ޚަބަރު / ކުޑަކުދިން

ކޮވިޑް ޖެހިގެން ހަތް އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ސިއްހީ ހިދުމަތްތެރިންތަކެއް މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކިޑްނީ ބައްޔަށް ބޭސް ކުރަން މާލެ އައިތަނުން، ހަތް އަހަރުގެ ކުއްޖަކަށް ކޮވިޑް-19 ޖެހި، ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާ ކުޑަ ކުއްޖެއްގެ ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ.

ތ. ވިލުފުށީގެ އެ އަންހެން ކުއްޖާގެ ބައްޕަ، "މިހާރު"އަށް ބުނީ، އޭނާގެ ދަރިފުޅަކީ އެންމެ ތުއްތު އިރުއްސުރެ، ކިޑްނީ ބައްޔަކަށް ފަރުވާ ކުރަމުންދާ ކުއްޖެއް ކަމަށެވެ. ރަށުން އެންމެ ރަނގަޅު ފަރުވާ ނުލިބޭތީ، ކޮންމެ މަހަކު އެއް ފަހަރު ވެސް ދަރިފުޅު ގޮވައިގެން މާލެ އަންނަން ޖެހޭ ކަމަށާއި އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެކަން ގަވައިދުން ނުކުރެވޭ ކަމަށް ބުންޏެވެ.

ކޮވިޑާ ހެދި މިހާރު އޭނާ ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދައްކަން މާލެ އަންނަނީ ކޮންމެ ތިން މަހަކުންނެވެ.

"މި ފަހަރު ވެސް މާލެ ނާދެވި އުޅެނިކޮށް ދަރިފުޅު ބަލިވާން ފެށީ. އެހެންވެ، އިތުރު ގޮތެއް ނެތިގެން މާލެެ މި އައީ ވެސް،" ކުޑަކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ދަރިފުޅު ގޮވައިގެން މާލެ އައިތާ ހަތަރު ވަނަ ދުވަހު އެ ކުއްޖާ އަށް ކޮވިޑް ޖެހުނެވެ. އެކަމަކު ހާލު ސީރިއަސްވާން ފެށީ ބަލި ޖެހުނުތާ 10 ވަރަކަށް ދުވަސް ފަހުން ކަމަށް ބުންޏެވެ.

ހާލު ދެރަވެ، ކުޑަކުއްޖާ ވެންޓިލޭޓަރަށް ލީ ރޭގަ އެވެ. އަދި އޭނާގެ ހާލަތަކަށް ބަދަލެއް ނާދެ އެވެ.

ކިޑްނީ ބަލި ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ކޮވިޑްގެ ނުރައްކާ ވަރަށް ބޮޑެވެ. ރާއްޖޭގައި މިހާތަނަށް ބަލީގައި މަރުވި މީހުންގެ ތެރެއިން، ގިނަ މީހުންނަކީ މި ފަދަ ބައްޔެއް ތަހައްމަލު ކުރި މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް ގިނަ އަދަދެއްގެ ކުޑަކުދިންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއްޔެ ބުނިގޮތުގައި އުމުރުން 10 އަހަރުން ދަށުގެ 5،131 ކުއްޖަކަށް މި އަހަރުގެ މިހާތަނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އެ އިދާރާ އިން ބުނީ، މިދިޔަ ޖެނުއަރީ މަހުންް ފެށިގެން ކޮންމެ ދުވަހަކު ވެސް އުމުރުން 10 އަހަރުން ދަށުގެ 52 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވާ ކަމަށެވެ.

14 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތުމަތު

29 May 2021

ޔާ الله ތިބާގެ ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި .. ﺁﻣــــــــــــــــــﻴﻦ ﻳَﺎ ﺭَﺏَّ ﺍﻟْﻌَﺎﻟَﻤِــــــــــﻴْﻦ ??

The name is already taken The name is available. Register?

މިނިމަލް

29 May 2021

މާތް ﷲ ކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި، އާމީން

The name is already taken The name is available. Register?

ސަމަރޭ

29 May 2021

ހިނގާ ހުރިހާ އެންމެން ދުއާ ކުރަމާ އެ ކޮއްކޮއަށް.. ﷲޔާ އެކުއްޖާއަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވާ އެ ކުއްޖާގެ މައިންބަފައިންގެ ހިތަށް އުފާވެރިކަމާ ހިތްހަމަ ޖެހުން ލައްވާނދޭވެ.. އަދި ކޮވިޑް ބައްޔާއި އެހެނިހެން ބަލިތަކާ ހިތާމައާއި ވޭން ތަހައްމަލު ކުރަމުންދާ އެންމެހާ ފަރާތްތަކަށް ޝިފާ ދެއްވާ ހިތްހަމަޖެހުން ދެއްވާނދޭވެ... އާމީން...

