13 ޖުލައި 2020 - 12:45
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެ ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ ހުސައިން ވެސް އިސްތިއުފާ ދެއްވައިފި އެވެ.
ސީއެސްސީގެ ރައީސް ކަމުން ޝަމީމް ވެސް ވަނީ މިއަދު ހެނދުނު އިސްތިއުފާ ދެއްވައިފަ އެވެ.
BREAKING: CSC ge raees isthiufaa dhevvaifi
The most trusted news source in the Maldives
Mihaaru
ޝަމީމް އިސްތިއުފާ ދެއްވުން
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަހުން ނަޝީދު ވިދާޅުވީ ޝަމީމްގެ އިތުރުން ޖަކަރިއްޔާ ވެސް އިސްތިއުފާ ދެއްވާފައިވާ ކަން އަންގަވާފައިވާ ކަމަށެވެ.
ޒަކަރިއްޔާ، ސީއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ އޮގަސްޓް 18، 2015 ގަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ސީއެސްސީގެ ނައިބުު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު އިބްރާހިމް ޝަހީގު މަގާމުން ވަކިިކުރަން މިއަދު ވަނީ އެޖެންޑާ ކޮށްފަ އެވެ. މި ހަތަރު ބޭފުޅުން ވެސް މަގާމަށް އައްޔަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
ސީއެސްސީގެ ހަތަރު މެމްބަރުންގެ އިތުރުން މި ސަރުކާރުގައި 2018 ވަނަ އަހަރު އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެމްބަރު ފާތިމަތު އާމިރާ ވެސް ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ފާހެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދަލު ބޮޑު ބަދަލު
13 July 2020
ސިސްޓަމެޓިކަލީ ފަ ހަރަކު ތަނެއް، ބަދަލުކުރަނީ ނޫންތޯ؟ އެމް.ޑީ.ޕީ އަތް ދަށަށް ނުގެނެވޭ އެއްތަނެއްވެސް ދެނެއް ނޯންނާނެ. ގުޅިގެން ރޭވުންތެރިކަމާއެކު ކަންކަން ހިނގަމުން ތިދަނީ! ފެކްޝަންތަކެއް ކަމަށް ދެއްކި! އަސްލަކީ އެޔެއް ނޫން! އެންމެން ބޮޑުތަނުން ގުޅިގެން އަނބުރާ ގޭސް! ބޮޑު މަންޒަރަކީ ވެރިކަން ދެން ދިގު ދެމިއޮތުމަކަށް ދިއުން. ރިސްކެއް ނުނެގުން! ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް ފެންނާނެ ކަމަށް އުއްމީދުކުރަން.
ރަދީފު ބިން ރަފައިދާ
13 July 2020
އަލީ ވަހީދަކަށް ނޭންގުނުވިއްޔަ ވަކިވާށޭބުނީމާ ވަކިވާކަށްވެސް.
އަންކަލ
13 July 2020
ކިހިނެއްތަ މިވަނީ މިގައުމަށް، މިނިވަން ތަންތަނުގެ އިސްމީހުންތައް އިސްތިއުފާ ދެނީ، މި މުއައްސަސާތަކުގެ އެއްމެނަށް ބިރުވެރި ހުވަފެނޭއް ފެއްނަނީ ތޯ!