ޚަބަރު / ޕީޕީއެމް/ޕީއެންސީ އިއްތިހާދު

ސިއްހީ ކުއްލި ނުރައްކަލުގެ ނާޖާއިޒް ފައިދާ ސަރުކާރުން ދަނީ ނަގަމުން: އިދިކޮޅު

ގާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް ހައްގެއް، ސިއްހީ ކުއްލި ނުރައްކަލުގެ ދަށުން ހަދާ އުސޫލަކުން ވިޔަސް ނިގުޅައި ނުގަނެވޭނެ ކަމަށް ބުނި

އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަށް ފުލުހުން ހުރަސް އަޅަނީ- ފޮޓޯ: މިހާރު

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖާއިޒް ފައިދާ ސަރުކާރުން ނަގަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ތުހުމަތުކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު ބާއްވަން އުޅުނު އެއްވުމަށް ފުލުހުން ހުރަސް އެޅުމުން، އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ބޭނުންކޮށްގެން ސަރުކާރުން ރައްޔިތުންގެ ގިނަ ހައްގުތަކެއް ނިގުޅައިގަންނަމުންދާ ކަމަށެވެ. އަދި މިއީ އެ ހާލަތުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިިދިކޮޅުން މިއަދު ބާއްވަން އުޅުނު އެއްވުމަށް ފުލުހުން ހުރަސް އެޅީ، ކޮވިޑްގެ ހާލަތު މާލޭގައި ގޯސްވަމުން ދާތީ ދިހަ މީހުންނަށް ވުރެ ގިނައިން މީހުން މަގުމައްޗަށް އެއްވެ އުޅުން މަނާކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުސޫލެއް ނެރެފައިވާތީ އެވެ. އެއްވުން ނުބޭއްވުމަށް ފުލުހުން އިލްތިމާސް ކުރި ނަމަވެސް، އިދިކޮޅުން ވަނީ އެކަމަށް ބެލުމެއް ނެތި، މުޒާހަރާކުރަން ނިންމާފަ އެވެ. އެހެންވެ މުޒާހަރާ ފެށުމުގެ ކުރިން، އިދިކޮޅުގެ ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ޝިޔާމް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖާއިޒް ފައިދާ ސަރުކާރުން ނަގާ އެއް ސަބަބަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވާދަވެރި ބައެއްގެ ގޮތުގައި ހަމައެކަނި އޮތީ އިދިކޮޅު ކޯލިޝަން ކަމަށް ވީ ނަމަވެސް، އެ މީހުންގެ އަޑު އިއްވައި ކެމްޕޭން ކުރުމުގެ ފުރުސަތެއް ނެތެވެ. އަދި އެކަން ހަމައެކަނި ކުރެވެނީ ސަރުކާރަށް ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވޭ ގެއިން ނުކުންނަން. މި ނިކަމެތިކަމުން އަަރައިގަތުމަށް މަސައްކަތްތަކެއް ކުރަން. އެ ކަންބޮޑުވުންތަކާ ގުޅިގެން ހަރަކާތްތައް މި ހިންގަނީ ވެސް ... އެކަމަކު އެ ފުރުސަތުތަކަށް މި ދަނީ ހުރަސް އަޅަމުން،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް ހައްގެއް، ސިއްހީ ކުއްލި ނުރައްކަލުގެ ދަށުން ހަދާ އުސޫލަކުން ވިޔަސް ނިގުޅައި ނުގަނެވޭނެ ކަމަށެވެ.

