އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު
14 ސެޕްޓެމްބަރ 2021 - 22:16
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެކި ދާއިރާތަކުގެ ގޮނޑިތަކަށް ވާދަކުރި 100 އަށް ވުރެ ކެންޑިޑޭޓުން، ވޯޓަކާ ނުލައި މިއަދު ހޮވިއްޖެ އެވެ.
މި އިންތިހާބުގައި އެކި ދާއިރާތަކުން އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުން ވޯޓަށް ނުގޮސް ހޮވުނު ކެންޑިޑޭޓުންގެ ލިސްޓު އެ ޕާޓީން ވަނީ އާންމުކޮށްފަ އެވެ. މި ލިސްޓުގައިވާ ގޮތުން ވޯޓަކާ ނުލައި 165 ކެންޑިޑޭޓަކު ވަނީ އެކި ދާއިރާތަކަށް ހޮވިފަ އެވެ. ސަބަބަކީ އެ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލައިފައި ނެތުމެވެ.
އެމްޑީޕީގެ ގައުމީ ދާއިރާތަކުގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވަނީ މި މަހުގެ 25 ގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގުޅުން ގޯސްވެފައިވާކަން އެނގުނު ހިސާބުން، މި އިންތިހާބުގެ ވާދަވެރިކަން ވެސް އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ ޕާޓީ މިހާރު ދެ ފެކްޝަނަކަށް ބެހިފައިވާއިރު، ދެބައި މީހުންގެ މެދުގައި ވެސް ވާދަވެރިކަން ވަރަށް ބޮޑެވެ.
މި އިންތިހާބުގައި އެމްޑީޕީގެ 90،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އަދި މި އިންތިހާބުގައި 455 މަގާމަކަށް މީހުން ހޮވަން ނިންމާފައިވާއިރު، 700 އަށް ވުރެ ކެންޑިޑޭޓުން އަންނަނީ ވާދަކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާޕާޓީ
15 September 2021
ތިޔާގެން އެނގޭ އެއްޗަކީ މީހުންމަދުކަންޕާޓީގަ
ރީނދޫ ކުލައިން ރަނަށް ގިރިޓީ ކުރުން
15 September 2021
ޑިމޮކްރެސީގެ ބަފާ އޭ ކިޔާ މީހުންގެ ކަންތައް ހުރި ހިސާބު މި ފަހު ޒަމާނުން މިދަނީ ފެންނަމުން.ތިމާމެން ހިތްއެދޭކަމެއް އަނެއް މީހާ އާ ދެކޮޅަށް ކުރަން ބޭނުންނަމަ ޑިމޮކްރެސީ އެ ބާއްވަނީ ޖީބުގައި އޮންނަ ވޮލެޓްގައި ނުވަތަ އަތްދަބަހުގައި.ރީނދޫ މީހުން މި ގައުމުގައި ބޮއްސުންލާފިޔޭ.
ރަދީފު ބިން ރަފައިދާ
14 September 2021
ވާދަވެރިކަން ދެފެކްޝަންގެމެދުގާ ވަރަށް ރަނގަަޅަށް ފެނިއްޖެއްނު. 100 މީހުން އެހޮވުނީ ދިއްކޮލި ތަބަކަކުން. ކޮބާ ލަދު؟
ހާމަ333
14 September 2021
ސާބަހޭ ޑިމްކްރަސީ ފައްކާވެ ދޮންވެ ފާވަނީ ތިއޮ...