The name is already taken The name is available. Register?

ޜޯމަންއެތިކސް

28 May 2021

މި ޕޯސްޓާއެކު އެހީ ޖަމާ ކުރަން އެކައުންޓެއް ދީފައިންނަމަ ވަރަށް ފުރިހަމަވީސް... އެހީއައް އެދިފަ ނެތަސް.. އެހީވާން ބޭނުން

The name is already taken The name is available. Register?

ވިސްނާށޭ

28 May 2021

ތިހާބަލިކުއްޖެ ކޮވިޑު ޖެހޭއިރައް ޑޮކްޓަރ ދައްކަންވާނެ ކަން މައިންބަފައިންނަށް އިގެންވާނެ ދެކެން، 10 ދުވަހަކީ މާބޮޑުމުއްދަތެއް، ﷲގެ ތަނަވަސް ރަހުމަތުން ސިފާ ލެއްވުމަށްއެދި ދުއާ ކުރަން. އާމިން

The name is already taken The name is available. Register?

މިހާރުގަ

28 May 2021

މާލެ އެރުމަކީ ބޮޑު ބިރެއް. ބޭސްކުރަން ދިއަ ބައްޔަށްވުރެ ބޮޑު ބައްޔެއް ދެން ޖެހެނީ ކިތަންމެ ބަލައިގެން އުޅުނަސް.

The name is already taken The name is available. Register?

މަރީ

28 May 2021

އެއީ ހަތްއަހަރުގެ ކުޑަކުއްޖެއް..އެހެންވީމާ ވެކްސިން އެއް ނުޖެހޭނެތާ

The name is already taken The name is available. Register?

އާއިސާ

28 May 2021

ނޫސްވެރިންނޭވެ. ތިފަދަ ކޮންމެ ކޭސް އެއްގައި ވެކްސިން ޖެހިކަން ނުވަތަ ނޫންންކަންވެސް ސާފްކޮއްދެއްވާފައި ޖަހާލަދީބަލަ.

The name is already taken The name is available. Register?

ށަންފަ

28 May 2021

ކުޑަކުދިންނަށް ވެކްސިން ނުޖަހާ އަދި އެއް. ނޫސް ކިޔާ މީހުންނަށް މިވަރު އެނގޭނެ.

The name is already taken The name is available. Register?

އަހުމަދު އަހުމަދު

28 May 2021

ވެކްސިންޖަހާ އުމުރަށްވުރެ ހަގު ކުއްޖެއް.

The name is already taken The name is available. Register?

ޭައެލީސާ

28 May 2021

މި އުމުރުގެ ކުދިންނަކަށް ވެކްސިން ނުޖަހައެއްނު. މި ތުއްތު ކުއްޖާއަށް އަވަސް ޝިފާ ދެއްވާށި.

The name is already taken The name is available. Register?

ނަދީމާ

28 May 2021

ބަލަ އެއީ ކުޑަކުއްޖެކޭ. ކުޑަކުދިންނަށް ވެކްސިން ޖެހޭތަ؟

The name is already taken The name is available. Register?

ވެކްސިން1212

28 May 2021

18 އަހަރު ނުވާ ކުދިންނަށް ވެކްސިން ނުޖަހާނެ

The name is already taken The name is available. Register?

ނޯއިޓްއޯލް

28 May 2021

ފުރަތަމަ ކަމަކަށް ރާއްޖޭގަ ކުޑަކުދިންނަށް ވެކްސިން އަދި ޖަ ހައިނުދޭ. ދެވަނަ ކަމަކަށް، ބަލި ޖެ ހޭ މީ ހުންނާ، ބޮޑުވަރު ވާ މީ ހުންގެ ތެރެއިން ކިތައް އިންސައްތަ މީ ހުންތޯ ވެކްސިން ނުޖަ ހަނީ، ކިތައް އިންސައްތަތޯ އެއް ޑޯޒް ޖެ ހީ، އަދި ދެ ޑޯޒް ޖެ ހީ ދަނީ ހާމަކުރަމުން. އެއީ ސިއްރެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454