ރޭ މައުމޫން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުން --ފޮޓޯ: ޕީޕީއެމް
25 އޮކްޓޯބަރ 2016 - 10:25
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށް، އާ ސުލޫކީ ކޮމެޓީއެއް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ އެކުލަވާލައްވައިފި އެވެ.
ވަގުތީ ގޮތުން ސުލޫކީ ކޮމެޓީ އެކުލަވާލަން ޖެހުނީ، މައުމޫން ފެކްޝަނުން ބުނި ގޮތުގައި، މިހާރު އޮތް ސުލޫކީ ކޮމެޓީން މިނިވަންކަމާ އެކު މައްސަލަތައް ބަލަމުން ނުދާތީ އެވެ. އެ ކޮމެޓީ ސަސްޕެންޑްކޮށް އާ ކޮމެޓީއެއް އެކުލަވާލުމުގެ ބާރު މައުމޫނަށް ދިނީ، އެމަނިކުފާނު ރިޔާސަތު ބަލަހައްޓަވާ ކައުންސިލް ބައްދަލުވުމަކުންނެވެ.
ސުލޫކީ ކޮމެޓީ އަށް ވަގުތީ ގޮތުން އައްޔަންކޮށްފައި ވަނީ އާދަމް ރަޝީދާއި މުހައްމަދު ނިޒާމާއި މަރިޔަމް ސައީދާއި ލުފްޝާން ޝަކީބުގެ އިތުރުން ހާލިސް ނަޖީބެވެ.
ސުލޫކީ ކޮމެޓީގެ ޒިންމާ އަކީ ޕާޓީގެ މެމްބަރުންނާ ގުޅޭ ގޮތުން ހުށަހަޅާ ސުލޫކީ އަދި އަހުލާގީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމެވެ. މިއީ ޕާޓީގެ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުހަލާ އެވެ. މި މަރުހަލާގެ ނިންމުން ގަބޫލުނުކުރާ ނަމަ އިސްތިއުނާފް ކޮމެޓީ އަށް ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ.
ސުލޫކީ ކޮމެޓީގައި ހަތް މެމްބަރުން ތިބެން ޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ. އެއީ، ޕާޓީގެ ގައުމީ ޖަލްސާ އިން އައްޔަންކުރާ ފަސް މެމްބަރުންނާއި މައްސަލަ ރައްދުވާ މެމްބަރުންގެ ފަރާތުން ފޮނުވާ ޕާޓީގެ ދެ މެމްބަރުންނެވެ. މި ހަތް މެމްބަރުންނަށް ވެސް ވޯޓު ލެވޭނެ އެވެ. ކޮމެޓީ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ ތިންބައިކުޅަ ދެބައެވެ. ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމި ގޮތާ މެދު މައުމޫން ފެކްޝަނުން ނުރުހުން ފާޅުކޮށްފައި ވަނިކޮށް، ބާރަށު ދާއިރާގެ މެމްބަރު ސުޖާއު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ވަހީދުގެ މައްސަލަ އެ ކޮމެޓީން އަންނަނީ ބަލަމުންނެވެ.
ޕީޕީއެމް ދެ ފަޅިވެފައިވާ އިރު މި ދެ މެމްބަރުން ތިއްބަވަނީ މައުމޫން ފަޅީގަ އެވެ. މި ދެ މެމްބަރުންގެ އިތުރުން ވެސް މަޖިލީހުގައި ނެގި ވޯޓުތަކުގައި ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މެމްބަރުންތަކެއް ވެސް އެބަ ތިއްބެވި އެވެ. އެ މެމްބަރުންގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވީ ނަމަވެސް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. މި މައްސަލަތައް ނުބެލި ލަސްވަނީ ސުލޫކީ ކޮމެޓީގެ ކޯރަމް ހަމަނުވެގެން ކަމަށް އެ ކޮމެޓީގެ މުގައްރިރު އަދި ރައީސް ޔާމީން ފެކްޝަންގެ އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަ ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ ޕާޓީ ހިންގުން މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެ މައްސަލަ އަމިއްލަ ފަރާތަކުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެކަމަކު މި ހުކުމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން، ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން މައުމޫންގެ ފަރާތްޕުޅުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމް
25 October 2016
މި ދެ މެމްބަރުންގެ އިތުރުން ވެސް މަޖިލީހުގައި ނެގި ވޯޓުތަކުގައި ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މެމްބަރުންތަކެއް ވެސް އެބަ ތިއްބެވި އެވެ. އެ މެމްބަރުންގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވީ ނަމަވެސް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. މި މައްސަލަތައް ނުބެލި ލަސްވަނީ ސުލޫކީ ކޮމެޓީގެ ކޯރަމް ހަމަނުވެގެން ކަމަށް އެ ކޮމެޓީގެ މުގައްރިރު އަދި ރައީސް ޔާމީން ފެކްޝަންގެ އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.- ދެން ކީއްވެތޯ ވައްޑެ އަދި ސުޖާއު ފިޔަވަޅު އެޅީ
ޢެޒަމާން.
