މެމްބަރު ސައުދުﷲ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ހިންނަވަރު ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށް އޭނާގެ ކުންފުންޏާ ހަވާލުކޮށްފައިވީ ނަމަވެސް އެކަން ވަނީ މިހާރު ހުއްޓުވާފައި.---ފޮޓޯ: މަޖިލިސް
08 ނޮވެމްބަރ 2016 - 18:32
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގެންނެވި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ލޮޅުން އަރަން ފަށައިފި އެވެ.
ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ މިއަދު "މިހާރު" އަށް ވިދާޅުވީ، ޅ. ހިންނަވަރު ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅަން މިދިޔަ މަހުގެ 1 ގައި ހެލްތު މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއު އިއްޔެއިން ފެށިގެން ހުއްޓާލަން ސަރުކާރުން އަންގާފައިވާ ކަމަށެވެ.
ސައުދުﷲ އަށް އެޑްރެސްކޮށް، ހެލްތު މިނިސްޓްރީން ފޮނިވި ސިޓީގައި ބުނެފައި ވަނީ ހިންނަވަރު ސިއްހީ މަރުކަޒުގެ މަސައްކަތް މިވަގުތަށް ހުއްޓާލަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އޭގެ ސަބަބެއް ހެލްތު މިނިސްޓްރީން ސްވިފްޓް އިންޖިނިއަރިން އަށް ފޮނުވި ސިޓީއަކު ނެތެވެ.
ސައުދުﷲ ވިދާޅުވީ ކުއްލި ގޮތަކަށް މި ފިޔަވަޅު އެޅި ސަބަބެއް ސަރުކާރުން ނާންގާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ.
ނަމަވެސް ސައުދުﷲގެ ގާތް މީހަކު ބުނިގޮތުގައި، ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކޮށްފައިވާ، ސަރުކާރުގެ އެހެން ބައެއް ޕްރޮޖެކްޓްތައް ވެސް ހުއްޓުވާނެ ކަމުގެ އިޝާރާތެއް ވަނީ ލިބިފަ އެވެ. އަދި ހިންނަވަރު ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓާލަން އެންގީ، މައުމޫންގެ ފެކްޝަނާ ސައުދުﷲ ގުޅިވަޑައިގަތުމުން އައި "ސިޔާސީ އިންޒާރުތަކަށް" ފަހު ކަމަށް ވެސް ސައުދުﷲގެ ގާތް މީހާ ބުންޏެވެ.
މައުމޫނާ ގުޅުނު މަޖިލިހުގެ މެމްބަރުން އެކުގައި މިދިޔަ މަހުގެ 27 ގައި ބޭއްވި ނިއުސް ބްރީފިން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މައުމޫންގެ ފެކްޝަނާ ރައްޔިތުންގެ މަޖިލިހުގެ ހަތް މެމްބަރަކު ވަނީ، ސައުދުﷲ ހިމެނޭ ގޮތަށް، ގުޅިވަޑައިގެންފަ އެވެ. އަދި އެ މެމްބަރުން އެކުގައި މިދިޔަ މަހުގެ 27 ގައި ވަނީ ނޫސްވެރިންގެ ކުރިމައްޗަށް ވެސް ނުކުމެވަޑައިގެންފަ އެވެ.
މައުމޫންގެ ފެކްޝަންގައި މިހާރު ތިއްބެވީ ސައުދުﷲ ގެ އިތުރުން ދިއްގަރު ދާއިރާގެ ފާރިސް މައުމޫން، އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް، އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފު، ތިމަރަފުށީ ދާއިރާގެ މުހަންމަދު މުސްތޮފާ، ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
09 November 2016
ދެން މާދަމާސައުދުﷲ ވެސް ޔާމީން ފެކްޝަން އާއި ގުޅޭނީ ދޯ... މިތިބީ އެއވެސް އިޙުލާސް ތެރިކަމެއް ނެތްމީހުން ވިއްޔާދޯ
ދުޢާ
09 November 2016
ސަޢުދު ހިތްވަރުކޮށްލާ. މާތްﷲ ދެއްވަން ހުރި ބާރަކާއި ތަނަވަސްކަމެއް ދެއްވާފަނޫނީ ނުގެންދަވާނެ. މާތްﷲ އަށްވުރެ ބާރުގަދަ ފަރާތެއްނުވޭ. އެކަލާންގެއަށް ދުޢާކުރޭ. މިފަދައިން ޙައްޤަށް ނަޞްރުދެއްވާންދޭވެ.
ސޮނެއިވާ ބަގީ
03 July 2017
ޢާމީން
އުމަރު
09 November 2016
މިއީ މައްސަލައަކީ، ސަރުކާރުގެ ޕްރޮޖެކްޓްތަށް ދެނީ މިގޮތަށް ފަހުން ހިތްހަމަ ނުޖެހުނީމާ އަތުލާގޮތަކަށްނޫން
ފފ
09 November 2016
މިރާއްޖޭގެ މަޖިލިސް ގޮޅިވަ ތަކަކީ ތެޔު ވަޅު ފަދަ ގޮޅިތަކެއް ، މީގެ ގޮޅިޔެއްގައި އިށީދެލާ އިރަ އެލިބޭ ނަފާމަންފާޔަކީ ހާދަހާވާ ބޮޑުބައިވަރޭ، އެހެންވީމަ ކޮންމެ ކުއްޖަކުވެސް އެއިން ގޮޅިޔެއްގައި އިށީދެވޭތޯ ބަލާތި މީ ބޭބެގެ ނަސޭހަތަކީ ދަރިންނަށް ދޭންއޮންހާވެސް!
