ޚަބަރު / ވައްކަމާއި ފޭރުން

ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ ދީފި

ރޫޓުގެ އެމްޑީ އަބްދުﷲ ރާފިއު، ބީއޯސީގެ ސެކިއުރިޓީ ބަލަހައްޓަން ހުިރ މުހައްމަދު ހަސަން މަނިކަށް 50،000 ރުފިޔާގެ ޗެކެއް ހަވާލުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރޫޓް ފިހާރަ އިން ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް މިދިޔަ އާދީއްތަދުވަހު ފައިސާ ޖަމާކުރަން ދަނިކޮށް ފޭރެން އުޅުނު މީހުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަންކޮށް، 50،000 ރުފިޔާ މިއަދު ދީފި އެވެ.

ރޫޓް ފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ބީއޯސީގެ ސެކިއުރިޓީ ބަލަހައްޓަން ހުރި "އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން" ގެ މުވައްޒަފު މުހައްމަދު ހަސަން މަނިކު ނެތް ނަމަ، އެ ކުންފުނިން ޖަމާ ކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ގެއްލުނީސް ކަމަށެވެ. ފޭރުން ހުއްޓުވުމުގައި އޭނާ ކުރި ހިތްވަރު ފާހަގަކުރުމުގެ ގޮތުން ފައިސާގެ އިނާމަކާ އެކު ރަމްޒީ ލިއުމެއް ވެސް ދިނެވެ.

ރޫޓުގެ އެމްޑީ އަބްދުﷲ ރާފިއު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޭރުން ހުއްޓުވުމަށް ހަސަން މަނިކު ކުރި މަސައްކަތަށް ރާފިއު ޝުކުރުއަދާ ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މަންޒަރެއް އެެހެން މީހަކަށް ފެނިއްޖެ ނަމަ ވެސް ފަސް ޖެހުމުގެ ބަދަލުގައި އެހީވެ ދޭން ރާފިއު އެދިވަޑައިގަތެވެ.

"އެ ދުވަހު ހަމަ އަޅުގަނޑުމެންނަށް ފެނުނު އެންމެން ދުރަށް ދާން ދުވި މަންޒަރު ވެސް. ހިފަހައްޓަން މަސައްކަތްކުރި ނަމަ ހަތަރު މީހުން ވެސް އެ ދުވަހު ހިފެހެއްޓުނީސް،" ރާފިއު ވިދާޅުވި އެވެ.

ރޫޓް ފިހާރަ އިން ފައިސާ ޖަމާކުރަން ދަނިކޮށް އެ ފައިސާތައް ފޭރިގަންނަން އުޅުނީ ހެލްމެޓް އަޅައިގެން ދެ ސައިކަލެއްގައި އައިސް މަގުމައްޗަށް މަޑުކުރި ހަތަރު މީހަކެވެ. އާއްމުންގެ ކުރިމަތީގައި ފައިސާ ފޭރެން އައި އެ މީހުންނަށް އެކަން ކާމިޔާބު ނުކުރެވުނީ ރޫޓް ފިހާރައިގެ މުވައްޒަފުންނާއި ހަސަން މަނިކުގެ ހުޝިޔާރުކަމުންނެވެ.

ފޭރެން ހުއްޓުވުމުގައި އެހީވި ރޫޓް ފިހާރައިގެން ތިން މުވައްޒަފުންނަށް ވެސް ކޮންމެ މީހަކަށް 10،000ރ. ދިނެވެ. އެއީ، ފޭރެން އައި މީހެއްގެ ލޮލަށް ބޮޑީ ސްޕްރޭ ޖެހި މަރިޔަމް ޖީލާ އާއި އެ ކުންފުނީގެ ޑްރައިވަރު ބާދުޝާހު އާއި ލޭބަރެއްގެ ގޮތުގައި މަސައްކަތްކުރާ ޖަލާލުއްދީނެވެ.

ފޭރެން އުޅުނު މައްސަލައާ ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އެއީ 20 އަހަރުގެ ޒުވާނަކާއި 21 އަހަރުގެ ޒުވާނެކެވެ.

44 ކޮމެންޓް, 270 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 3%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާނީ

02 November 2020

މިސޮރުގެ ހުޝިޔާރުކަން މަގޭ ހިތާކުޅެލައިފި

The name is already taken The name is available. Register?

ފޭރުން ހުއްޓުވި

01 November 2020

ކީއްތޯ ކުރާނީ ލާގުޅައެއްވަރުގެ ތަންކޮޅެއްގައި ދިރި ނޫޅެވިގެން މިއުޅެނީ ޓީވީތަކައް އަރާ އިރާގެންދާވަރައް ތަހުޒީބްގެވާހަކަ ދައކާއިރު ބާބެއިރިޔަންޒަމާނެކޭ ތަފާތެއްނެއް މިގައުމުގެ ތާރީޙްގަވެސް ނުދެކޭ ވަރުގެ ކަންކަން ފެންނަމުންދަނީ ކުއްވެރިޔަކު އަތުލާއިރައް ބުރީފެންގަ ކިޔާއަޑުއިވެނީ މިވެނިމީހަކު ހައްޔަރުކޮއްފިޔޭ މީކުށުގެ ރިކޯޑް އޮންނަ މާތްމީހެކޭބުނާކަހަލަގެ ވާހަކައެއް އިވެނީ

The name is already taken The name is available. Register?

