ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. އެ ތަނުގެ އިދާރީ މުވައްޒަފެއް މިއަދު ކޮވިޑަށްް ޕޮޒިޓިވްވި.
19 ޖުލައި 2020 - 13:24
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް އަނެއްކާވެސް ޕޮޒިޓިވް ވެއްޖެ އެވެ.
އެ އިދާރާގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، އެ ބައްޔަށް މިއަދު ޕޮޒިޓިވްވީ މަޖިލީހުގެ ކޮމިޓީ ސެކްޝަންގެ މުވައްޒަފަކު ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސަައްކަތް އެޗްޕީއޭ އިން މިހާރު ކުރަމުން އަންނަ ކަމަށެވެ. މި ކޭހާ ގުޅިގެން ކަރަންޓީނު ކުރަން ޖެހޭނީ މަޖިލީހުގެ އިދާރާގެ ކިތައް މުވައްޒަފުންނާއި މެމްބަރުންކަން އެނގޭނީ ކޮންޓެކްޓް ޓްރޭސިން އަށް ފަހު އެވެ.
މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
މަޖިލީހުގެ އިދާރާގެ މުވައްޒަފަކު މީގެ ކުރިން ވެސް ކޮވިޑަށް ޕޮރިޒިޓިވް ވި އެވެ. އެ ފަހަރު ކޮންޓެކްޓް ޓްރޭސިން ހަދައި، މުވައްޒަފުންތަކެއް ކަރަންޓީނު ކުރި ނަމަވެސް މަޖިލީހުގެ ޖަލްސާތަކުގެ އިތުރުން އެހެނިގެން މަސައްކަތްތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔަ އެވެ. އޭރު އެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނީ، ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހު، މަޖިލީހުގެ މަސައްކަތްތައް މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިއުމުގެ މުހިއްމުކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވާ ކަމަށެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި އެޅި ރައްކާތެެރިކަމުގެ ފިޔަަވަޅުތަކާ އެކު، މަޖިލީހުގެ ޖަލްސާތައް ފުރަތަމަ ބާއްވަމުން އައީ ވާޗުއަލް ކޮށެވެ. އެކަމަކު ޖަލްސާތައް ތަޅުމުގައި ބާއްވަން ފެށީ މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުން އަށް ލުއި ދިނުމުގެ ކުރިން މިދިޔަ މަހުގެ 26 ގަ އެވެ. އޭރު ޖަލްސާ ބާއްވަން ފުރަތަމަ ނިންމީ އެޗްޕީއޭގެ ހުއްދަ ނުލިބެނީހެވެ. ނަމަވެސް، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، ޖަލްސާތަކަށް މެމްބަރުން ވަޑައިގަތުން އެންމެ ރަނގަޅު ކަމަށް ފުލުހުން އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
19 July 2020
މަޖިލިސް ތިއީ މިހާރު ނަޝީދު ގެންގުޅޭ ބޮނޑިބަތްގަނޑެއް...
ސްކިޕަރ
19 July 2020
ސާބަހޭ ނަޝީދޫ ކަލޭ އަންބޮނޑިއަށް ހުރިހާ ބާރެއް ޖަމާވަންދެން ހިއްވަރު ކުރާތި
ހަޒާނާ
19 July 2020
15 ދުވަހައް ބަންދު ކުރަން ވީއެވެ.
ކަސަބު
19 July 2020
ރޯނުއެދުރުން އުޅޭތަނެއް.
ސަސި
19 July 2020
މަޖިލީހުގެ ރައީސް ބޭނުން ވަނީ ގިނަބަޔަކަށް މިބަލި ޖެހެންކަންނޭންގެ
މަހޭބެ
19 July 2020
މަޖިލީސް ބާއްވަނީ ކީއްކުރަން ކަމެއް އެއްގޮތަކަށްވެސް ނޭގެ. މިއީ ހަމަ އުވާލަން ޖެހޭ ތަނެއް މިތަނުން އަންނިގެ ޗަރުކޭސް ފިޔަވާ އެހެން އެއްވެސް ކަމެއް ނުވެ.
މުނީޒާ
19 July 2020
މައްސަލައެއް ނެތެއް ނޫން. ތިޔައީ ނަޝީދު ބޭނުންވާ ގޮތް.