ޚަބަރު / އައިޖީއެމްއެޗު

ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް އައިޖީއެމްއެޗް ތައްޔާރުވަނީ

އައިޖީއެމްއެޗުގައި އަލަށް ހުޅުވި ސެންޓަރުން ހިދުމަތް ހޯދުމަށް މިއަދު ދިޔަ ބައެއް މީހުން: ކިޑްނީގެ ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރަން އައިޖީއެމްއެޗުން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ނުވަތަ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އައިޖީއެމްއެޗުން ތައްޔާރުވެ، އެކަމާ ގުޅޭ މަސައްކަތްތައް ފަށައިފި އެވެ.

ސިއްހީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ފަހަކަށް އައިސް ހޯދަމުން އަންނަ އައިޖީއެމްއެޗުން މިއަދު ވަނީ، ކިޑްނީގެ ބަލިތަކަށް ބޮޑެތި ފަރުވާތަކެއް ދިނުމަށް ހާއްސަ ސެންޓަރެއް ވެސް ހުޅުވައިފަ އެވެ.

ސަރުކާރުގެ އެންމެ ބޮޑު އަދި މައި ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު "މިހާރު" އަށް ވިދާޅުވީ ހާއްސަ ސެންޓަރު އިތުރަށް ތަރައްގީކޮށް، އެތަނުގައި ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަމަކު އެކަމަށް އަދި ގިނަ ވަސީލަތްތައް ހޯދަން ޖެހޭތީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ފެށޭނެ ސީދާ ދުވަހެއް ވިދާޅުވާން ނޭނގޭ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ހިދުމަތް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަދަ ބޮޑުކަމެއް ކުރާއިރު، އެކަމަށް ތިއޭޓަރާއި އިކުއިޕްމަންޓް އެބަ ހޯދަން ޖެހޭ. އެކަން މިހާރު ކުރަމުން ދަނީ. އަޅުގަނޑުމެންގެ ވަރަށް ބޮޑެތި ޕްލޭންތަކެއް އެބަހުރި. އިރާދަކުރެއްވިއްޔާ ވަރަށް އަވަސް މުސްތަގުބަލެއްގައި އެ ހިދުމަތް ވެސް ދެވޭނެ،" ރާއްޖޭގައި ފުރަތަމަ ފަހަރަށް ކިޑްނީ ޓްރާސްޕްލާންޓް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މައުސޫމް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކިޑްނީގެ ބަލިތަކަށް ބޮޑެތި ފަރުވާ ހޯދުމަށް ނުވަތަ ޓްރާންސްޕްލާންޓް ހެދުމަށް މިހާރު ދާން ޖެހެނީ ރާއްޖެ އިން ބޭރަށެވެ. އެކަމަކު އެ ހިދުމަތް ރާއްޖޭގައި ދޭން ފެށުމަކީ ގިނަ ބަޔަކަށް އޭގެ ފަސޭހަ ލިބޭނެ ކަމެއް ކަމަށް މައުސޫމް ވިދާޅުވި އެވެ.

ކުރު މުއްދަތެއްގެ ތެރޭގައި އައިޖީއެމްއެޗުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުގައި އަލަށް ހުޅުވި ކާޑިއެކް ކެތު ލެބުގެ ބޭނުން ވެސް ވަރަށް ގިނަ ބަޔަކު ހިފާ ކަމަށެވެ.

މިދިޔަ ޖޫން މަހު ހުޅުވި ކެތު ލެބުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާއިރު އޭގެ ތެރެއިން 200 މީހުން، އެންޖިއޮގްރާމް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އެ ފަރުވާ ހޯދުމަށް ދުވާލަކު ގާތްގަނޑަކަށް 10 ވަރަކަށް މީހުން އެބަ ރާއްޖޭން ބޭރަށް ދާންޖެހޭ. އެކަމަކު މިހާރު އެ މީހުންނަށް ރާއްޖޭގައި ތިބެގެން އެބަ ފަރުވާ ހޯދޭ،" މައުސޫމް ވިދާޅުވި އެވެ.

"ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ފެށުމުން ވެސް އެ ފަސޭހަ ގިނަ ބަޔަކަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެން، "ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު"ގެ ނަމުގައި އައިޖީއެމްއެޗުގައި މިއަދު އަލަށް ހުޅުވި ސެންޓަރުގައި ކިޑްނީ ބަލިތަކުގެ އިތުރުން ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ވެސް ފަރުވާ ދެ އެވެ.

13 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 0%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު

21 November 2016

ތިޔަހޮސްޕިޓަލުގްއި ޑެންޓަލް ޚިދްމތްވެސްދޭ. ޢެހެނަސް ކީއްކުރާނީ އެޕޮއިންޓްމެންޓް ހެދުމަށްފަހު ދއތިންމަސްވާްިރވެސް ނުްެއްޖެހޭ. ދަށްބުޑުދުޅަވެ ދޮސްލަްނުބައިވީމާ ދާންޖެހެނީ ކޮލިނިކަކށް. ހުސްނުވާ އާސަންދަވިއްޔަ ކިއްކުރާނީI . މިޑިޕާރޓްމަންޓުންވެސް 4ބަލިމީހުންކަންނެގެ ބަލަނީ. ކިތައް ޑޮކްޓަރުންބާ ތިބެނީ މިތަނުގަްި އެކަކެބާ .

