ވައްޑެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ކްލެމެންސީ ބޯޑުގެ މެމްބަރު ކަމުން އޭނާ ވަކި ކުރަން ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައި.---ފޮޓޯ: މަޖިލިސް
21 ނޮވެމްބަރ 2016 - 13:58
ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ކްލެމެންސީ ބޯޑުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގައި ހިމެނޭ ވައްޑެ، ކްލެމެންސީ ބޯޑުން ވަކި ކުރަން ފެންނަ ކަމަށް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ. ވައްޑެ ވަކި ކުރަން ނުފެންނަ ކަމަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
މައާފްކޮށްދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކްލެމެންސީ ބޯޑުން ވައްޑެ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ، ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަދި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގައި ހިމެނޭ އަލީ އާރިފެވެ. އެ މައްސަލަ ދިރާސާކުރި ގައުމީ ސަލާމަތުގެ ކޮމެޓީން ވަނީ އެ ބޯޑުން ވައްޑެ ވަކި ކުރުމަށް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
ވައްޑެ އަކީ ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމްސީލް ކުރައްވާ ހަމައެކަނި މެމްބަރެވެ. އެ ބޯޑަށް މެމްބަރުން އައްޔަންކޮށް އަދި މެމްބަރުން ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ވައްޑެ އަދާކުރައްވަން ޖެހޭ ޒިންމާތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރައްވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ، އާރިފް ހުށަހެޅުއްވީ ބޯޑުގެ މެމްބަރު ކަމުން ވައްޑެ ވަކިކުރަން ފެންނަ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދެއްވުމަށެވެ.
ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ. ކްލެމެންސީ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، ރައީސްގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވައިލި ބޯޑެކެވެ.
ވައްޑެ އެ ބޯޑުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.
އާރިފް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވަނީ ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ މަޖިލީހަށް އެކި އިސްލާހުތަކާއި ގަރާރުތައް ހުށަހަޅައިގެން ބާރުތައް ޖަމާ ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. ވައްޑެ މަގާމުން ވަކި ކުރުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި މަޖިލިސް ތަމްސީލް ކުރައްވަން ވައްޑެ ކުރައްވަނީ ބަލައިގަންނަން ޖެހޭ މަސައްކަތެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ކްލެމެންސީ ބޯޑުން ވައްޑެ ވަކި ކުރަން އުޅެނީ ވައްޑެގެ ނާގާބިލްކަމުން ނޫން ކަމަށާއި އެއީ ޖަލްސާތަކުގެ ހާޒިރީއަށް ބަލާފައި ކުރަން ނިންމި ކަމެއް ކަމަށެވެ. އަދި ކްލެމެންސީ ބޯޑުގެ ޖަލްސާތަކަށް ވައްޑެ އަށް ވަގުތު ނުދެވޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. ނަމަވެސް ވައްޑެ ވަނީ އެ ހުރިހާ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްޓޭ
21 November 2016
ވައްޑޭވެސް ނުބައިކޮޅައް ދިޔައީމަ ތިގޮތައްތިވަނީ.. ކުރިން ހަމަ އަހަރުމެންގެބާރުގަ އުޅެވުނެއް ނުން. މިހާރުވެސް ހަމަ އަންނަންވީ .. އެއިރުން ބާރާއިއާރު ލިބޭނެ. އހަރުމެނާއި ދެކޮޅައް ވާހަކަދައްކަންޏާ ޖަލައްވެސް ލާނެ. މިބުނީ ހަމަފިސާރިކެރިގެން.
ދުމަންހަމު
21 November 2016
މީ ފުކެއް ބޮޑުވަރު. ކޮމެންޓް ކުރަން ވަޒީފާ ދީފަހުރީމަ މެދުނުކެނޑި ކޮމެންޓްކުރުން ވަރަށް ހަޑި
ޕަޕެޓް ފެކްޝަން
21 November 2016
ވައްޑެ ސަލާމަތްކުރަން ވަރަށް ބޭނުންވި، ނަމަވެސް އަމިއްލަ އިޚްރިޔާރުގަ ވޯޓުލެވޭކަށްނެތް!
