ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ޕީޖީގެ އަޣުލަބިއްޔަތު ނަގާލަން އުޅުމަކީ އެންމެ ޣައްދާރު މަސައްކަތް: ރައީސް

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝަރުހާން

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ ޕާޓީ ނުވަތަ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ)ގެ މެމްބަރުންގެ އަޣުލަބިއްޔަތު ނަގާލަން މަސައްކަތް ކުރުމަކީ އެންމެ ގައްދާރު މަސައްކަތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ދެ ފަޅިވެފައިވާ ޕީޕީއެމްގައި ރައީސް ޔާމީންގެ ފެކްޝަނާ އަލަށް ބައެއް މީހުން ގުޅުމަށް، ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ކާމިޔާބު ކުރެވޭނީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ އަޣުލަބިއްޔަތު މަޖިލީހުގައި އޮވެގެން ކަމަށެވެ. އެހެންވެ، ޕާޓީގެ ތެރެއިން ނަމަވެސް، އެ އަޣުލަބިއްޔަތު ނަގައިލަން ކުރާ މަސައްކަތަކީ އެންމެ ޣައްދާރު މަސައްކަތް ކަމަށާއި އެކަން އެހެން ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި އެއީ ހަގީގަތުގައި ރައްޔިތުންނަށް ދެވޭނެ ބޮޑު ދެރައެއް ކަމަށާއި ދައުލަތް ހިންގުމަށް ވެސް އޭގެ ސަބަބުން ގެއްލުން ވާނެ ކަމަށް ވިދާޅުވި އެވެ.

"ފަސް އަހަރު ދުވަހު ރައީސް މަގާމުގައި ހުރެދާނެ. އެކަމަކު އޭރުން ތަރައްގީގެ މަޝްރޫއުތައް ރައީސް ރާވާފައިވާ ގޮތަކަށް ނުދާނެ،" ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ ކޮންޓްރޯލް ގެއްލުމަކީ ލިބޭނެ ދެރައެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ދެ ފަޅިވެފައިވާ ޕީޕީއެމްގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނާ ގުޅިވަޑައިގަތުމާ އެކު، ރައީސް ޔާމީން ކޮންޓްރޯލް ކުރަައްވަމުން ގެންދަވާ މަޖިލިހުގެ ސާފު އަގުލަބިއްޔަތަށް ބުރޫ އެރުމުގެ ފުރުސަތު އޮތީ ބޮޑުވެފަ އެވެ. އެކަމަކު ތަފާތު "ފިއްތުން"ތަކާ ގުޅިގެން މަޖިލިހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން އަލުން ރައީސް ޔާމީނާ މިހާރު ގުޅިވަޑައިގަންނަވަމުން ގެންދަވާތީ އެ ފުރުސަތު ކުޑަވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އާއި އޭނާގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވަނީ ރައީސް ޔާމީންގެ ފަހަތަށް އަރުވައްވައިފަ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫނަށް ތާއީދު ކުރެއްވުމަށް ފަހު، ވިސްނުން ބަދަލުކުރައްވައި ރައީސް ޔާމީނާ އަލުން މިއަދު ގުޅިވަޑައިގެންނެވި މެމްބަރު ސަލީމް (ކ-2) އަދި ޝުޖާއު (ވ) ރައީސް ޔާމީނާއެކު މިއަދު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ރައީސް ޔާމީން ވިދާޅުވީ ޕީޖީ ގުރޫޕާއި ޕާޓީގެ ކައުންސިލް އޮތީ އެ މަނިކުފާނާ އެކުގައި ކަމަށާއި އެހެންވެ، އެހެން ތަންތަނުގައި ސިއްރު ސިއްރުން ކައުންސިލާއި ޕީޖީ ގުރޫޕު އޮންނާނެ ކަމަށް ގަބޫލު ކުރުމަކީ ކުށްހީއެއް ކަމަށާއި އެހެން އެކަން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު ހިނގާނީ ހަމައެކަނި އިދިކޮޅު ފަރާތްތަކާއި މާރާމާރީ ހިންގާ މީހުންގެ މައްޗަށް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދިމާވާ ކުދިކުދި މައްސަލަތަކުގައި ނުވަތަ ވާދަވެރިކަމުގައި ޕީޖީ ގުރޫޕަށް އެއްވެސް އަސަރެއް ކުރާނަމަ އޭގެ ގެއްލުން މުޅި ދައުލަތަށް ކުރާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ވާދަވެރިކަމުން ދަތިފުޅުވެ ވަޑައިގަންނަވަނީ ވެސް އެހެންވެ ކަމަސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ އަންނަ ހޯމަ ދުވަހު މަޖިލީހުގައި ބަހުސް ކުރާ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމަށް މެމްބަރުންގެ ތާއީދު ލިބުން މުހިއްމުކަން ފާހަގަ ކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ އެއީ މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ތަރައްގީ ގެނެވޭނެ ގޮތަށް އެކުލަވާލާފައި އޮތް ބަޖެޓެއް ކަމަށާއި އެހެންވެ، ބަޖެޓު ފާސްކުރުން ކޮންމެހެން މުހިއްމު ކަމަށެވެ.

