ޚަބަރު / މަރު

ވިޔަފާރި ބަނދަރުގައި ވެއްޓުނު ކާޕެޓް ރޯލް ދަށުވި ޒުވާނާ މަރުވެއްޖެ

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު އިމްރާނަށް ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗްގައި. އިންޑިއާ އަށް ގެންދިޔައީ ހޯމަ ދުވަހު.

މާލެ ވިޔަފާރި ބަނދަރުގައި ކްރޭނަކުން އުފުލި ކާޕެޓް ރޯލެއް ވެއްޓި އޭގެ ދަށުވި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް އިންޑިއާގައި ރޭ މަރުވެއްޖެ އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނީ ހދ. ނޮޅިވަރަން، ނައިޓްޑްރީމް، އިމްރާން އަލީ، 28، އަށެވެ. އައިޖީއެމްއެޗުން ފަރުވާ ދިނުމަށްފަހު މިިދިޔަ ހޯމަ ދުވަހު ވަނީ އޭނާ އިންޑިއާއަށް ފޮނުވާލައިފަ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ވަނީ އިންޑިއާގައި އިތުރު ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރު 1:30 ހާއިރު މަރުވެފައިވަކަން "މިހާރު" އަށް ޔަގީންކޮށްދީފަ އެވެ.

އިމްރާނަކީ "މިނާ އިންވެސްޓްމެންޓް" ގައި މަސައްކަތްކުރަމުން ދިޔަ މީހެކެވެ. ދަންވަރު 2:15 ހާއިރު އެކްސިޑެންޓް ހިނގީ ކްރޭނަކުން ދޯންޏަކަށް މުދާ އަރުވަނިކޮށެވެ.

އެމްޕީއެލް އިން އެ އެކްސިޑެންޓުގެ ތަހުގީގު ފަށައި، ވަކި ގޮތެއް އަންގަންދެން މިނާ އިންވެސްޓްމަންޓާއި އެ އޮޕަރޭޝަނުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ވެސް ސަސްޕެންޑްކުރި އެވެ.

މިދިޔަ މަހު ވެސް އެމްޕީއެލްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒަހަމްވި މީހަކު ވަނީ މަރުވެފަ އެވެ. ކޮންޓެއިނަރެއްގެ ތެރޭ ބިއްލޫރި ޕެލެޓެއް ފުރޮޅާލައި ތާށިވި މީހާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށިތާ ނުވަ ދުވަސް ފަހުންނެވެ.

29 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 97%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަބީބީ

18 February 2021

ދެން މަށަށް ކީއް؟

The name is already taken The name is available. Register?

ފަރުވާކުޑަކުންފުނި

18 February 2021

އެމް.ޕީ.އެލް އިން މުވައްޒަފުންގެ މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވެންޏާ މިފަދަ ކިތައްމެ ކަމެއްވެސް ދިމާވާނެ. އެހެން ޤައުމެއްގަ ނަމަ ޕޯރޓް މެނޭޖްމަންޓް ޓީމަށް ދައުވާކޮށް ވަޒީފާއިންވެސް ވަކިކުރާނެ، ނުވަތަ އަމިއްލައަށް ޒިންމާނަގާ އިސްތިޢުފާ ދޭނެ. މި ޤައުމުގަ ކަންކަން ހިނގާނީ އިދިކޮޅަށް. މި ހާދިޘާއާ ގުޅޭ ވެރިންނަށް ޕްރޮމޯޝަން ދޭނެހެން ހީވަނި

The name is already taken The name is available. Register?

ޝާހިދުބެ

18 February 2021

މަރުޙޫމް ގެ ފުރާނައަށް ސުވަރުގެ މިންވަރުކުރައްވާށި...އާމީން. އެމްޕީއެލްގެ ވެރިން ހަމަ ނަގާނެ އެއްވެސް ޒިންމާއެއްނެތްތަ މިކަމުގަ؟ ސީއީއޯ ޝާހިދު ހަނުހުރީމަ ނިމޭތަ؟ ކޮބާ ރިސްކް އޮފިސަރ؟ ކޮބާ ޕޯޓް ސާފްޓީ ސްޓޭންޑަޑަސް ހިފެހެއްޓުމުގެ ޒިންމާ އަދާކުރަންޖެހޭފަރާތްތައް؟ މީ ހިތާމަ ހުރި ދެރަކަމެއް... ތިތަނުގެ ޒިންމާވާ ޑިޕާރޓްމަންޓް ތަކުގެ ވެރިން އިސްތިއުފާ ދޭޖެހޭ...ނޫނީ ވަކިކުރަންޖެހޭ... ކިހާބޮޑުކަމެއްދެންމީ... ޝާހިދު ގެއަށްދޭބަލަ... ނޫނީ ވަކިކޮށްބަލަ...

The name is already taken The name is available. Register?

ނަސީމް

17 February 2021

إنا لله و إنا إليه راجعون'

The name is already taken The name is available. Register?

