17 އޮކްޓޯބަރ 2020 - 11:34
ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނީ 67 އަހަރުގެ ބަލިމީހާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ. މި މަރާ އެކު ރާއްޖޭގައި ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 36 އަށް އަރައިފަ އެވެ.
މިއީ ކޮން އިރަކު އެޑްމިޓްކުރި މީހެއް ކަމެއް އެޗުއީއޯސީއަކުން ނުބުނެ އެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް ދެ ވަނަ ފަހަރަށް އިތުރުވަމުން ގޮސް މިހާރު އަނެއްކާ ވަނީ ދަށަށް ދާން ފަށައިފަ އެވެ.
ރާއްޖޭގައި މިހާތަނަށް 11،154 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 9،995 މީހުން ރަނގަޅުވެ، އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،124 އެވެ. އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 48 މީހަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީހާ މީ 1
18 October 2020
މަރްހޫ މްއަށް ސުވަރުގޭގެ ދާއި މީ ނިއު މަތް ލައްވާށި.
އަހައްމާއްކޮ
17 October 2020
ރަޙްމަތްލައްވަވާ ސުވަރުގެ މިންވަރު ކުރައްވާށި.