The name is already taken The name is available. Register?

މަންސޫރު

21 November 2016

ރަނގަޅު ސުރުހީއެއް. ތިޔަ ހޮސްޕިޓަލުގެ ކިޑްނީ އިނީ ބަދަލުކުރަން ވެފައި.

The name is already taken The name is available. Register?

އަލީ

21 November 2016

"މިދިޔަ ޖޫން މަހު ހުޅުވި ކެތު ލެބުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާއިރު އޭގެ ތެރެއިން 200 މީހުން، އެންޖިއޮގްރާމް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ." މާނައަކީ މި ކުލިނިކުން ބެލެނީ ދުވާލަކު 4 މީހުންނޭ އެހެން ނޫންތޯ؟؟

The name is already taken The name is available. Register?

ބީރުބޮލު

21 November 2016

ހުސްވި ޑިސެމްބަރ މަހު އާއިލާގެ ބަޔަކު މާލެއައިސް ޑޮކްޓަރަށްދެއްކުމާއި އޮޕްރޭޝަން ކުރުމަށް 18 ދުވަހު މާލޭގައި މަޑުކުރަންޖެހުނު. ކުލީ ކޮޓަރި އާއި ކެއުމުގެ ޚަރަދު 18*1200=21600 . އިންޑިއާއަށް ފޮނުވިނަމަ 7700 ރުފިޔާއިން ފުއްދައިލެވުނީސް. މާލޭގައި ކުއްތިބެންޖެހޭމީހުންނަށް ޚަރަދު ކުޑައީ އިންޑިޢާއަށް ފޮނުވިއްޔާ. އެހެންނޫނީ އާސަންދައިން މާލޭގައި ހުރުން ހަމަޖައްސައިދެއްވާ.

The name is already taken The name is available. Register?

ޢައްވާމް

21 November 2016

މިކަމަކީ ވަރަށް ރަގަޅު ކަމެއް، ރާއްޖެތެރެއިން ފަރުވާހޯދުމަށް އަންނަ ފަރާތްތަކަށް ފަރުވާގެ މުއްދަތުގައި ތިބެވޭނެ އަގުހެޔޮ އެކޮމޮޑޭޝަން ތައްޔާރު ކުރުމަށް އެވަނީ ފެށިފައި، އިންޝާﷲ މާލަސްތަކެއްނުވެ، އެކަމަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ، ރާއްޖެތެރޭގައި ނަރުދަމާއި، ފެނުގެ ޚިދުމަތް ގާއިމު ކުރުމުގެ ވަރަށް ގިނަ މަޝްރޫޢުތައްދަނީ ހިގަމުން، ނަމަވެސް ރުހުމުގެ ލޮލަކުން ޝުކުރުވެރި ހިތަކުން ނުބަލާ ނަމަ އެކަންކަން ނުފެންނާނެ،

The name is already taken The name is available. Register?

ޢަހްމަދު

21 November 2016

ތިބުނާ ކުރިއެރުމެއް ނޭގެ..ޑރ.އަލީ ޝަފީޤަށް ދައްކަން ނަން ނޯޓް ކޮށްފިން އޮގަސްޓް މަހު..އަދިވެސް 150 ވަރަކަށް ޕޭޝެންޓް އެބަތިބި ކުރިއަށް. ޑޮޓަރަށް މި ދެއްކެނީ ވެސް 6 މަސް ދުވަސް ފަހުން..މީ ފަހަކަށް އައިސް ތިއައި ކުރިއެރުމަކީ

The name is already taken The name is available. Register?

ސަހަރޯ

20 November 2016

ކިތައްމެހާވެސް އުފާވެރިއެވެ ނަމަވެސް ރާއްޖެތެރޭމީހާ ބޮޑަތިބަލިތަކައް ބޭސްކުރު މައް މާލޭގަތިބުމަކީ ބޮޑުތަކުލީފެކެވެ ހަރަދުބޮޑު އުންދަމްގުލާ ވޭންހުރިކަމެކެވެ

The name is already taken The name is available. Register?