25 October 2016
މިއޮތީވާ މަޖާ ކަމެށް.
ބަކުރުބެ
25 October 2016
ސާބަސް ރައިސް މައުމޫނު. ފުކެއްވެސް ދޫނުކޮށް 2018 ގަ ވެލިކާން ދީފަ ނިންމާލަން ވާނީ. ޑރ ވަހިދު އަށްވުރެ 5 ކުޅަދު ދަށުން ދުއްވާލަން ވާނެ...
މުޙައްމަދު ބެ
25 October 2016
މިއިއީވެސް ޢިބުރަތެކެވެ.
ގިޔާސް
25 October 2016
ސާބަސް ، ޒައީމް މައުމޫނަށް ނުހައްޤު އަނިޔާވެރި ބުއްދި ގަބޫލުނުކުރެވޭ ހުކުމަކަށް ކުޑަކަކޫ ނުޖައްސަވާ ތިޔަ ކުރައްވާ ހިއްވަރަށް ހަމަ ސާބަސް ، މަނިކުފާނުގެ ދުރުވިސްނޭ ސިކުޑި ފުޅުގެ ބޭނުންކޮށްގެން ހެއްދެވި ޕާރޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާ މަނިކުފާނާއި ޖަމީލްމެންގެ ބުރަމަސައްކަތަުން ވެރިކަމަށް އައިސް ޚުދްމުޙްތާރު އަނިޔާވެރި ، ޕާރޓީގެ އަސާސީ ގަވާއިދުތަކަޢި ވެރިކަމަށް އައުމަށް މަނިކުފާނުމެން ގެންގުޅުއްވި މެނިފެސްޓޯ ތަކާއި ޚިލާފްވެ މަނިކުފާނުގެ ރުހުމާއި އަސާސީ ގަވާދާއި ޚިލާފަށް ޕާރޓީ ފޭރިގަތުމަށް ރާއްވާ ރޭއްވި ރޭއްވުން! ނުނޭކޭ ބުނުމުން އަޅުގަޑު ހަމަ ސެލިޔުޓް އަރުވަން މަނިކުފާޏު ދުރުވިސްނޭ ސިޔާސީ ތަޖްރިބާއިން ގައްދާރުން ބަލިކުރެވޭނެ! ބަލިވާނެ އިންޝާ ﷲ ! ކާމިޔާބް ލިބޭނީ ހައްޤަށް!
ޖުނައިދު
25 October 2016
ގިޔާސް ވެސް މިހާ ކޮސް ވާހަކަތަކެއް ދައްކަފާނެ ކަމައް ހީވެސް ނުކުރެވޭ. އަޅުގަޑައް ހީވަނީ ޕީޕީއެމްގެ އަސާސީގަވާއިދު ގިޔާސް އައް މާކަރަގަޅައް އެގިނުލައްވާހެން. ހަގީގީއެއްވާހަކަ އެބައޮތް. ބުރަ މަސައްކަތް ކުރެއްވީ ޖަމީލު. މިހާރު ކޮބައިތޯ ޖަމީލު.
ހުސޭނުބެ
25 October 2016
މުޅިން އާޢިލީ ބޭފުޅުން ދެއްތޯ!!
ހަސަން
25 October 2016
މަވާ ހަމަ ހައިރާންވެ އަންތަރީސްވަނީ ޤައްސާން ތި ހަދާގޮތަކުން. ދެފެކްޝަނުގަވެސް ހަމަ ޤައްޝާން. މީ އަރަތެއްތަ
މުހަންމަދު
25 October 2016
އެހެންވެޔޭބުނެވެނީ މިއީއަނބުރާ ގޭސްގަނޑެކޭ! ގޭސްގަނޑަކަށްނުވާނަމަ، އެންމެގާތްކަމަކީ މައުމޫނު ގޮޅިއަކަށްފެއްތުން!
