ގައިދުރުކަން ބަހައްޓައިގެން ހައްޖުވެރިން ތޮވާފުކުރަނީ: އެހެން ގައުމުތަކަށް އުމްރާއަށް ދެވޭނީ އަންނަ ނޮވެމްބަރުން ފެށިގެން --
28 ސެޕްޓެމްބަރ 2020 - 13:15
ދިވެހިން އުމްރާއަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން އިއްޔެ ހުޅުވާލައިފި އެވެ.
މިކަމާ ގުޅޭ މައުލޫމާތު ހިމެނޭ "ޕްރޮޕޯސަލް ފޮތް" އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން މިއަދުން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ގަންނަން ލިބޭނެ އެވެ. މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށް އެ ފޮތް ގަނެވޭނެ ކަމަށެވެ. އެ ފޮތުގެ އަގަކީ 5،000 ރުފިޔާ އެވެ.
ޕްރޮޕޯސަލް ހުށަހަޅާ އިރު، ސިޓީ އުރައިގެ ބޭރު ފުށުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" ލިޔަން ޖެހޭނެ އެވެ. ޕްރޮޕޯޒަލް ބަލައިގަންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕްރޮޕޯސަލް ހުށަހެޅޭނީ ޕްރޮޕޯސަލް ގަނެފައިވާ ކުންފުނިތަކަށް އެކަނި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އުމްރާގެ އަޅުމާއި ދެ ހަރަމަށް ޒިޔާރަތްކުރުން މެދުކަނޑާލައިފައި އޮތުމަށް ފަހު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އުމްރާއަށް ދެވޭނެ ކަން ސައުދީ އަރަބިއްޔާ އިން މި މަހު ކުރީކޮޅު އިއުލާނުކުރި އެވެ. އެކަމަކު އަންނަ މަހު އުމްރާއަށް ދެވޭނީ ސައުދީ އަރަބިއްޔާ މީހުންނަށް އެކަންޏެވެ. އެހެން ގައުމުތަކުން އުމްރާއަށް ދެވޭނީ އަންނަ ނޮވެމްބަރުން ފެށިގެނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށާލިނީނީ
28 September 2020
ލިންކްގެ ނަމުގައި އިން “ޕްރޮސަލް” ޕްރޮޕޯސަލް އަށް ބަދަލުކޮށްލަންވީނު