ޚަބަރު / ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކުގެ ކޮމާޝަލް ސަރަހައްދުގައި ޑޭ ކެއާ ސެންޓަރެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ޓަވަރުތައް: މި ޓަވަރުތަކުގެ ގްރައުންޑް ފްލޯ ހާއްސަކޮށްްފައި ވަނީ ވިޔަފާރީގެ ބޭނުންތަކަށް-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ޓަވަރުތަކުގެ ތެރެއިން "އެޗް3" ގެ ކޮމާޝަލް އޭރިއާގައި ޑޭކެއާ ސެންޓަރެއް ހަދާނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާންކޮށްފި އެވެ.

އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައިވާއިރު، އެޗްޑީސީން ބުނީ ޑޭކެއާ ސެންޓަރު ހެދުމަށް އޮތް ޖާގައަކީ 2،190.88 އަކަފޫޓު ކަމަށެވެ.

އިއުލާނުގައިވާ ގޮތުން، ޑޭކެއާ ސެންޓަރު ހެދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ފުރުސަތަކީ އަންނަ ނޮވެމްބަރު 17 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. ޕްރޮޕޯސަލާއެކު ބިޑް ސެކިއުރިޓީ ވެސް ހުށަހަޅަން ޖެހޭ ކަމަށް އެޗްޑީސީން ބުންޏެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ބާއްވާ ބައްދަލުވުންތަކާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ސާފުކުރެވޭނެ އެވެ.

ހިޔާ ފްލެޓްތަކަށް މިހާރު 300 އެއްހާ އާއިލާ ބަދަލުވެފައިވާއިރު، އެޗްޑީސީން އަންނަނީ އެ ތަނުގެ ކޮމާޝަލް އޭރިއާ އެކި ބޭނުންތަކަށް ދޫކުރަމުންނެވެ. އޭގެ ތެރޭގައި ސެލޫންތަކާއި ކްލިނިކް އަދި ވިޔަފާރިތައް ހުޅުވުމަށް އެކި ފަރާތްތަކާ ހަވާލުކޮށް މިހާރު މަސައްކަތް ކުރިއަށް އެބަދެ އެވެ.

10 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

789654

23 October 2021

ތިޔަސަރަހައްދުގަ ސެކުއިރިޓީ ޕޯސްޓްތަކެއް ހަދާފަ، ސެކިއުރިޓީ ސްޓާފުންގެ އެންގުންތަކަށް ކިޔަމަންނުވާމީހުން ހަފްތާއެއްވަންދެން ބަންދުކުރެވޭ ކަހަލަ ކުދި ގޮޅި ފެސިލީޓީ އެއް ހަދަންވީ.

The name is already taken The name is available. Register?

އަހްމެތް އަލްޕް

23 October 2021

ތިތަނުގައި ކޯޕަރޭޓް-ލޯކަލް ކައުންސިލް އެއް ހަދަން އިއުލާނު ކުރަންވީނު

The name is already taken The name is available. Register?

ކުރުކޮށް

22 October 2021

ނުހެދޭނެ ތަނަކީ ނަމާދުކުރާނެ ވަގުތީ މިސްކިތަތަކަކާއި ދާއިމީ މިސްކިތް އަދި މަގުތަކުގައި ތާރު އެޅުމާއި ސަހަރުގެ މަގުޔައް ދިއްލުން

The name is already taken The name is available. Register?

ކޮރަލް

22 October 2021

ޑޭކެއަރ ސެންޓަރ އަށް ކިޔަނީ ކުޑަކުދީން ބަލަހައްޓާ މަރުކަޒެވެ. ދެން ބެލެނިވެރީން މަސައްކަތައް ދާނީ ކުޑަ ކުދީން އެތާ ބަހައްޓާފަ އެވެ.

The name is already taken The name is available. Register?

