ޚަބަރު / ފުލުހުން

މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ ރަސްފަންނަށްދާ ވީޑިއޯ އާންމު ކޮށްފި

ސިދުރަތު ރަސްފަންނަށް ދާ ސީސީޓީވީ ވީޑިއޯ އެއް: އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހިއްސާ ކުރަން ފުލުހުން ވަނީ އެދިފައި -- ފޮޓޯ: ފުލުހުން

އައިޖީއެމްއެޗްއާ ދިމާލުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ އެންމެ ފަނުން ފެނިފައިވާ ވީޑިއޯ ފުލުހުން މިއަދު އާންމުކޮށްފި އެވެ.

މޫދު އަޑީގައި މަަރުވެފައި އޮއްވާ ފެނުނީ ގދ. ވާދޫ މުހައްމަދު ސިދުރަތުﷲ، 31، އެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވޭތޯ ބަލަން، އޭނާ އެންމެ ފަހުން ފެނިފައިވާ މަންޒަރު ދައްކައިދޭ ސީސީޓީވީ ވީޑިއޯ އެއް ފުލުހުން ވަނީ މިހާރު އާންމުކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:00 އާއި 12:00 އާ ދެމެދު ރަސްފަންނު ދިމާލުން މޫދަށް ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއް

އެ ވީޑިއޯ އިން ފެންނަނީ ބްލޫކިޔާ މަގުން ސިދްރަތު ހިނގަމުން ގޮސް، ކަނބާ އައިސާ ރަނި ހިނގުމުން ލާފައި އައިޖީއެމްއެޗްގެ ކަންމައްޗަށް އޮންނަ މުރަނގަ މަގުން ރަސްފަންނަށް ދާ މަންޒަރެވެ. އެ ވީޑިއޯ ނިމެނީ އޭނާ މޫދަށް އެރޭ ހިސާބުންނެވެ. ސިދްރަތު ލައިގެން ހުރީ އަޅި ކުލައިގެ ޖިންސަކާއި ގޮޅި ޖެހި ކަޅު ކުލައިގެ ގަމީހެކެވެ. އޭނާގެ ކޮނޑު މަތީގައި ހުދު ކުލައިގެ ތުވާއްޔެއް އޮތެވެ.

ސިދުރަތާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9911099 ނުވަތަ 119 އަށް ގުޅާ، އަންގަން ފުލުހުން ވަނީ އެދިފަ އެވެ.

އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރުމުން ޕޯސްޓްމޯޓަމެއް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައި ވެ އެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހިއްސާއެއް ނުކުރެ އެވެ.

ކުށުގެ ރެކޯޑު އޮތް އެ މީހާ ފެނުނު އިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ވެ އެވެ. އަދި އެކަންތައްތައް ފާހަގަކޮށް، އޭނާގެ އާއިލާއިން ވަނީ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެހެން މުއައްސަސާތަކަށް ވެސް ހުށަހަޅައިފަ އެވެ.

17 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 86%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާޠި

28 October 2020

ފުރަތަމަ ވީޑިއޯ ފެއްޓި އިރު ދިޔައީ ފޯނާ ކުޅެމުން. ކުރިމަތިން މީހެއް ހުރަސްކުރަން ހެދީމަ ފޯނު ޖީބަށްލީ. ހީވަނީ މީހަކު މެސެޖު ކޮށްގެން އަންނަން ބުނެގެން ދިޔައީހެން. ތުވާއްޔެއް ވަރަށް އަވަހަށް ބޭނުމޭ. އޭނަ މޫދަށް އަރާތަނެއް ވީޑިއޯއަކުން ނުދައްކާ. އެތާ ދެން މޫދަށް އަރާ ހުރި މީހަކަށް ތުވާލި ދޭން އެދިޔައީ. އެހެދުން ލައިގެން މޫދަކަށް އެރޭކަށް ނުދާނެ.

The name is already taken The name is available. Register?

ފަހީމާއިބުރޭ

28 October 2020

ވަލީއުލްއަމުރުގެ އަރިހަށް ވިލިމާލެ ފެރީ ޓަރމިނަލް ހުޅުމާލެ ފެރީޓަރމިނަލް ތަކުން ދަތުރުކުރާ ކޮންމެ ފަސިންޖަރަކުވެސް ފޮޓޯޖެހި ކާޑެއް ސްކޭން ކޮށްފް އަރާ ފައިބާ ގޮތަށް ހައްދަވާ އާދޭހާއިއެކު، ފެރީއަކަށް ކަމެއް ވާނީ ބުނެފައެއް ނޫން ޓަރމިނަލްގަ ކެމެރާތަކުން ( ހަރުކޮށްފަ ހުރިއްޔާ) އެބެލުމަށްވުރެ ފޮޓޯޖެހިކާޑުން ސީދާ ކާކުކަންވެސް އިނގޭނެ.އެއާޕޯޓުގެ ދެކޮޅު ރަންވޭގަވެސް ކެމެރާ . ގްރޭޓަރމާލެ ސީސީޓީވީން ފެންނަގޮތަށް ހަދަމާތޯ. ލައްކަ ފައިދާވާނެ.

