ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އަރިހުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް (ވ) އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ކ).---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
07 ޖުލައި 2021 - 12:55
ރަސްމީ ގެކޮޅެއް ތައްޔާރުވަންދެން، ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ވަގުތީ ގެކޮޅެއް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅުގެ ގޮތުގައި ހަމަޖައްސާނެ ތަންތަން މިހާރު ކަނޑައަޅާފައި ކަމަށެވެ. އެކަމަކު އެ ތަންތަން މަރާމާތު ކުރުމަށް އަދި އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ތަންތަނެއް ކަމަށް ވިދާޅެއް ނުވެ އެވެ.
ވަގުތީ ގޮތުން ހަމަޖެއްސެވި ތަންތަނުގެ ތަފުސީލެއް ވެސް އަދި ނުދެއްވަ އެވެ.
"ވަގުތީ ގެކޮޅުތައް މިހާރު ވަނީ ހަމަޖައްސައިފައި. އެ ތަންތަން ރިނޮވޭޓްކޮށް، ރިފާބިޝްމަންޓްގެ އެންމެފަހުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން،" މަބްރޫކް ވިދާޅުވި އެވެ.
ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވިތާ މިއަދަށް ވަނީ ހަފުތާއެއް ވެފަ އެވެ.
މި ގާނޫނު ތަސްދީގުކުރެއްވުމާ އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ދައުލަތުގެ މައްޗަށް ލާޒިމުވި އެވެ.
އެ ދެ ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ އަށް ގެކޮޅެއް ހަމަޖައްސައިދިނުމުގެ އިތުރުން ދައުލަތުން އެ ދެ ބޭފުޅުންނަށް މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހެ އެވެ.
ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް ގާނޫނުގައިވެ އެވެ.
މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވުމަށް ކަނޑައަޅާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް މި ގާނޫނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އާއިލާ ދިރިއުޅުއްވާ ގެކޮޅަށް ބޭނުންވާ މުވައްޒަފުން ހޯދަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުންނެވެ. އަދި އުއްތަމަ ފަނޑިޔާރާއި އާއިލާ ތިއްބަވާ ގެކޮޅަށް މުވައްޒަފުން ހޯދައިދިނުމުގެ ކަންކަން ނިންމަން ޖެހެނީ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުންނެވެ.
ދައުލަތުގެ ދެ ބާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ނިންމީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެންނެވެ. އެ ހަމަލާ ދިންއިރު އެ މަނިކުފާނު ދިރިއުޅުއްވަނީ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ.
އުއްތަމަ ފަނޑިޔާރު ވެސް ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅުގަ އެވެ.
ރައީސާއި ނައިބު ރައީސަށް ދައުލަތުން އަބަދު ވެސް ރަސްމީ ގެކޮޅަކާއި މުވައްޒަފުން ހަމަޖައްސައިދެ އެވެ. މިހާރުގެ ރައީސާއި އާއިލާ މުލީއާ ގޭގައި ދިރިއުޅުއްވާއިރު، ނައިބު ރައީސް ފައިސަލް ނަސީމާއި އާއިލާގެ ރަސްމީ ގެކޮޅަކީ ހިލާލީގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާއިޒުބެ
10 July 2021
2008 ގަ ދައުލަތުގެ ބޮޑުންގެ ހަހަރަދު ތައް ބޮޑުވެގެން ތީމުގެ ވެސް ތަޅާލާ ހިސާބަށް ރައްޔިތުން ގުބޯ ހައްދައި ބޮލަށް ސަވާރުވު މީހުން މިއަދު ބޭނުންވަނީ އުތުރު ކޮރެޔާގެ ޑިކްޓޭޓަރުގެ އުޅުން ދައުލަތުގެ ހަހަރަދުގައި. ހާދިމުން ޝެފުން ނާނާފުޅު ފިއްލަވާނެ މީހުން ވިހެދޭ މީހުން ބާޒާރު ކޮށްދޭ މީހުން..އަދި ކޮބައި ސެކިއުރިޓީއަށް ދާ ހަހަރަދު؟؟؟ ކީ ހުހުރިހާ ޅެމެއް ފަރިއްސަށްވެ ދައުލަތް ދަވާލުމުގެ ފެށުންބާ؟؟؟؟ބާކީ އެއްޗެއް އޮންނާނެބާ ރައްޔިތުންނަށް؟؟
ވޮޗްޑޯގް
07 July 2021
ވެރިންނަށް ކާންދީ ބޯންދީ ހެދުމަކީ ދައުލަތުގެ ޒިންމާއެއް ނޫން. އެހެންވީމާ އެ ހަރަދު އަމިއްލައަށް ހަމަޖައްސާނެ ކަމަށް އުންމީދުކުރަން. ގެކޮޅުގެ މުވައްޒަަފުންގެ ގޮތުގައި ޝެފުންނާއި ގޭތެރެ ސާފުކުރާ މީހުން ހިމެނިގެން ނުވަނޭ، އަދި 18 އަހަރު ފުރިފައި ތިބޭ ދަރިން ދާއިމީކޮށް ދިރިއުޅޭ ތަނަކަށް ވެސް ރަސްމީގެކޮޅު ވެގެން ނުވާނެ.