ތުއްތޮންބެ‫

17 February 2021

ކާކުބާ ތިކަމުގެޒިންމާ ނަގާނީ.

The name is already taken The name is available. Register?

شريف

17 February 2021

إنا لله و إنا إليه راجعون' اللهم اغغرله وارحمه اللهم سبته عند السوال فى القبر و يوم القيامة

The name is already taken The name is available. Register?

ޢަބްދުﷲ ޒަމީން

17 February 2021

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎.. ހާދަ ދެރައޭ.. އަހަރުމެން ކުރިމަތިން ފެނި ހާމަވާން މިހުންނަނީ ކުޑަ ކުޑަ ފަރުވާކުޑަކޮށްލުމަކުން ލިބިދާނެ ބޮޑެތި ގެއްލުންތައް.. އުންމީދަކީ އިންސާފުވެރި ތަހުގީގެއް އަވަހަށް ނިމި، ކުށްވެރިވާ މީހުންނަށް، އެހެން މީހުންނަށްވެސް ކުރިމަގުގައި ޢިބުރަތަކަށް ވެގެންދާނެ، އަދަބެއް ލިބުން.

The name is already taken The name is available. Register?

ނޫސަންގު

17 February 2021

އެމްޕީއެލް އިން ބަދަލު ދޭން ޖެހޭނެ. މީ އާދައިގެ ކަމެއް ނޫން. އެމްޕީއެލްގެ ސަރަޙައްދުގައި ހިނގާ ކަންކަމަށް އެތަނުން ޒިންމާ ވާން ޖެހޭނެ. އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އާ ބެހޭ ގާނޫނެއް ނެތަސް ޒިންމާ ކުރުވަން ޖެހޭ.

The name is already taken The name is available. Register?

ޙަބީބު.

17 February 2021

ދެރަކަމެއް ތިވީ ކޮބައިބާ އެލަވަންސްއެއްވެސް ނެތްބާ އެބޭފުޅާގެ މައިން ބަފައިންނައްވެސް މަޖިލީހު މެންބަރުން އެއްދައުރު ފުރިހަމަ ކުރީމަ މުޅިއުމުރު 5000 ދެދައުރު ހަމަކުރީމަ 20.000 ރިސޯޓު މުވައްޒަފުން އަނބިދަރިންނާ ވަކިން އަތޮޅާރައް ދޫކޮއްފަ ވިހިތިރީސް އަހަރު ރޫމްބޯއީކަންކޮއް ބުރަކަށި ޑިސްކުގުޑީމަ ކަނޑާފޮނުވާލަނީ ހުސްއަތާ ގައުމައް ޑޮލަރު ވައްދައިދިނީމަ ކީއްތަވާނީ އެވަރައް އުމުރައް ދިނިއްޔާ ތަފާތުކުރުންބޮޑު ދައުލަތެއްމީ

The name is already taken The name is available. Register?

ޙަބީބު

17 February 2021

ދިވެހިރާއްޖޭގަ އުޅެންވީ މަޖިލިސް މެންބަރުން ބަލާބަލަ އަމިއްލަޔައް ފާސްކޮއްލައިގެން ނަގަމުންދާ ބޮޑުމުސާރަޔާ އުމުރުދުވަހުގެ އިނާއަތް ކޮބައިތޯ އިންސާފެއް ކީއްތޯވަނީ ރިސޯޓު ތަކުގަ 5 އަހަރު ގައުމައް ޑޮލަރުވައްދައި ދިނުމުގަ އުޅެފަވަނަމަ މަހަކު 2000 ރުފިޔާ 10 އަހަރު އުޅެފަ ވާނަމަ 4000ރުފިޔާ އުމުރުދުވަހައް ލިބެންވާނެ ކަމައް ގާނޫނުން ފާސްކުރިއްޔާ ދައުރަކައްވުރެ ދައުރެއް މަޖިލިސް މުސާރަދަނީ ބޮޑުވަމުން ނިކަމެތިމީހާޔައް އޮތީ ހަލާކުވުން ތިކަމުގެ ޒިންމާވާނެ މީ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

17 February 2021

އެމީހުންނަށް އެފުރުސަތު ދެނީވެސް ރައްޔަތުން.ރައްޔަތުންގެ ބާރު އެއީ ގައުމެއް / ދައުލަތެއް / ސަރުކާރެއް ދެމިއޮތުމުގެ އެންމެ މުހިންމު ބައި.ނަމަވެސް ޖަގަހަތަކުން ބޮނޑިބަތް ކައިގެން ވޯޓަށް ގޮވާލީމަ ކެންޑިޑޭޓަކަަށް ކޯޓް ފަޓްލޫނު ލައިގެން ބުޅަލެއް ނެރެފައޮތަސް ވޯޓްދޭ އުސޫލު ދަމަހައްޓައިގެން ލިބޭނެ ފައިދާއެއް ނޯންނާނެ.މަނިކްފާނުގެ ތި ހިޔާލަށް ތާއީދުކުރަން.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454