ދޯހަމަ
25 October 2016
މަވެސް ހަމަ ކޮސްވާވަރުވެއްޖެ!! މައުމޫނަށް ހަމަ ޤައްސާނުގެ ކޮންޓްރޯލް ނުނެގިގެން މިއުޅެނީ ކީއްވެބާއޭ ހިތަށް އަރާ!!!
ރަޝީދުބެ
25 October 2016
ވަގތީ ތާއީދެއް ރައީސް ޔާމިނަށް މިވަގުތު އޮވެދާނެ. އެކަމަކު ރައީސް މައުމޫންގެ ފަހަތްޕުޅުގައި ތިބިމީޙުންނަކީ އެމަނިކުފާދެކެ އަބަދުވެސް ލޯބިވާ ދަތިދުވަސްތަކުގައި ޤައުމު ހަމއަކަށް އަޅުއްވައި ޤައުމަށް ހީވެސް ނުކުރާފަދަ ބަދަލުތައްގެންނެވިކަމަށް ޤަބޫލުކުރާ އިންސާފަށް ލޯބިކުރާބައެއް. އަބަދުވެސް ފެންބޮޑުތަނަށްދުވެ އަނބޮޑި ބޮޑުކުރަން އުޅޭބައެއްނޫން. މިއަދު ވައި ފެކްޝަންގައި އާރާއި ބާރުއޮވެ އެމް ފެކްޝަން ގައި އާރެއް ބާރެއް ނެތުމުން އެތިބަ ދެއަނގައިން ވާހަކަދައްކާ ކުދިން ރަންތިރީސް އަހަރުގެ ބާނީއޭ ބާނީއޭ ގޮވަގޮވާފަ މިހާރު އެއުޅޭގޮތުން ލަދުގަނޭ. މާދަމާވެސް ރައީސް ޔާމިން އަތުގައި ބާރެއްނެތްއިރުން އެއްކަލަބައިމީހުން އަނެއްކާވެސް ކޮންމެވެސް އެހެން ދިމާއަކަށް ދުއްވައިގަންނާނެ.
މުހަންމަދު
25 October 2016
ހިތްބުނަނީ ތިޔައީ ހަމަހުވަފެނެކޭ. ޒަމާނުއްސުރެ، ހުސްބުޅީގަ ގަންނުވަން އާދަކޮށްފަތިބިބައެއްގެ އެއާދަކަނޑުވާލަ ކުރިމަސައްކަތް، ފަށްފަށްކޮށް، އަނެއްކާ އެއާދަ އަނބުރާ ގެންނެއްސި. މިފަހަރު ގެންނަނީ "އެކިފާޑުގެ އަފިހުން"އާއި އެކިފާޑުގެ އެންއުކައިގެން!
މަޖާ
25 October 2016
ހާދަމަޖަލޭ މިކުދިން
ހަސަން
25 October 2016
މާދަމާ ސްޕްރީމް ކޯޓުގައި ޕީޕީއެމް ރައީސް ޔާމީންއައް ދިނުމައް ތާވަލް ކުރާނެ .. އަދި 1 މަސް ދުވަސް ނުވަނީސް ރާއްޖޭގެ 3 ކޯޓުން ފަޓާސް ބަރި އެއްހެން ހުކުމް ކޮއްލާނެ ރައީސް ޔާމީނައް ޕާޓީ ދޭން.. އަޅުގަޑު މި އުޅެނީ ރާއްޖޭގެ ޝަރުއީ ކޯޓައް މައްސަލަ އެއް ލައިގެން 1 އަހަރުވަނީ އަދި ހުކުމް ނުކުރޭ .. ސަރުކާރުން ކޯޓުތަކުގައި ނުފޫޒް މި އޮންނަނީ ހައްދުން ނެއްޓިފައި.. ހުކުމް ކުރުމުގެ ކުރިން ރައީތު މީހާ އައް އެބައިގޭ ހުކުމް އަންނާނެ ގޮތް... މިއީ ގައުމެއްގައި އަދުލު އިންސާފް ކަތިލެވުނީމަ ލިބޭ ގެއްލުން..