"މިހާރު މި އުޅޭ މައްސަލަތަކުގައި ބަޖެޓަށް ވޯޓު ނުދީފިނަމަ ވާނީ ކިހިނެތްތޯ؟ ބަޖެޓް ފާސް ނުވެއްޖެ ނަމަ ވާނީ ކިހިނެތްތޯ؟ ކާކަށް ތޯ އެއިން ގެއްލުން ވާނީ؟ ރައީސް ޕާޓީ ހިންގަމުންދާނެ. މުސާރަ ލިބެމުންދާ ބަޔަކަށް މުސާރަ ވެސް ލިބޭނެ. އެކަމަކު ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ދެން ހުއްޓޭނެ. މީގައި ގެއްލުން ލިބެނީ ރައީސަކަށް ނޫން. ރައްޔިތުންނަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

55 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 14%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރީ

11 July 2017

އެމްޑީޕީގެ ވާހަކަ ދައްކާއިރު ، 3 އަހަރުތެރޭ މިގައުމު ސުންނާފަތިކޮށް ގައުމު އެއްކޮށް ވިއްކާލަން އުޅުނު ވެރިކަމަކޭ އެއި ، މިވެރިކަމާއި ދޭތެރޭ އަހަރެންވެސް ހިތްހަމަ ނުޖެހޭ ، އެކަމަކު މިސާލު ދައްކަން ގައުމު ހަލާކު ކޮއްލި ސަރުކާރެއްގެ ވާހަކަ ދެއްކީމާ ކަމަކު ނުދާނެ ، ލާދީނީ ސަރުކާރަކުން ގައުމު ސަލާމަތްވީތީ ޝުކުރުވެރިވާންޖެހޭނެ

The name is already taken The name is available. Register?

އެޑްމުންޑޯ

11 July 2017

ރައީސް މައުމޫނުގެ ޒައާމަތުގައި ރައްޔިތުން މަޖްލިސް އޮތްގޮތަށް ބަދަލުކުރަން ގާނޫނު އަސީސީ ބަދަލުކުރަންވީނޫންތޯ ، އޭރުން ރައީސްގެ 10 މިނ1ްބަރުނާއި އެކިގޮތްގޮތަށް ވައްދާ މިންބަރުނާއި އެކު މަޖްލިސް އޮންނާނީ ރައީސްގެ އަތްޕުޅުގައި ، މިހާރު ތިއޮތް 3 ބާރު ވަކިވެފައިވާ ފެހިގާނޫނު އަސާސީ އިން ރައީސް ތިވިދާޅުވާ ގޮތަށް ސަރުކާރަށް ހުރިހާ ބާރެއް އޮންނަން ލާޒިމް ނުކުރޭ

The name is already taken The name is available. Register?

ހެ ހެ ހެ ހެ

15 May 2017

ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ ފަހަތުން މަގޭ އަންނަހެން ހީވެޔޭ ގުރަހައިގެ ތަރިހެން ޓަން ޓަޓަން ޓަން

The name is already taken The name is available. Register?

ޝެލަރީ

15 May 2017

ޣައްދާރުގެ މާނަމަބޭނުން ކޮބާގެއްލުނު ފައިސާތައް އެ ހޯދަންއުޅުމަކީ ނޫނީ އެވާހަކަ ދެއްކުމަކީ ޤައުމައް ޣައްދާރުވުންތޯ އެއައް ކިޔަނީ އަމާނާތް ދެއްތޯ

The name is already taken The name is available. Register?

