ރައީސް އޮފީހުގެ ތަރުޖަމާނުގެ ހައިސިއްޔަތުން ބޭއްވެވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި މަބްރޫކް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
30 ޖޫން 2021 - 15:40
ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ޖެހޭ ގޮތަށް ގާނޫނުތަކަށް ގެނައި އިސްލާހު މިއަދު ތަސްދީގުކުރައްވާފައި ވާއިރު، އަދި އެކަން ހަމަޖެހިފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި ދޭންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
މި ގާނޫނު ތަސްދީގުކުރެއްވުމާ އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ދައުލަތުގެ މައްޗަށް ލާޒިމުވާނެ އެވެ.
ރައީސްގެ ތަރުޖަމާން މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ މި ގާނޫނަށް ތަސްދީގުކުރެވުމާ އެކު ދެބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެ ދެ ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ އަށް ގެކޮޅެއް ހަމަޖައްސައިދިނުމުގެ އިތުރުން ދައުލަތުން އެ ދެ ބޭފުޅުންނަށް މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހެ އެވެ.
ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް ގާނޫނުގައިވެ އެވެ.
މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވުމަށް ކަނޑައަޅާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް މި ގާނޫނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އާއިލާ ދިރިއުޅުއްވާ ގެކޮޅަށް ބޭނުންވާ މުވައްޒަފުން ހޯދަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުންނެވެ. އަދި އުއްތަމަ ފަނޑިޔާރާއި އާއިލާ ތިއްބަވާ ގެކޮޅަށް މުވައްޒަފުން ހޯދައިދިނުމުގެ ކަންކަން ނިންމަން ޖެހެނީ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުންނެވެ.
ދައުލަތުގެ ދެ ބާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ނިންމީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެންނެވެ. އެ ހަމަލާ ދިންއިރު އެ މަނިކުފާނު ދިރިއުޅުއްވަނީ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ.
އުއްތަމަ ފަނޑިޔާރު ވެސް ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅުގަ އެވެ.
ރައީސާއި ނައިބު ރައީސަށް ދައުލަތުން އަބަދު ވެސް ރަސްމީ ގެކޮޅަކާއި މުވައްޒަފުން ހަމަޖައްސައިދެ އެވެ. މިހާރުގެ ރައީސާއި އާއިލާ މުލީއާ ގޭގައި ދިރިއުޅުއްވާއިރު، ނައިބު ރައީސް ފައިސަލް ނަސީމާއި އާއިލާގެ ރަސްމީ ގެކޮޅަކީ ހިލާލީގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ ބޮޑޭ
01 July 2021
ތިގާނޫނުގަ އާއިލާ ވަކިކޮއްދެވިފަ ނުވާކަމީދެރަކަމެއް! ތިމާދަރިންނާ ބޮޑުބެ ކުޑަބެ ދޮންތަ ފަހަރި ޅިޔަނު މިއެއްމެންކީ ވެސް އާއިލާގެ މެމްބަރުންތޯ!
ޑޯނާ
02 July 2021
ޤާނޫނު ކިންތަ؟ ވަކިކޮށްދީފަ އޮތީ
ޗިޗަންޑާ20
01 July 2021
އައްނިމެން ދައުލަތުގެ ހަރަދުގަ އުޅެން ޖެހި ސްޓަންޓަކާ ވައްތަރީ. އެއީ ޑީމޯކްރެސީ.
ޖޮންގޯރު
01 July 2021
އެޖެންޑާ 19 އަކީ މީ ދެއްތޯ؟ ރައްޔިތަކަށް ނެތޭ ބޯހިޔާވެހިކަމެއް ހޯދައިދެވިފައެއް ތި އެޖެންޑާ އަކުން
އައްބެ
01 July 2021
މަޖިލީހުގެ ރައީސަށް ރަނގަޅުވާނެ އިންޑިޔާ އެމްބަސީން ކޮޓަރިއެއް ހަމަޖެއްސުން. އެބޭފުޅާ މީގެ ކުރިންވަނީ އެތަނުން ހިމާޔަތް ހޯދާފައި އަދި ދެއްވި މެހުމާންދާރީއަށް ޝުކުރުދަންނަވާފައި. އޭރުން ދައުލަތުގެ ޚަރަދުކުޑަވެފައި އެބޭފުޅާ ހިތުން ރުހުމުން އެކަން ޤަބޫލުފުޅު ކުރައްވާނެ.
ކްރިޓިކް
01 July 2021
ބޮޑުބާރުތަކުގެވެރިންގެ ސަލާމަތަށްވެސް ބަލަންޖެހޭނެއެވެ. އެކަމަކު ދައުލަތުގެ ފުދުންތެރި ކަމަށް އަދިމާބޮޑަށެވެ. މިއަދު ބާރުތަކުގެ ވެރިންނަށް،މާދަމާ ވަޒީރުންނަށް، އަނެއްދުވަހުން މިނިވަން މުއައްސަސާތަ ކުގެވެރިންނަށެވެ. އުޅުއްވާނެ ތަނަކާއެކު މުވައްޒަފުންގެ ވާހަކަވެސް އެބައޮވެއެވެ. ސަލާމަތެއް އެބައޮތްހެއްެވެ؟ދައުލަތް މިއޮތީ ދަރާވިކިފައެވެ.
ވެރިންގެ ގެ
01 July 2021
ދެން ކިންގް ސަލްމާން މިސްކިތުގެ 2 ފްލޯ 2 ވެރިންގެ އެކޮމޮޑޭޝަން އަށް ހަމަޖައްސާ
ނަށީދު.
01 July 2021
ދައުލަތަށް ލާޒިމް ވާ ބައިވަރުކަންކަން އެބަހުރި.
ކަބައްޑި
01 July 2021
އެމްއެމްއޭ މަބްރޫކް އަ. އަޒީޒް ފޯރ ޕްރެޒިޑެންޓް.
އަލީ ވަހީދު
30 June 2021
މިނޫނިއްޔާ ނުފޯރާފޮތިން ފޫގަޅައިގެން އުޅޭގައުމެއްނޯންނާނެ މުއްސަނދި ގައުމުތަކުންކަން ކުރާގޮތައްކންކުރަން އުޅެނީ އެކަމަކު އެންމެފަހރަކުވެސް ހިތަކަށްނާރާ ކޮލަންބިޔާ އާ ބެންކޮކާ އިދެގެން ލިބިފައޮތް ގައުމެއްކަމެއް
ކުދިބޮލި
30 June 2021
ބޭކާރު ޚަރެދެއް. މި އުޅެނީ ލާރި ގިނަވެގެން ހަދާނެ ގޮތެއްނެތިގެންތަ!؟