އިދިކޮޅުން ދެކޭ ގޮތުގައި މިހާރު މި ފެންނަނީ، ކައުންސިލް އިންތިޚާބަށް ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސް އެޅުމަށް މުޅި ދައުލަތް އެކީގައި މަސައްކަތްކުރާ ތަނެވެ. އެކަމުގައި މިނިވަން މުއައްސަސާތައް ވެސް ބައިވެރިވާ ކަމަށާއި އެގޮތުން އިިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުން ވެސް، ސިޔާސީ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށާއި ގައުމީ ކަންކަމުގައި ބަސް ނުބުނުމަށް އިންޒާރުގެ ސިޓީތައް ފޮނުވަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިއީ ކޮން ކަހަލަ ޑިމޮކްރަސީއެއްތޯ އަޅުގަނޑުމެން ސުވާލުކުރަން. މި ފެންނަނީ ތަހުޒީބު މުޖުމަތައެއްގައި ޑިމޮކްރަސީގެ ނަމުގައި ނާތަހުޒީބު، މުޑުދާރު އަމަލުތަކެއް ހިންގާތަން،" އޭނާ ވިދާޅުވި އެވެ.

މަގުމައްޗަށް އެއް ނުވުމަށް އިންޒާރު ދީފައި ވަނިކޮށް، އެކަމާ ދެކޮޅު ހަދައި މުޒާހަރާ ކުރަން ނިންމުމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެހެން ބައެއް އިސްވެރިން ބޭފުޅުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

30 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 7%
icon angry icon angry 74%
icon wow icon wow 4%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯގަން4090

27 February 2021

ރަނގަޅު ވާހަކަ އެއް މުޅި ރާއްޖޭގެ ތިބި ބޮޑެތިން ނަގަނީ ނާޖާއިޒް ފައިދާ

The name is already taken The name is available. Register?

އަޖާއިބު ނުވާނެތަ

27 February 2021

ހެޔޮނުވާނެ. ކޮވިޑާހެދި ދިރިއުޅުން މި އޮތީ ވަރަށް ދަށް ހާލަތެއްގައި. ކަލޭމެން މުޒާހިރާ ކުރަނީ ރައްޔިތުންނަށް ކަމަށް ވަންޏާ ތިކަން މިވަގުތު ހުއްޓާލާ މި ބަލިން އަހަރުމެން ސަލާމަތް ކުރުމަށް އެހީވޭ. ދަރިން މި ތިބީ ގޭގަ. ރޭގަނޑު ތަނަކަށް ނިކުމެވެނީކީ ނޫން. ރަށަކަށް ފަސޭހައިން ދެވެނީކީ ނޫން. ދެން ކަލޭމެނަށް ބޭނުން އިރަކު މަގުމައްޗަށް ނިކުމެ ބޮޑި ވެގެން ބަލިފެތުރުމަށް ހުއްދަ ލިބެނީ ކިހިނެއް؟ ތިއީ އަމިއްލަ އެދުން ބޮޑު ބައެއް.

The name is already taken The name is available. Register?

މުޙައްމަދު ކަލޯ

27 February 2021

ބަލަ ކަލޭމެން ފުރާޅުން ޓިނުނަގާ ހެދިއިރު އަހަރެމެންތިބީ ބަލަަން އޭރު ކަލޭމެން އެހެންނޭ ބުނީމާ އެހެން މިހެންނޭ ބުނީމާ މިހެން ދެން ކޮންވާހަކައެެއް ތިދައްކަނީ އޭރުވެސް އަހަރެމެން ބުނިން ތިހެން ނަހަދާށޭ އެހެން ނޫނީވާނީ މިހެންނޭ.

The name is already taken The name is available. Register?

ގަންހިންގާޕާޓީ

27 February 2021

އަދުރޭމެން ގާނޫނު ބަދަލުކޮށް މާލޭގަ މުޒާހަރާ ކުރެވޭ ހަމަ އެކަނި ތަނަކީ ކާނިވާ ސަރަހައްދުކަމަށާ އަދި އެތާވެސް ކުރެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެންކަމަށް ނިންމިއިރު ހިޔެއް ނުކުރޭ ދެން ތިމާމެން މުޒާހަރާއެއްކޮށްލަން ޖެހިދާނެ ކަމަށްވެސް

The name is already taken The name is available. Register?