ގުޖޮ
09 November 2016
މާﷲވާގިފުޅާ އެ ކީމިސަރުކާދާނީ ކުރިއަން ވަރަށްސާފު ފުރިފަހުރި އެޖެއްޗެ ގުޑުގުޑެށް ނާޅާނެ ދެންއޮތީއަނެއްވާހަކަ ތިބޭފުޅާ ގޮޑިހޯދަންވެގެން މިސަރުކާއެއްކޮކިޔާއުޅުނީ ތީކާކުދޯ
ބްރޯ
09 November 2016
މިވަރުގެ ހަޔާތްކުޑަ ސަރުކާރެއް ހީއެއްނުވޭ މިނޫނިއްޔާ ދުނިއޭގަވެސް އޮންނާނެހެނެއް އިރާދަކުރެއްވިއްޔާ 2018 ޔާމީނަށް ރަނގަޅައްކާންދޭނަށް މިގައުމަށް ޔާމީން ޕްރައިވެޓް ލިމިޓެޑްކިޔަން ފެނޭ މީކީ ގައުމެއްގެ ދަރަޖައިގަ ހިނގާތަނެއްކަމަކަށްނުފެނޭ
ދޮގެއްތަ؟
09 November 2016
ސަރުކާރަކީ ވަކި ބައެއްގެ އަމިއްލަ ކުންފުންޏެއްހެއްޔޭ މަ މި އަހަނީ؟ ސަރުކާރު ހިތާވާ މީހަކަށް ހިތާވާ ފަހަރަކު ސަރުކާރުގެ މަޝްރޫޢުތައް ދީ، ނުރުހުންވާތަން އައިމަ އެކަން ނިގުޅައިގަނެ މީ ކޮން ސަކަރާތެއްހޭ. މިހެން ބުނީމަވެސް ދެން ސަރުކާރުން ބުނާނެ ހަމަޖެހުން ނަގާލަނީއޭ. ހަމަ ދެވަނަ ނަޝީދުގެ ސަރުކާރު. އަނިޔާވެރިކަމާއި ނޭއްގާނީ ކަމުގައި ކުޑަވެސް ތަފާތެއް ނެތް.
ސެއިދު
09 November 2016
އަންނިއޭ ގޯހީ އެމްޑީޕީއޭ ގޯހީ، މައުމޫނޭ ރަގަޅީ ޕީޕީއެމްއޭ ރަގަޅީ ކިޔައިގެން ރުޅިގަދަ ވަމުން ދުވި ހަނދާން ވޭބާ؟ ދީނާ ގައުމައްޓަކައި ވެރިކަން ބަދުލު ކުރުމުގެ ހިތި ރަހަ މިހާރު ލާނެ.
މިސޭލް!
08 November 2016
ވެއްޓިދާނެކަމަށް މާބޮޑަށް ބިރުގަންނަނީ! އެކަމަކު މިކަމެއް ނުހިފެހެއްޓޭނެ! ވަގުތީ އުފަލަކަށް ރައީސް ޔާމީނުގެ ފަޅީގައި ތިބި ރައްޔިތުންގެ މަޖްލީހުގެ މެންބަރުން ދެވަނަ ދައުރަކަށް އިންތިހާބުވުމުގެ ފުރުސަތު ވަރަށް ހަނި! ފައިސާއަކުން މިއަދު ހުރިހާ ކަމެއްނުވާނެ! މިއަދު ފައިސާގެ ދަހިވެތިކަމުގައި މުޅި ގައުމު އެފުށް މިފުށަށް ޖެއްސިޔަސް ހައްގަށް ނަސްރުލިބޭނެ! އެފްރިކާ ބައްރެއްނޫން މިއީ! މިލިޓަރީ ހެދުމުގައި ސިފައިންލައްވާ ވެރިކަންކުރަން އިންޑިޔާ ކަނޑުގައި އޮތް ދިވެހިރާއްޖޭގައި ހަނދާން ނައްތާލާ! އޮތީ ކުޑަދުވަސްކޮޅެއް! ހައްގު އަދަބު ލިބެންވާ މީހުންނަށް އަދަބުވެސް ލިބޭނެ! ވިސްނާ ފިކުރުކޮށްލައްވާ! ހުރިހާ މެންބަރުންގެ ބްރޯ މިހާރު ކޮބާ؟ އާރާއި ބާރުގައި އުޅުނު އިރު ހީވެސް ނުވޭ ދެއްތޮ އެހާ ނިކަމެތި ދުވަހެއް އަތުވެދާނެކަމަކަށް؟ މިއަދު ރައީސް ޔާމީނާއި، އޭނާއާއެކު ފައިސާގެ ދަހިވެތިކަމުގައި ދިވެހިގައުމާށް ގައްދާރުވެރިވެގެންތިބި މީހުންނަށް މިހާލު ޖެހޭނެ! އަހަރުމެން ހާސްނުވޭ! ނުހައްގުން ފޭރުނު މުދާ ރައްޔިތުން ނަގާދުވަސް ވަރަށް ކައިރިވާނެ! ރައްޔިތުންގެ ބާރުވެރިކަން އަންނާނެ!
ޭގުދޯ ގުދޯ!
08 November 2016
ފުރަތަމަ ހަވާލު ކުރީ ޔާމިނުގެ މީހަކަށް ވީމަ. އާންމު ރައްޔިތުންގެ ކުންފުންޔަކަށް ނުލިބޭނެ. ދެން އަތުލީ އިދިކޮޅުވީމަ. ހުރިހާ ގޮތަކުން ވެސް ކޮރަޕްޝަން! ސައުދުވެސް ޔާމިނުވެސް! މައުމޫނުގެ ބާރު ކެނޑޭހެން ހީވީމަ މިދުހު ރައްޔިތުންނޭ އަނގައިން ބުނަންވެސް އިނގުނީ! އެއްކަހަލަ މީހުން!