ޙަމަހައިރާން

22 October 2021

ނަމާދުކުރާނެ މިސްކިތެއް އެޗްޑީސީއަށް 3 އަހަރުން ނޭޅުނު. މިހާރު ބަޔަކު ހަޅޭއްލަވާގަނެ ނޫސްތަކަށް ހަބަރު އެރީމާ ވަގުތީ މިދްކިތެއް އަޅަން ފެށީ. ޢެތަން އަޅާ ސްޕީޑު ކޮންމެދުވަހަކުވެސް އެެބަފެނޭ. 2 މަސައްކަތުމީހުން ކުޑަ ބާލިދީއަކުން ކޮންކްރީޓް އަޅަނީ ދެން ވަޅުތައްކޮންނަނީ ނާށިން. ޢެވަރު ކުންފުންޏަކަށް އެމަސައްކަތް ހަވާލުކޮށްގެން ކޮންމެސްބަޔަކަށް ނާޖާއިޒް ފައިދާތަކެއްވާނެކަންނޭގެ. ޢެކަމް ރައްޔިތުމީޙާއަށް ތަންނުނިމިގެން ގެއްލުންވަނީ.

The name is already taken The name is available. Register?

ދިވެހިމީހުން

22 October 2021

މީހުން ނަމާދު ކުރާނެ ތަނެއް ނޫންތަ ހަދަންވީ އެންމެ ފުރަތަމަ. ގޭގަ ނަމާދުކުރިޔަކަސް ހުކުރު ދުވަހު ހުކުރު ނަމާދު ކިހނެތް ކުރާނީ! ފޭސް 1 އަށް މިސްކިތަށް ދިއުން އެއީ އެންމެނަށް ފަސޭހަކަމަކަށް ނުވާނެ. އަމުދުން އުމުރުން ދުވަސްވީ ފަރާތްތަކާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް.

The name is already taken The name is available. Register?

ކުމްކުމް

22 October 2021

ހަދާ ނިމިފަ ހުރި ތަނަކުން ޖާގަޔެއްދޭ ވާހަކަ އެޔޮތީ. މިސްކިތެއް ހެދުމަށްވުރެ ކޮންމެ ޓަވަރެއްގަ ޖަމާއަތުގަ ނަމާދުކުރެވޭގޮތަށް ޖާގައެއް ހެދުން ބުއްދިވެރި އެކަމު. ތިޔަ ޓަވަރުތަކުގަ މީހުން ދިރިއުޅެން ފެށީމާ ތިޔަ ތަނުން ނަމާދަށް ދާން މީހުން ފައިބަންފެށީމާ އަދި އެނގޭނީ މިސްކިތެއްތޯ، އެތަނުން ފުލޯއަކުން މުސޮއްލާ ސްޓައިލަށް ހަދާ ތަނެއްތޯ މުހިންމީ. ޖަމާއަތް ދާއިރުވެސް ލިފުޓުން ޖާގަ ނުލިބިފަ ހުންނަންޖެހޭނީ ގިނަ ފަހަރު މިސްކިތަށްދާން ފައިބާން. އެނގިދާނެތާދޯ

The name is already taken The name is available. Register?

ޑައިޜީ

22 October 2021

ކީކޭ ދެންބުނާނީ، ހުޅުމާލާގަވެސް ބައިވަރު މިސްކިއްތަކުގާ ހުކުރު ކުރޭ. ނެއިގެންޔާ އިސްލާމީ މަރުކަޒަ އާދެބަލަ.

The name is already taken The name is available. Register?

އެދުރުކަލޭގެ

22 October 2021

ހުކުރައް ދާން ތިރަށު ހުންނާނެ މިސްކިއް.ކުރީ ބައިގަނހޭލައިގެން ހުކުރައް ދެވޭނެ މިސްކިތެއް އެޅެން ދެން. ތި ދައްކަނީ މި ކަމާ ގުޅުމެއް ނެއް ވާހަކަ އެއް

The name is already taken The name is available. Register?

@ދިވެހިމީސް

22 October 2021

100އިނގޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454