The name is already taken The name is available. Register?

ބާކީބައި

28 October 2020

އޭނަ އެހެންލާފަ ދިޔަ ފަހުން އެ ސަރަހައްދުތަކުން އެދިމާއަށް ދިއަ ޝައްކުވާފަދަ މީހުން ބެލީމަ ނޫންތަ އެހެންކަމެއް އެނގޭނީ..

The name is already taken The name is available. Register?

ޙިނި

28 October 2020

ތިކަހަލަ މޫދައް އެރޭ ތަންނާ ލައިފު ގާޑުން ބެހެއްޓުމަކީ ދައުލަތައް އުފުލަންޖެހޭ ވަރަބޮޑު ބުރައެއް ކަމައް ވަނީ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

28 October 2020

ބޮޑަށް ބެލެވެނީ ކަނޑުގަ އުޅޭ ކޮންމެވެސް ކަހަލަ ޒާތެއްގެ ޖަނަވާރެއް ހަމަލަދީގެން މަރުވީކަމަށް.ކަނޑުވެސް އެއީ ނުރައްކާތެރި ތަކެތި އުޅޭތަނެއް.

The name is already taken The name is available. Register?

ފަޅުމަސް

28 October 2020

އޭނާ މޫދުން ފެނުނު އިރު، ލައިގެން ހުރީ އެ ގަމީހާ އެ ޖީންސު ބާ؟ ފުއްޓަރު ބޭރުން، ކަނޑުތޮށިން ބޭރަށް އެރި އުޅެނިކޮށް މަރުވެއްޖެނަމަ، އޭނާގެ މޫނު ފަދަ ތަންތަނުގައި ޒަހަމު ހުރުމަކީ ދުރުކަމެއް ނޫން.. ބޮޑެތި ރާޅާއެކު، އެތަނުގައި ހުރީ ގާތަކުގައި ތެޅިވެސް ވެދާނެ ގޮތެއް އެއީ..

The name is already taken The name is available. Register?

އެފޭ

28 October 2020

މީގަ ނުބައެއް އެބައުޅޭ. މީހަމަ އަސްލުވެސް ސިދޫ ކަމާއި ދޭތެރޭ ޝައްކު.

The name is already taken The name is available. Register?

އާހަސޮރު

28 October 2020

ރޫޓު ފިހާރައިގެ ލާރިގަނޑު އޭގެ ވެރިން އައިސް ބަނޑު އަޅާލަން އުޅެފަ ފިލަން ދުވިމަންޒަރު ރައްޔިތުންގެ ޓެކްސް ފައިސާއިން ގަނެ ހަރުކޮށްފަ ކެމެރާތަކަށް އަރާފަ ހުރިމަންޒަރުބަލާހިތުން ނުވެސް ނިދޭ!

The name is already taken The name is available. Register?

މުރާސިލް

27 October 2020

މީގެން އެގެނީ ފުލުހުން ހޯދަން ބޭނުން ކަމެއް ހޯދިދާނެކަން އެތައްބަޔަކު މަރާ ވަގައްނަގާފަވާއިރު މީންކްމެއް އަތުވިކަމަކަށް ނުވި ؟ ސަލަޓްނޕާރކްގައި ބޮންގޮއްވި މައްސައިގެ ވީޑިއޯވެސް ހަމަމިހެން ވަރަށްސަޅިކޮން ދައްކާލި

The name is already taken The name is available. Register?

ސްޕްރީމްކޯޓް

27 October 2020

ތިޔަ ވީޑިޔޯދައްކާފަޅި ނޫން އަނެއްފަޅީގައި އިންނާނެ ޑައިވް ކޯސްހިންގާމީހުން ލާފައިންނަސިޑިއެއް އެދިމައިގެ ވީޑިއޯފުޓޭޖެއްލިބޭތޯބަލައިލަބަލަ 11 އާއި 11 ގަޑި 45 އާއިދެމެދު އެތަނަށް 4 ކުއްޖަކު މޫދަށްއެރޭން ދިޔަނަމަވެސް އެކަކު ދޮށިއަޅަން ހުންނާނެ އެތަނުގައި އެރުނުކުދިންތަކުގެ ތެރޭގައި ތިޔަކުއްޖާ ވާހެން ހީވޭ ޔަޤީނެކޭނުބުނެވޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454