ބޭބެ

10 November 2016

މިއީ އަޅުގަނޑުގެ ކުޑަ އެދުމެއް! އަޅުގަނޑު ބޭނޫންވަނީ މިއަދާއި ހަމައަށް ދިވެހިރާއްޖޭގައި ވިކައިފައިވާ އަދި ވިއްކަން އުޅޭ ރައްތަށް ރައްޔީތުންނަށް އިންގޭ ގޮތަށް ރިޕޯޓެއް ލިޔެދެއްވުަމަށެވެ. ޝުކުރިއްޔާ! މިކޮމެންޓް ޕަބްލީޝް ނުކުރެއްވުން އެދެން !

The name is already taken The name is available. Register?

ހަޖާމްބެ

10 November 2016

ދައުލަތް ދަރުވާލުން ނުވޭތަ ޣައްދާރު ވުމަކަށް.

The name is already taken The name is available. Register?

ނާމާން

10 November 2016

އިންތިޙާޞުކޮށްފައިވާ މީހަކު ގަދަބާރުން ދުރުކުރުމަކީ ޤައްދާރުވުމެއް ނޫންބާ؟ ހިތާމަހުރި ކަމެއް. ރަައީސް އަކީ އިދިކޮޅު ހިޔާލުގެ މީހުންނަށް އަނިޔާވެރި ވާ މީހެއް ނޫނޯ.ސަލީމްގެ ވިޔަފާރި ހުއްޓުވާލަން ނިންމީ. ސައުދުގެ ޕްރޮޖެކްޓްތައް ހުއްޓުވާލީ

The name is already taken The name is available. Register?

އަޖައިބު

10 November 2016

ކަލޯ ޔާނު.. އޮބާމާ އެމެރިކާގެ ރިޔާސަތުގައި 8 އަހަރު ވެރިކަން އެކޮށްލީ އެމެރިކާގެ ކޮންގްރެސްގައި އާއި ސެނެޓް (ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއާއި މަތީގެ) އައުލަބިއްޔަތު އޮތީ އިދިކޮޅު ރިޕަބްލިކަނުންނަށް.. އެއަށްވުރެ ކައިރިން މި ރާއްޖޭގައި 3 އަހަރު ވެރިކަންކޮށް އެތައް ތަރައްގީއަކާއި ރައްޔިތުންގެ ލޯބި ހޯއްދެވި ނަޝީދު ވެރިކަން ކުރެއްވީ މަޖިލީހުގެ މެޖޯރިޓީ ނެތި.. އެހެންވީމަ މަޖީލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނު މޮޑެގެން ގަދަބާރުން ވެރިކަން ކުރަން ނޫޅެ އިހަށް ވެރިކަން ކުރަން ދަސްކޮށްބަލަ.. މިއުޅޭ ޕިންކީސްތައްވެސް ތަމެން ޕާޓީ މުސްތަޝާރަށް އިހަށް ވެރިކަން ކުރަަން ދަސްކޮށްދީބަލަ.. އޭރުން މާ އޯސަމްވެފަ މާވެލަސް ވާނެ.. އަޖައިބެެއް ނުވާނެތަ މީހަކު..

The name is already taken The name is available. Register?

އުމަރު

10 November 2016

އައްދާރުވުމަކީ ކޮބައިތޯއެވެ؟ އެންމެ މުހިންމީ ޤައުމައް އައްދާރުނުވުން، ރައީސް ޔާމީނު ރެޑްވޭވް ސަލީމް އަލުން ރައީސްގެ ކޮޅަށް ގެންދިޔައީ މިނިސްޓްރީތަކުން ބިރުދައްކައިގެން އޭނާގެ މުދާ އަތުލައި އޭނާގެ ކޮންޓްރެކްޓްތަށް ކެންސަލްކުރާނެކަމަށްބުނެ، އެއީ އައްދާރުވުންނޫންތޯ؟

The name is already taken The name is available. Register?

އިބްރާހީމް

10 November 2016

ކޮންމެ ރައީސަކު ހުއްޓަސް ރާއްޖެ ތަރައްޤީ ކުރާނެ އޭގެ ތެރެއިނޭ ހިންގެން އޮތީ ކޮރޮޕްސަން މިއީ އެބަޔަކަށް ޑައިރެކްޓްކޮށް ލިބޭ މަންފާކަން ކުރިމަތިން ދިމާއަށް އެންމެންނަށް ފެނޭ! އެކަމަކު ސީދާ ރައްޔިތުމީހާ އަށް ލިބޭ ހުރިހާ އެއްޗެއް ސަރުކާރުން ދަނީ ކަޑައި ކުދި ކުދި ކުރަމުންކަން ތިޔަ ބަޖެޓުން ދިމާއަށް ފެންނަން އެބައޮތް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454