ޝިޔާމް މަޖިލީހުގައި: އޭނާއަށް ވަނީ ކޮވިޑް ޖެހިފައި
22 މާޗް 2021 - 15:12
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިއީ، ކޮވިޑް ޖެހުނު، މަޖިލީހުގެ ދެވަނަ މެމްބަރެވެ. މީގެ ކުރިން ވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ކޮޥިޑަށް ޕޮޒިޓިވްވެފަ އެވެ.
ޝިޔާމް، ކޮވިޑަށް ޕޮޒިޓިވްވި ދުވަހެއް މަޖިލީހުގެ އިދާރާއަކުން ނުބުނެ އެވެ. އަދި މަޖިލީހުގައި ޝިޔާމްގެ ކޮންޓެކްޓެއް ހުރި ކަމެއް ވެސް ޔަގީންކޮށެއް ނުދެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، މާލޭގައި މި ފަހުން ބޭއްވި މުޒާހަރާތަކުގައި، ޝިޔާމް އިސްކޮށް ބައިވެރިވެ ވަޑައިގަތެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު އަދިވެސް ގޯސްވަމުން ދާއިރު، ކޮންމެ ދުވަހަކުހެން، 100 އަށް ވުރެ ގިނަ މީހުން ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އެއާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާ ވެސް ވަނީ ދިގު ދަންމާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮނީ ޓޮނީ ޗޮއްޕާ
23 March 2021
ކޮބާ ނެތް އެއްޗެކޭ ގޮވަގޮވާ ހުއްޓާާ މިވީ ކިހިނެތް؟
މޮޅުމަތިމަސް
23 March 2021
ކޮވިޑް އެއީ ސިޔާސީ އެއްޗަކަށް ހަދައިގެން ވާހަކަ ދައްކާ މީހުންނަށް މިހާރު އެނގޭނެ ކޮވިޑަކީ އުޅޭ އެއްޗެއްކަން ދެނޯ
ފަރާ
22 March 2021
ކޮންމެހެން ކޮވިޑްޖެހެނީއަކީ މަގުމަތީގަނުކުމެއުޅޭމީހުންނަކަށްއެކަނިއެއް ނޫން. އަދިމުޒާހަރާގެބައިވެރިންނަށްނަމައެތާގައުޅޭއެންމެން ވެސްފައްސި ވެގެންތިބޭނީކަރަންޓީންގައެއްނު. މުޒާހަރާކްލަސްޓަރގަ ފައްސިވީ ކިތަށްމީހުންބާ.. ޢިއްޒަތްތެރިމެމްބަރު . ޝިޔާމް އަކީނައިފަރުރައްޔިތުން ފަޚުރުވެރިވާ ފަދަދިވެހި ދަރިއެއް. މާތްﷲ ގެރަޙްމަތްފުޅުންއަވަސް އަވަސް ޝިފާއެއްމިންވަރުކުރައްވާށި. ޢާމީން
ކާޖާ
22 March 2021
މި އަންނަ ހުކުރުގައިވެސް މީހުން ކޮޅެއް ގޮވައިގެން ނުކުމެ މަގުމަތީ އުޅެލަންޖެހޭނެއެވެ.
ރަދީފުލް ކުމާރު
22 March 2021
ޝިޔާމުވެސް ހިތްވަރުކޮށްފިތާ. އެވަރަށް ތެޅުނުއިރުވެސް އަދިކިރިޔާ އެލައްވާލީ.
ބާތުޑޭ
22 March 2021
އަލީ އާޒިމްގެ ބާތުޑޭ ކްލަސްޓަރ
ކޮޑަގެދޮރަ
22 March 2021
ކޮބާ! އޭރުވެސް ބުނިން ގޭގަ މަޑުން ތިބޭށޭ! ކަންކަމުގައި އަޑު އުފުލަންޖެހޭނެ އެކަމަކު ކޮންމެ ކަމެއްގައިވެސް ވަގުތެއް ކަނޑައެޅިގެން ވޭ! 10 ދުވަސް ވަންދެން މަގުމަތީ ހަމަ ނޭވާލެވޭނެ އަނެއްކާވެސް! ޕީޕީ އޮފީސް ބަންދު ކުރަން ފެނޭ!
ޖާބެ
22 March 2021
ހައްހައް ކޮބާ އަދުރޭ ނެރޭ ދެން ފިލާތިބެގެނެއް ނުވާނެ މިކަމެއް
ސަމަރޭ
22 March 2021
އަދިވެސް ގޮސް މީހުން އެއްކުރޭ.. ތި ކްލަސްޓަރ އޮންނާނެ މުޅި ގައުމުގަ މިހާރު..
ރަދީފްއޮފިޝިއަލް
22 March 2021
އަވަސް ޝިފާއަކަށް އެދެން.