ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ހައިތަމްގެ އަނބިކަނބަލުން ޝަޖާން މުއާޒްއާ މިރޭ މަގުމަތިން ދިމާކޮށް، އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ ހައިތަމްގެ އަނބިކަނބަލުންނާ ބަޔަކު ދިމާކޮށްލައި އަޑުގަދަކޮށް، އިންޒާރު ދީފައިވާ ކަމަށެވެ. އެ މައްސަލަައިގެ ރިޕޯޓު ލިބުމާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ކަމާ ގުޅިގެން ހައިތަމްގެ އަނބިކަނބަލުންނަށް ލިބުނު ޝޮކެއްގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުން މިރޭ ފަރުވާ ހޯދި އެވެ.
ހައިތަމްގެ އަނބިކަނބަލުންނަށް އިންޒާރު ދިނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.