މަހާރަދުން

01 November 2020

ދެން އެއްވެސ މީހަކު ދައުލަތަށް ޓެކސް ދައްކާނެ ކަމެއް ނެތް....މިކަހަލަ ހިތްވަރުގަދަ ދެތިން ސެކިއުރިޓީންނަށް ދެއްކީމަ ހަމަޖެހޭ ދިރި އުޅުމެއް އުޅެވޭނެ...

The name is already taken The name is available. Register?

ޢަހުމަދު ފާދު

01 November 2020

އެކަމުގެ އަގުވަޒަންކުރުން ވަރަށް ރަނގަޅުކަމެށް ދިން އިނާމުވިސް ހަމަ އެހާ ރަނގަޅު އެކަމު ދެރަ އީ ޢެރިސްކު ނެގިމީހާގެ ވަނަވަރު ހާމަކުރިކަން ފަހަރެޢްގަ އެކަމުގެ ސަބަބުން އެފަޢިސާ ސަލާމަތްކޮށްދިން މީހާޢަށާ އޭނަގެ އާޢިލާޢަށް ވަރަށްބޮޑު ނުރަޢްކަލެ އް ކުރިމަތިވެދާނެ

The name is already taken The name is available. Register?

ާއުނިމާ

01 November 2020

ތިޔަ ސެކިޔުރިޓީ ޤާޑުން އުފައްދާ ކުންފުނި ވަރަށް ރަނގަޅު، ބުނެލަދީބަލަ

The name is already taken The name is available. Register?

މަސްނަ

01 November 2020

ދައުލަތަށް ދޭ ޓެކުހުން ނުވަންޏާ ދެން ސެކިއުރީޓީ ދޭ ބަޔަކަށްތާ ވިޔަފާރިތަކުން ޓެކުސް ދޭން ޖެހޭނީ. ސަޅި ކަމެއް

The name is already taken The name is available. Register?

ރީތި މޫސަ

31 October 2020

ވަރަށް އުފާވެރި ޚަބަރެއް ކަންކަން ރަނގަޅުގޮތުގަކުރާމީހުނަށް ހިއްވަރުދޭންވާނެ ހަމަ ސާބަސް

The name is already taken The name is available. Register?

ހަޑިގިއްލާ

31 October 2020

ފުރާނަރިސްކްކޮށްގެން ސަލާމަތްކުރި ފައިސާގެ އެންމެ ޕަސެންޓެއް! އެއްލައްކަ ރުފިޔާ ހޯދާދިނުމުން އެއްހާސްރުފިޔާ ސަޔެއްބޯލަން ދިނުން...

The name is already taken The name is available. Register?

Face Mask

01 November 2020

މީ އެވެސް ކަމެއްބަލައިނުގަންނަ މީހުން ކުރާ ކޮމެންޓް. އިންސާނާ ހިތަކީ ދުވަކުވެސް ފުރޭނެ ހިތެއްނޫ

The name is already taken The name is available. Register?

ބަޑިގިއްލާ

01 November 2020

50،000 ރުފިޔާއަކީ އެފަދަ މީހަކަށް ވަރަށް ބޮޑު އެއްޗެއް. ހަޑިގިއްލާ އަތުން ގެއްލުނު 2 ލައްކަ ރުފިޔާ އަނބުރާ ހޯދައިދިންނަމަ ތިޔަބުނާވަރުގެ ބޮޑު އިނާމެއް އެމީހާއަކަށް ނުދޭނެ. ފަސާދަ އުފައްދަން ވަރަށް ގިނަ މީހުން ދައްކާ ކަހަލަ ވަރަށް އާއްމު ވާހަކައެއް ތިޔަ ދެއްކީ.

The name is already taken The name is available. Register?

ހަސަނު

31 October 2020

ވަރަށް ރަނގަޅު.. ވަރަށް އުފާވެރި ހަބަރެއް... އެއީ ބަތޮލެއް..

The name is already taken The name is available. Register?

ކަލޯމި

31 October 2020

ރޫޓް އަކީ މިގައުމުގެ އާސަންދަ އަދި ގިނަބަޔަކުގެ ބަލިމަޑު ކަމުގެ އެއް އަސްލު! މަގުމަތީން ހިނގާފައި އުޅެން އުނދަގޫ ވާ އެއް ސަބަބު! ދުންފަތުގެ އިސްތިއުމާލު ކުރުމީ ގޯހެއް! ވިއްކުން އަދި މާގޯސް!

The name is already taken The name is available. Register?

ރީތި މޫސަ

31 October 2020

ކަލޯމި ތިބުނީ ހަމަތެއްދެއް މިޤައުގެ އެންމެގިނަމީހުނަށް ކެންސަރުޖެހެނީ ސިގިރޭޓްގެ ވަބާއިން އެކަމުން ފައިދާ އެންމެގިނައިން ލިބެނީ ރޫޓް ފިހާރައިގެ ވެރިފަރާތަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454