުރިހާ ކަމެއް ރަގަޅަށް ހިންގައްޖެ ނު މުޣްނީ..އަނގަ..
ބިސް ފަރާޓާ
17 June 2020
އާފަލު ކާބަލަ