ށިންގް
21 November 2016
މިތާއެބަ ކޮމެންޓްކުރޭ ލިޓްލް ސިންގަޕޯއޭ ކިޔާފަ އިރުކޮޅުން މި މީހަކަށް ސިންގަޕޯރ ފެނުނުބާއޭ ހިތައްއަރަނި ސިންގަޕޯރ އަކީ ދުނިޔޭގެ އެންމެ ކޮރަޕްޝަން ދައްގައުމު ގާނޫނުތައް ވަކި މީހކަށް ނުބަލާ ތަންފީޒުކުރާ ގައުމު
ބިލީވް
21 November 2016
ކްލެމްސީ ބޯރޑް އިން ވައްޑެ ވަކި ކުރަން މަޖްލީހުން ފާސް ކޮށްފިނަމަ އެވާނީ އެއީ ރައްޔިތުން ބޭނުން ވެގެން ވައްޑޭ ވަކި ކުރީ ކަމަށެެވެ. ދެން އެއަކު ކުރާނެ ކަމެއް ނެތް މަމެން އަސްލު ޕިންކީން މެން ވެސް. މިވަގުތުން ފެށިގެން އެހެން އެމްޕީ އަކު މަމެން ތިކަމަށް އައްޔަން ކުރުމުގެ މަސައްކަތް ކުރާނަމެވެ. ދެން މިކަމުގައި ރަންރީނދޫ ޓްވިޓަރޭ މެން ރޫރޫ ނާޅާ ތިބެ ބަލަ މަޑުމަޑުން. ކިހާ ދެރަ ކަމެއް ތަމެންނާއި ހެދި މަމެންނަށް އަރާމެއް ވެސް ކޮށްލާނެ ވަގުތެއް ނުވެއޭ އިނގޭ. ޔުއަރ ބިލީވް އިޒް ނޮޓް އަވަރ ބިލީވް، ބަޓް އަވަރ ބިލީވް ވިލް ބީ އެޕްލައިޑް އިނގޭ.
މާލޭ އަހުމަދު
21 November 2016
ފުރަތަމަ ފަހަރަށް އަދި ލައިކެއް ތި ލިބުނީ ދޯ.ރެޗޯދެއް ކޯއްކޯ
ރަބަރޭ
21 November 2016
ދިވެހިރާއްޖެ ޑިކްޓޭޓަރެއްގެ އަތް ދަށުގަ.
ޅަބޭ
21 November 2016
ވައްޑެވެސް ދެން އެންމެ އަވަހައް ފެންނާނީ ދޫނިދޫ ކުޑަގޮޅިއަކުން. އިދިކޮޅު އެންމެންގެ ބޮލުގަ ޓެރެރިޒަމްގެ ބަދުނާމު އަޅުވާފަ ޖަލައް. މީ ޔާމީނު ވެރިކަންކުރާ ފޯރމިއުލާ.
އައިތިންކް
21 November 2016
ކްލެމްސީ ބޯރޑް އިން ވައްޑެ ވަކި ކޮށްފިއެވެ. ދެރައެވެ. އެކަމަކު މަޖްލީހުން ފާސްވިއެވެ. ދެން ވަކިވީއެވެ. އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. މަމެން ޕިންކީން ބޭނުންވަނީ އިތުބާރު ކުރެވޭ އެމްޕީ އަކު ކްލެމްސީ ބޯރޑް ގައި ބަހައްޓަން. ދެން މަމެން މިކަން ދޭނީ ރީކޯ މޫސާ މަނިކު އަށެެވެ. އެއިރުން މަމެންނަށް އެމްޑީޕީގެ ބެކް ބޯން ލިބުނީ އެވެ. އެއިރުން ރަންރީނދޫ ކުދިންނަށް މަމެން ދެން ނޮޅާ ނުލެވޭނެއެވެ. ދިސް ކުޑް ބީ އިޓް. އައި ތިންކް ވީއާރ ޑުއިންގް ފައިން.
އަހުމަދު
21 November 2016
ވަރަށް ރަގަޅު ނިންމުމެންކަން ފާހަގަ ކުރަން
އަޙްމަދު
21 November 2016
މަޖިލީހުގެ މެޖޯރިޓީ ލިބުމުން ބޭނުން ގޮތަކަށް ކަންތައް ކުރަނީ.