ސިނަމާލެ ބްރިޖުމަތީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ އަށެއް ޖަހަން އުޅެނިކޮށް މި އެކްސިޑެންޓު ހިނގީ، ބްރިޖުމަތީގެ ލޭނެއްގައި މަޑުކޮށްލައިގެން ހުރި ސައިކަލެއްގައި އެހެން ސައިކަލަކުން ޖެހިގެން ކަަމަށެވެ. މި އެކްސިޑެންޓުގައި އިތުރު ތިން ސައިކަލެއް ވެސް ޖެހުނު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފަސް މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންދިޔައިރު، ތިން ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ވަނީ އެކްސިޑެންޓު ވުމުން ވެސް މަޑުނުކޮށް ގޮސްފައި،" އޭނާ ވިދާޅުވި އެވެ. '

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.