އެންއައިސީގެ ރައީސަކަށް އައްޔަންކުރި ގާސިމް: އޭނާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއަރުވާލުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް.
28 އޮކްޓޯބަރ 2020 - 10:54
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއީސީ)ގެ ރައީސަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތް ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމް ހަމަޖައްސައިފި އެވެ.
ގާސިމްއާ އެކު އެންއައިސީއަށް ހަތަރު ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އައްޔަންކުރައްވައިފަ އެވެ. މި ހަތަރު ބޭފުޅުން އައްޔަން ކުރެއްވުމާ ހަމައަށް އެންއައިސީގައި ހުންނެވީ އެންމެ މެމްބަރެކެވެ.
އެ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެ އެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ވަނަ އަހަރު އުފެއްދި އެ ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. މީގެއިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަނާއި ކަރެކްޝަނަލް ސާވިސްގެ މައްސަލަތައް ބެލުމުގެ ޒިންމާ ހަވާލުކޮށްފައި އޮންނަނީ ވެސް އެންއައިސީއާ އެވެ.
ފުލުހުންނާ ގުޅޭ ވަކިވަކި މައްސަލަތައް ތަހުގީގުކުރާ މި ކޮމިޝަނުން ޒިންމާއަދާނުކުރާ ކަމުގެ މައްސަލަތަކެއް ފެންމަތިވެ މަޖިލީހުގެ ކޮމިޓީން ވެސް ބެލި އެވެ.
އެންއައިސީގެ ރައީސަކަށް އައްޔަންކުރި އެމްއެމްޕީއާރުސީގެ ފައިސާ އިން ހިޔާނާތް ހިންގާކަން އޭނާ ފަޅާއަރުވާލީ، ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރަމުންނެވެ. މި މައްސަލައިގައި ގާސިމަށް ޖަލު ހުކުމެއް އަ އެވެ. އޭނާ ބުނިގޮތުގައި، ހިޔާނާތުގެ ހެކިތައް އޭނާ އާއްމުކުރީ، ގައުމާއި ރައްޔިތުންގެ ހައްގުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅުކަލޭގެ
28 October 2020
މަރުހަބާ ގާސިމް.. ތިޔައީ މިގައުމުގެ ދަރިންނަށް ހުރި ނަމޫނާއެއް. ބޭންކުތަކުގައި މިހާރު ވަޒީފާ އަދާކުރާ ކުދިންނަށް ނަމޫނާއެއް.. ތިކުދިންވެސް ސަރުކާރުގެ އެކައުންޓްތަކާއި ވިޔަފާރިތަކުގެ އެކައުންޓްތައް ހާވާ ގޯސްކަމެއްހެން ހީވާކަހަލަކަމެއް ފެނިއްޖެނަމަ އެކަން ޓްވިޓަރއަށް ލީކް ކޮށްލާނެކަމަށް އުންމީދުކުރަން. ބޭންކުގެ އެކަހަލަ މައުލޫމާތަކީ އަސްލު ސިއްރުކުރަންޖެހޭ މައުލޫމާތެއްނޫން.
ހަޑިގިއްލާ
28 October 2020
މަރުޙަބާ ޤާސިމް. ވަރަށް ރަނގަޅު ބަދަލެއް
މީޝާން ވިސްނަނީ
28 October 2020
އަޅެ މިހެންވިސްނެނީ ކޮންބޭފުޅަކަށްތޯ؟ ގާސިމަށް ލިޔުން އަރުވަން އެހުންނެވީ ދިވެހިރާއްޖޭގެ ރައީސް. ކުރީގެ ޕާލިމެންޓް މެންބަރެއް. ހިޔާނާތުގައި ޕާލިމަންޓް އެތަށް މެންބަރުންނެއް ފައިސާގަ ޖެހުނުކަން އެންމެންނަށްވެސް އެނގޭ. ހުދު ރައީސަށްވެސް އެނގިލައްވާނެ ރައީސްގެ ޕާޓީގެ ބޭފުޅުންވެސް ހިމެނޭނެކަން. އެކަމާ އެމަނިކުފާނު އެއްޗެއް ދެންނެވި ހަނދާނެއް އޭރަކުވެސް ނުވޭ. އެކަމު އެމަނިކުފާނު މިފަތްކޮޅު ދެއްވަނީވެސް. ވިސްނައިފިމީހަކަށް ވިއްޔާ މީޖޯކެއްނުން؟ ގާސިމް؟
އޮނަރަބްލް އަފީފު ދީދީ
28 October 2020
ޤާސިމް އަބުދުލްކަރީމަށް ލިބިވަޑައިގެންނެވި މަޤާމް ލިބުނީ އެމްއެމްޕީއާރުސީގެ "ވައްކަން" (ޙިޔާނާތް ކަމަށް ކިޔަނީ އޮޅުވާލަންވެގެން) ފަޅާ އަރުވާލުމުގެ އިސް ދައުރެއް އަދާ ކުރެއްވީތީ. # ދެރަ ކަމަކީ މިދެންނެވި ވައްކަމަށް އެންމެ ބޮޑަށް އެހީތެރިވެދެއްވި އޭރުގެ ޤާސިމް ކަރީމްގެ ވެރިންނަށް ތިބި މީހުން އަދިވެސް ހަމަ އެބާރުގައި އެގޮތުގައި މަޤާމް ތަކުގައި ދެމިތިބިކަން؟!
