މުސުން ގޯސް ދުވަހެއް-- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
13 މެއި 2021 - 16:52
ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މޫސުމާ ބެހޭ އިދާރާ އިން އޮރެންޖް އެލާޓް މިއަދު ނެރެފި އެވެ.
އެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރުނީ މިއަދު ހަވީރު 3:00 އިން ހަވީރު 6:00 އަށެވެ.
މެޓުން ބުނިގޮތުގައި ގަޑިއަކު 34 މޭލާއި 40 މޭލު ބާރު މިނުގައި ވައިޖެހުނު ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަ ވާނެ އެވެ. އެ ސަރަހައްދުގެ ކަނޑު ވެސް ގަދަވާނެ އެވެ.
އޮރެންޖް އެލާޓަކީ އެލާޓް ލެވެލް ތިނެކެވެ. މިއީ މާބޮޑަށް މޫސުން ގޯސްވުމުން ނެރޭ އެލާޓެކެވެ. އެކަމަކު އޮރެންޖް އެލާޓް ނެރުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.
މެޓުން ދޭތެރެއަކުން ވައިޓް އާއި ޔެލޯ އެލާޓް ނެރެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު މިއަދު ހަވީރު 4 އިން އިރުއޮއްސި 6:30 އަށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ވެސް ވަނީ ނެރެފަ އެވެ. އެ ސަރަހައްދަށް ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މެޓުން ބުނީ، ރާޅުގެ އުސްމިން އުޅެނީ 4-8 އާ ދެމެދުގައި ކަމުން، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އެހެންވެ، އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.
ބައެއް ރަށްރަށަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެ ގެއްލުންތައް ވެސް ލިބިފައިވެ އެވެ. އެފަދަ ބައެއް ރަށްރަށަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
މޫސުން ގޯސް ދުވަސްވަރު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާތީ، ދަތުރުކުރުމުގައި ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިކަލޯ
13 May 2021
ބަލަ ތިޔަ ވިލާގަނޑައް ވާގޮތް މިހާރު ނުދަންނަ ބަޔަކީ ތަނެއް ދޮރެއް ނުދައްނަ ބަޔަކައް ވާނީ މިހާރު ހުރި ވިލާގަނޑު ތޫފާނަކައް ހުކުރު ދުވަހު ބަދަލު ވާކަމާއި މި ތޫފާނުގެ އަސަރު ސީދާ ރާއްޖޭގެ އުތުރުގެ 5 އަތޮލަކަށް ކުރާނެ ކަން އެނގޭކަން ހުރިހާ ދަތުރު ކުރާ މީހުން އެބަދަނޭ.......!
ލ.އަތޮޅު
13 May 2021
މިހާރު މޫސުން ދަނީ ރަނގަޅުވަމުން.. ބެލެވޭގޮތުގަްި 2 ދުވަސް ފަހުން މޫސުން އަނެއްކާ ގޯސް ވެދާނެ
ށަވިޔަނި
13 May 2021
ތި އެލާޓަށް ބީރުކަންފަތްދޭ ބަޔަކުވެސް ތިބޭނެއެ.