GAN Island

20 November 2016

ރާއްޖެ އަންނަ ފަތުރުވެރިންނަށް މިއީ ''ދުނިޔެމަތީގެ ސުވަރުގެ'' ކަމަށް ހީވިޔަސް އަދި ބޭރުގެ ބައެއްފަރާތް ތަކުން ''ދިވެހިރާއްޖެ އަކީ ޤުދުރަތީ އަޖާއިބެއް'' ކަމަށް ބުނި ކަމުގައި ވިޔަސް 2030 ގެ ފަހުން ރާއްޖެ އާއި މެދު އެމީހުން ވާހަކަ ދައްކާން ޖެހޭނީ ''އެހެން ގޮތަކަށް'' ކަމުގައި ވުމީ އެކަށީގެންވާ ކަމެއް. . . 2030 ވަނަ އަހަރު ދިވެހިރާއްޖެ ކިޔާ ޤައުމަށް އަންނަ ފަތުރުވެރިން އެބުރި ޤައުމަށް ގޮސް ބުނާނެ ''ރާއްޖޭގެ ރައްޔިތުންގެ 2 ބައިކުޅަ އެއްބައި މީހުންނަކީ އެއް ކިޑްނީގެ އަހުލު ވެރިން'' ކަމަށް. . . އަދި ޒަމާނުއްސުރެން މިއަދާއި ހަމައަށް ވެސް ރާއްޖޭގެ ރައްޔިތުންނަށް އެއޮތް ހިތްފަސޭހަ ޤައުމު ވެފައިވަނީ ''ހުރަގެއެއް'' ކަމުގައި ކަމަށް. . . ޤުދުރަތީ ރީތިކަމާއި އަޖާައިބުގެ ވާހަކަ ވެސް ދައްކާން ޖެހޭނީ މުޅިން ތަފާތު ގޮތަކަށް. އެދުވަހުން އެމީހުން ބުނާނެ ''މީގެ 50 އަހަރު ކުރިން އަހަރެންގެ އުމުރުން 12 އަހަރުގައި އެ ޤައުމަށް ދިޔައިރު އެއީ ހަމަ ރަނގަޅަށް ވެސް ޤުދުރަތީ އަޖާއިބެއް'' އެހެން ނަމަވެސް ދައުލަތް ހިންގަވާން ތިއްބެވި މީހުންނާއި ''މަހުޖަނުން'' މިހާރު އެތަން ''ކަށިކަނބުރު ޖަންގައްޔަކަށް'' ހަދާލައިފިއޭ. ތިންސަތޭކަ މިލިޔަން ޑޮލަރުގެ ލަޤްޒަރީ ބްރިޖާއި 900 މިލިޔަން ޑޮލަރުގެ އެއަރޕޯޓާއި 145 މިލިޔަން ޑޮލަރުގެ 25 ބުރީގެ އިމާރާތް ހަދާ ތިޔަ ހޮސްޕިޓަލް ގައި ކިޑްނީ ބަދަލު ކުރިޔަސް ރާއްޖޭގެ އަތޮޅު ތަކުގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ޤާއިމުނުކޮށް އެމީހުން ''ގުއިވަޅުން ފެންބޮއެ ނަޖިސްފެނުން ފެންވަރާނަމަ'' ސިއްޙީ މައްސަލަ ތަކާއި ކިޑްނީ ކިރިގެން ދިއުން ނުހުއްޓުވޭނެ.

The name is already taken The name is available. Register?

ތިމަންނަ

20 November 2016

ތިވަރުންވެސް "އިއްޒަތްތެރިން" ތިޔަކަހަލަ ކަމެއް ކުރަންޖެހިއްޖެނަމަ ، ހަމަ ޔަގީނުންވެސް ދާނީ ރާއްޖެއިން ބޭރަށް......

The name is already taken The name is available. Register?

ދެރަ

20 November 2016

އައިޖީއެމްއެޗް ގަ ކުއްލިއަކަށްހުރެފަ ވާގިނެތިގެން ގެންދިޔައީމަވެސް ހުރިހާ ޓެސްޓެއް ހަދާފަ އެމް.އާރ.އައި ވެސް ހަދާފަ އެއްވެސް މައްސަލައެއްނެތޯ.... ދެންކީއްވެހޭ އެހެންވާންވީ... އެންމެ ފަހުން ރާއްޖޭން ވޭރަށް ފިޔައީމަ މިއެނގެނީ ސްޓްރޯކެއްކަންވެސް.... މާލޭގަ މިޝިނަރީޒް ވެސް އެބަހުރި... އެމެޝެނަރީޒް ބޭނުންކުރަން އިނގޭ މީހުން ނެތް... ނޫނީ ވ. މަދު... އެހެންނޫނީ އިނގެންޖެހޭނެއްނު. މިކަހަލަ ކަންތައްތަކަކީ ވަކި ގަޑިއިރެއްތެރޭ ފަރުވާ ދޭންޖެހޭ ކަންތައްތައް. ނޫނީ މުޅި އުމުރު އެކަމެއްގަ ތަހައްމަލު ކުރަންޖެހޭ ކަންތައްތަމެއް... ތި ފައްޓަން އުޅޭ ކަމަކީ ވެސް ވ. ބޮޑުކަމެއް.. .ބުނާނެ ވާހަކައެއްނެތް.. ނަމަކަށް ތިކަންތައްވެސް ނުފައްޓާތި... އެހެންނޫނީ ނިކަމެތިން ނަށް ހައްތަހާ ނިކަމެތިކަން ލިބޭނީވެސް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454