ހދ. ކުޅުދުއްފުށީ ފިހާރައެއްގައި، ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދިނުމުން 22 އަހަރުގެ ފިރިހެނަކު ޒަހަމްވި ކަމަށާއި އޭނާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުުގީގު ކުރަމުން އަންނަ ކަމަށެވެ.