ދޮރު
07 July 2021
ބޭކާރު ޚަރަދުތަކެއް. ހުއްޓާލާ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
07 July 2021
އުއްތަމަގެ ގެކޮޅުގާ ހަރުކުރީ ރިހިފާޚާނާތަށިކަމަށްވަންޏާ ބޮޑުވަޒީރުގެކޮޅުގާ ހަރުކުރެވިފާހުންނަންޖެހޭނީ ރަންތަށި. ހަމަގައިމުވެސް އުއްތަމައަށްވުރެ ބޮޑޭ މަތިވާނެ.
ކިނބޫ
07 July 2021
ދެމީހުން ވެގެން ރާވާ ހިޔަޅު ރޭވުން. އެވަރު ކަމެއް ކޮށްގެން ނޫނީ ގެކޮޅު ހަމަނުޖެއްސެނީތަ ހަމަ!
ހުރިހާބސް
07 July 2021
މަޖިލީހުގެ ރައީސާ އުއްތަމަ ފަންޑިޔާރާއި ނައިބުރައީސް ފަރުކޯޅުފުއްޓަށް ގެންދަން ވީ އަދި ފަރުކޯޅު ފުށީގައި މަިލީސްގެ އިދާރާވެސް ހަދަންވީ އޭރުން ސެކިއުރިޜީ ބަލަހަޢްޓަން ފަސޭހަވެފައި ދައުލަތަށް ޚަރަދުވެސް ކުޑަވާނެ! ދެން ކޮތަރުކޮށީން އެއްކޮށި ބަހައްޓާނީ މަޖިލީސް މެންބަރުންނަށް މެންބަރުކަމުގައި ހުރިހާދުވަހަކު އެތާންގައި ހުރެވޭގޮތަށް މެންބަރުކަމުންވަކިވީމާ ރަށައްދފާން ޖެހޭނީ ނޫނީ އަގުބޮޑު ފުލެޓް ގަނެގެންދާންވީ!
786
07 July 2021
ވަރަށް ދެރަ, އަނެއްކާ އިތުރު ޚަރަދުތަކެއް, އާއްމު ރައްޔިތުންނަށް އޮތީ ހަމަ އެކަނި ޓެކްސް ދައްކާލަ ދައްކާލާ ތިބުން
ގެކޮޅު
07 July 2021
މުސާރައިން ކެނޑޭގޮތަށް ޚަރަދު ބަރަދު ހަމަޖައްސަމާ. ނޫނީ އެ ގެތަކަށް ހިނގާ ޚަރަދު ވާނެ ރައްޔިތުންނަށް ފެންނަގޮތަށް ހާމަކޮށްދޭން. އުޅޭތަ ތަން ދީފަ އަދި ނުވީތާކަށް، ދިރިއުޅޭ ތަނުގެ ޚަރަދު ހަމަޖައްސަން އެލަވަންސްދީފަ. މިއީ ދެން ކޮންކަމެއް!
ރަދީފު ބިިން ރަފައިދާ
07 July 2021
ރޫޙާނީލީޑަރު ކަމެއްވިއްޔާ އެއްލަކިން ނިމިގެންދާނެ. ރައްޔިތުންކަމެއްވިޔާ................ ދެން އެވާހަކަ ނުދެއްކިޔާ ރަނގަޅުވާނީ.