މަޖިލީހުގެ ކޮމިޓީއެއްގައި ފިއްޓެ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
10 ޖުލައި 2020 - 21:34
ކޮއްކޮއަކު ޕޮޒިޓިވްވުމުން ކޮވިޑް-19 އަށް އޭނާ ހެދި ޓެސްޓު ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށް، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) މިއަދު ވިދާޅުވެއްޖެ އެވެ.
ފިއްޓެ ވިދާޅުވީ ހުޅުމާލޭގައި އުޅޭ ކޮއްކޮއާ ޑައިރެކްޓް ކޮންޓެކްޓް ނުވާތީ އެޗްޕީއޭ އިން އޭނާގެ ޓެސްޓެއް ނުހަދާ ކަމަށެވެ. ނަމަވެސް ބަލި ނުޖެހޭކަން ކަށަވަރުކުރަން އަމިއްލަ އަށް ހެދި ޓެސްޓުގެ ނަތީޖާ އިއްޔެ ލިބުނުއިރު ނެގެޓިވް ކަމަށް ވިދާޅުވި އެވެ.
"އެޗްޕީއޭ އަށް ގުޅައި މައުލޫމާތު ހޯދީމަ އެ ތަނުން ބުނި ޑައިރެކްޓް ކޮންޓްކެޓްވާ މީހުން އެކަންޏޭ ޓެސްޓުކުރަނީ މިހާރު. ކޮންޓެކްޓް ނުވަންޏާ ނުޖެހޭނެއޭ ކަރަންޓީނުގައި ހުންނާކަށް،" ފިއްޓެ ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރީ މުވައްޒަފަކު ވެސް މިދިޔަ މަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އެއާއެކު އެތަނުގެ 29 މުވައްޒަފަކު އެކަހެރިކުރި އެވެ.
ރާއްޖެ އިން މިހާތަނަށް 2،553 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 2،229 މީހުން ރަނގަޅުވެފައިވެ އެވެ. އަދި ވަކި ހާއްސަ ފަރުވާއެއް ހޯދިފައި ނުވާ ބަލީގައި 13 މީހަކު މަރުވިއިރު އެ ބައްޔަށް މި ވަގުތު ފަރުވާ ދެމުން އަންނަނީ 306 މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭދާޅީ
11 July 2020
ވަރަށް ހުލްޤު ހެޔޮ ހުރިހާ އުމުރެއްގެ މީހުންނާވެސް ގުޅޭ މެމބަރެއް... ހުޅުމާލެ މިސްކިތުން ވަރަށް ގިނައިން ފެންނަ މޫނެއް..އަދިވެސް ދިރިއުޅެނީ އަހަރުމެން ފްލެޓާޖެހިގެން ހުންނަ ފްލެޓެއްގަ ކުއްޔަށް އާއިލާ އެހެންމީހަކާއެކު..ފިއްޓޭ މިއަދުވެސް ޚިޔާރުއެކުރަނީ ކުރީގަވެސް ޢުޅުނު ސާދާ ދިރިއުޅުން..
މުޖުމަރާ
11 July 2020
މިއީ ވަރަށް ގިނައިން ހުޅުމާލެ މިސްކިތުން ފެންނަ މެންބަރެއް. މިސްކިތަށްދާ އެންމެނާ ވެސްގުޅޭ ވަރަށް ގިނައިން ނަމާދު ނިންމާފަ މިސްކިތު ބޭރުގަ މީހުނާއި ބައްދަލުކޮށްލާ ވާހަކަދައްކާލަން އިއްނަތަންފެނޭ. ހުޅުމާލެ ދާއިރާގެ މެންބަރަށް މިވަރުވެސް ނުވޭ
ޝިމާޒު އިބްރާހިމް / ހުޅުމާލެ
11 July 2020
މމާޝާ ﷲ . ވަރަށް އޯގާތެރި ހިތްހެޔޮ މެންބަރެއް.
ބަންޑޭރި
11 July 2020
ވަރަށްއެކްޓިވް ބެމްބަރެއް ދާއިރާއަށް ލެއްވިނަސީބެއް ހެޔޮހާލުގައި ދިގުއުމުރެއް މިންވަރުކުރައްވާންދޭ އާމީން.
ޅޮލް
11 July 2020
މެމ މްބަރުން ގެ ނަތީޖާ އެއްދުވަހުން.. ނިކަ މެތި ރައްޔިތުން ހަފްތާއްއްވާ އިރުވެސް ވާނުވާ ނޭގި ނަތީޖާގެ އިންތިޒާރުގައި
ނިކަމެތި
11 July 2020
އޭޑީކޭ، ޓްރީޓޮޕް ތަންތަނުން ހަދާ ޓެސްޓްތަކުން ލަސް ތަކެއްނުވެ ނަތީޖާ ލިބޭ މިހާރު. ކޮންމެވެސް ވަރަކަށް ތަންދޮރު އޮޅުންފިލުވަބަލަ.
ޑޮކްޓަރ ނާން
11 July 2020
ނޫން މިހާރު ވަރަށް އަވަސް