މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (ކ) އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ވެސް، މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ހާލަތުގައި ވެސް ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިސްކަންދިނުމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯން ސްކީމާއި ރައީސްގެ ސްކޮލަޝިޕް އަދި ހައި އެޗީވާސް ސްކޮލަޝިޕް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މަތީ ތައުލީމުގެ ލޯނުގެ ފުރަތަމަ ބުރު މިދިޔަ ފެބްރުއަރީ މަހު އިއުލާނުކޮށްފަ އެވެ. އެ ފުރުސަތުގައި ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް 550 ފުރުސަތު ހުޅުވާލި އެވެ. އެކަމަކު ލޯނަށް ހޮވުނީ 514 ދަރިވަރުންނެވެ.
Despite challenges of COVID19, we remain focused on higher education and training opportunities for Maldivians. I’m pleased that key programs such as our student loan scheme as well as High Achievers Scholarships and the President’s Award Scholarship shall continue uninterrupted.
— Ibrahim Mohamed Solih (@ibusolih) June 25, 2020
ރައީސްގެ ސްކޮލަޝިޕް 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަނީ އޭ ލެވެލް އިން ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދާ ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. ދުނިޔޭގެ ބޭނުން ތަނަކުން ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އެ ސްކޮލަޝިޕް ސްކީމުން ލިބޭނެ އެވެ.
އެއާ ހިލާފަށް މީގެ ތިން އަހަރު ކުރިން ތައާރަފުކުރި ހައި އެޗީވާސް ސްކޮލަޝިޕް ދެނީ ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށް ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ.
އެ ސްކީމްގެ ދަށުން ސާކުގެ ގައުމުތަކާއި މެލޭޝިޔާ، ތައިލެންޑު، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުުގައި މަތީ ތައުލީމް ހާސިލްކުރެވޭނެ އެވެ. ދަރިވަރުންނަށް އިހުތިޔާރުކުރެވޭނީ ވެސް، ހުރިހާ ދާއިރާއެއް ކަހަލަ ގޮތަކަށް ހިމެނޭ ނޭޝަނަލް ޓްރެއިނިން ނީޑްސް ލިސްޓުގައި ހިމެނޭ ކޯހެކެވެ.
މިނިސްޓްރީން މިހާރު ވަނީ އެ ދެ ސްކޮލަޝިޕްގައި ކިޔެވުމަށް ވެސް ހުޅުވާލައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މާހިދު
26 June 2020
ހުސްދޮގު. ޑޮލަރު ދައްޗޭ ކިޔާފަ އަންނަ އަހަރަށް ފަސްވެސް ކޮށްފި ?
ބިލަމަގު
26 June 2020
މަނިކުފާނު ރާއްޖޭގަ ކޮލެޖްތަކުގަ ކިޔަވާ ދަރިވަރުންނަށް 2 ވަނަ ސެމިސްޓާގެ ލާރި ޖަމާއެއް ނުކުރޭ މަތީ މިނިސްޓަރީން ބުނަނީ ބޭންކަށް ފޮނުވާފަ އޭ އަނެއްތަނުން ބުނަނީ ބޭންކަށް ޖަމާއެއް ނުކުރޭ ބަސްމަގު ތެދުނުވުމާ ސާބިތުވެ ނުތިބުމުގެ ކަންކަން ފެނިގެން މިދަނީ ހުރިހާ ދިމާލަކުން
އަދުރަމެޓިކްސް
26 June 2020
ގައުމީ ޔުނިވާސިޓީ ހިލޭ ކިވާ ތަނަކަށް ހެދުމުން ބޮލަކަށް ހަރަދުވާ ވަރު ބޭރު ގައުމެއްގައި ކިޔަވަން ސަރުކާރުން ދަރިވަރުން ފޮނުވުމެކޭ އެއްވަރުވީ. ތަފާތަކަށް ވާނީ ކޮލިޓީއެއް ނެތުން. ދިވެހިންނަށް އެންމެ ފައިދާ ހުރި މޮޑެލް އަކީ ޔުނިވާސިޓީ ތައުލީމް ރާއްޖޭން ބޭރުން ހޯދުން.
ސުމުއްވުލް
26 June 2020
ހިންގުމުގެ ދާއިރާ އާއި ދެމެހެއްޓެނިވި ތަރައްގީ އާއި ގުޅުހުރި ޕްރޮގްރާމްތަކުން ދިވެހިންނަށް ޕީއެޗްޑީ ހަދާނެ ފުރުސަތާއި ތަޖްރިބާ އެންމެ ކުރިއަރާފަެިވާ ގައުމުތަކުން ލިބިގެން ކުރިއަށް ދެވޭނީ.
ދެރަ
26 June 2020
އެމްބީބީއެސް އަށް ކިޔަވަމުންދާ ދަރިވަރެއް, މިފަހަރުގެ ލޯނުން ކަޓައިފި, އެއީ ޑިގްރީއަށް ހުރި ސްލޮޓްސް މަދުވުމުން, މީ ވަރަށް ދެރަ ގޮތެއް. މި އަދަދު ގިނަކޮށް މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނަށް ފުރުޞަތު ލިބޭނެގޮތްވުން އެދެން.
އުމަރުބެ
26 June 2020
މަތީތައުލީމް ރާއްޖޭގައި ކުރިނެއެރުވޭނެ މިހާރު އެހުރި މިނިސްޓަރު ހުރެގެން، އޭނާއަކީ ރާއްޖެއިން ބޭރަށް ކުދިން ރެކްރޫޓް ކުރާ އެޖެންޓެއް، އޭނާ އަދިވެސް އޮސްޓްރޯލިޔާ އަދި އެހެން ޤައުމުތަކުގެ ޔުނިވަސިޓީ ތަކުގެ އެޖެންޓްކަން ކުރައްވާ
ވަތަން އިސްކުރަންޖެހޭ
26 June 2020
ޖައްވާބެހޭ ތައުލީމު ކަންނޭގެ
ވަހީދުއްދީން
26 June 2020
ރައީސް ވެއްޖެއެއްނު ހިސާބު ޖަހަން ދަސްކުރަން. އަދުރޭ އެކޭ އިބްރާހިމްބެއެކޭ ތަފާތެއް ނެތް ހިސާބު އިލްމުގައި. 4،000 ނަގަން ޖެހޭ ތަނެއްގައި 11،000 ނަގަން ތިވިސްނަނީ މުޅިން ނުބައިކޮށް ހިސާބު ޖަހައިގެން.
ބޮޑުމީހާ
26 June 2020
ވާނުވާ ސަރުކާރެކޭ ބުނަނީ މިހެންވީމަ. ރައީސް މީހާ މިބުނަނީ މަތީ ތައުލީމުގެ ފުރުސަތުތައް ކުރިއަށް ދާނެޔޭ، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ބުނަނަނީ ލޯނުގެ އިތުރު ބުރެއް ދެން ނުބޭއްވިދާނެއޭ!
މިންގަނޑު
26 June 2020
އެންމެން ޕީއެޗްޑީ ހަދަން ފޮނުވާ އިތުރު އެއްޗެއް ހަދާނެ ކަމެއް ނެތް ޕީއެޗްޑީ ހަފައިގެން އައިސް ެާއްމު އޮފީސްތަކުގަ ކޮބައިތޯ އޭގެ ބޭނުމެއް