މާޒީ.
28 October 2020
އެއ އްފުޅަށް މަތިން ފުންމާލި ބަކަރި އަނެ އް ފުޅަށްމަތިން ފުންމާލާނެ ދަންނާށެވެ. ދުނިޔޭގަ ތިބި ބަޔަކަށް މިކަން ފެންނާނެ އެވެ.
ހަސަނު1
28 October 2020
އަނެއްކާ އަނެއް ބޭކާރުތަން.. ބޭކާރު ޚަރަދުތައް.. ތީން ތަނަކުން ވާކަމެއް ނެތް
މުރުއްވަތްތެރިޔާ
28 October 2020
ވަޒީފާ ގެއްލި އާއިލާބިކަވެ ޖަލު ހުކުމެއް އަންނާކެން ދެނެހުރެ ގައުމަށްޓަކައި ތިޔަކޮށްދެއްވި މަސައްކަތަށް އައްސަރިބަހާ ސާބަސްދެން....އައި ސެލިޔުޓް ޔޫ ސަރ.
ގާސިމް
28 October 2020
ގާސިމަކީ ޚިޔާނާތްތެރިޔެއް އަސްލުގަ. ބޭންކުގަ އަދާކުރި ވަޒީފާގަ ހުރެގެން ކުރުން މަނާ ކަމެއް އޭނަކުރީ. ވިސްލް ބްލޯކުރުމަކީ ބެންކުގެ ސިއްރު ރެކޯޑްސް ގިނަ އާންމު ބަޔަކަށް މެއިލްކުރުންބާ! އެކަން އެނޫން ގޮތަކަށް ކުރިނަމަ ވިސްލްބްލޯކުރީ ކަމަށް ބެލެވިދާނެ. ނަޒާހަތްތެރިކަން ގެއްލިފަ ހުރި މީހަކު އެންއައިސީއަށް އައްޔަން ކުރުމަކީ ރައްޔިތުން އެދޭގޮތެއްނޫން. އަނެއްކޮޅުން އެނާގެ ކިބަައިގަ އެންއައިސީ ގެ މަސައްކަތާ ގުޅޭ 4 މުއައްސަސާގެ ތަޖްރިބާ އެއްވެސް ނެތް.
އަހުމަދު މުސްތަންސިރު
28 October 2020
ޤާސިމް އަކީ މިކަމަށް އެންމެ ކުފޫ ހަމަވާ މީހާތޯ ސުވާލު އުފެދޭ.ޤާސިމް ކުރީ ބޭންކުގެ މުވައްޒަފަކު ކުރުންމަނާކަމެއް.ދެން ސިޔާސީ ބޮޑު ސަކަރާތްގަނޑަކާއިއެކީ "ވިސިލްބްލޯވަރ" އަކަށް ހަދައިފި.މިއަދު ޤާސިމްގެ މިނިވަންކަމާއި ދޭތެރޭ ސުވާލު އުފެދޭ.އަދި އޭނަގެ ލީޑަރޝިޕާއި ދޭތެރޭވެސް ސުވާލު އުފެދޭ.ސަރުކާރާއި އެކު ހަދަނީ ކޮންކޮން ޑީލްތަކެއް ތޯ ބުނާކަށް ނޭގޭ.މަ އޭނަ ދަންނަން ޅ.އަތޮޅުވެރިކަމުން ފެށިގެން ބޭންކުގެ މެނޭޖަރުކަން ކުރި އިރުވެސް.
EMMEN
28 October 2020
އެދުވަހު ގައުމަށްޓަކާ އުފުލި ވޭން ފޮޓޯތަކުން ބިޑީގައި ހުރިއިރު މޫނުމަތިން ސާފުވޭ. މިއަދު ގެ މިޖީލައް ގައުމަށް ތިދިނީ ފުން އަސަރު ހުރި ނަމޫނާ މެސެޖެއް. މަރުހަބާ ގާސިމް .
ޙިނި
28 October 2020
ތީ 5 އަހަރުގެ ސިޔާސީ މަގާމެއް، 5 އަހަރު ތެރޭ ކުރެވޭނެ ކަންކަން ދެން އަމިލަޔައް ހިޔާހައް ގެނެސްލާ. މިސަރުކާރައް މިޔޮއް 2 އަހަރުވީ އަދި އެއުޅެނީ ބިޒީކަމެން އެއްކަމެއްވެސް ނުވެގެން