ސިކްސް

27 February 2021

ޕީޕީއެމުން ތިޔަ ކުރަނީ މިވަގުތު ކުރަންވާވަރުގެ ކަމެއްނޫން. ސަރުކާރު ކިތަންމެ އަނިޔާވެރިއަސް މިހާރު ތިކުރާ މުޒާހަރާ ހުއްޓާލަންޖެހޭ. މިބަލިމަޑުކަމަކީ ކޮންޓްރޯލްކުރެވޭނެ އެއްޗެއް ނޫން. އެކަމު އެއަށް އިތުރަށް ބާރެއްދެވެނީ ތިޔަ ކަހަލަ ކަންކަން ކޮށްގެން. އެންމެންގެ ސިއްހަތު ނުރައްކަލަށް ތިޔަ ހުށަހަޅަނީ. ސަރުކާރަށް ތަބާނުވިއަސް ބަލީގެ ހަގީގަތްތަކަށް ތަބާވާންޖެހޭ. މުޒާހަރާއަކުން ކުރާނެ ފައިދާއެއް ނެތް މިވަގުތު.

The name is already taken The name is available. Register?

ނަސީމްބެ

27 February 2021

މި މުޒާހިރާ ކުރި މީހުން މިއީ ކޮންޕާޓީ އެއްގެ ބަޔެއްކަންވެސް ނޭންގުނު އެންމެ ކުޑަމިނުން ޕޕއމ ގެ ދިދަޔެއްވެސް ނުފެނޭ ފެންނަނީ ޤައުމީ ދިދަ ހިފައިގެން ޖުމްހޫރީ ޕާޓީގެ ރަތް ޓީޝާޓު ލައިގެން ތިބޭތަން އަނެއްކާ ސޭޓްވެސް ބައިވެރި ވީތަ މުޒާހިރައިގައި؟

The name is already taken The name is available. Register?

ށަވިޔަނި

27 February 2021

ސިޔާސީ ދާއިރާގައި އިދިކޮޅޭ ބުނީމަ ހީވަނީ ހުރިހާ ކަމެއް ކުރުން ހުއްދަވީހެންނެވެ. މިދުވަސްވަރު ސިޔާސީ އަޑު އުފުލަން މަގުމައްޗަށް ނިކުންނަމީހުން ހައްޔަތުކޮށް މިކަން ހުއްޓުވާ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

The name is already taken The name is available. Register?

ޙަބީބު

27 February 2021

މާސްކުއަޅައިގެން ސެނެޓައިޒާ ހަކައިގެން ހޮސްޕިޓާ ފަދަތަންތަނައް ދިޔަޔަސް ވާނި ހަމައެއްގޮތެއް ޓެކްސީ ތަކަކީވެސް ހަމަ އެފަދަކަމެއް ވީމާ ރައްޔިތުންގައިގަ ދަނޑިމާރުއަޅާ ރައްޔިތުންނައް އަނިޔާދިނުން ހުއްޓާލާ

The name is already taken The name is available. Register?

އަލީރާޖާ

27 February 2021

ކޮވިޑްގައި 60 މީހުން މަރުވެއްޖެ. އަދިވެސް މަގުތަކަށް މީހުން އެއްކޮށްގެން ދެ މަރުހަލާގެ ކޯޓަށް ދައުލަތުގެ ފައިސާއިން ވައްކަން ކުރިކަން ސާބިތުވެފައިވާ މީހެއްގެ ދިފާއުގަ ގައުމޭ ގައުމޭ ތިޔަ ގޮވަނީ؟

The name is already taken The name is available. Register?

މޯޑް

27 February 2021

ޔާމިނު މިނިވަން ކުރަން އުޅޭބައެއް ނޫން ތީ. ތިމީހުންގެ މަގުސަދު މިހާރު ވަރަށް ސާފްވެއްޖެ. ލޯމަތީ ބޭސް ގަޑެއް އަޅާގެން ސިޔާސީ ސުޓަންޓް ޖަންސަން ނުހަދާ . ތިބޭ ފުޅާ ކުރިން ވެސް ކުރީ އެކުޓް މަޖިލިސް ތެރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454