މެންބަރު ހައިތަމްގެ ދެކަނބަލުންނަށް އިންޒާރު ދިން މައްސަލާގައި ފުލުހުން ވަނީ ދައުވާކުރަން ފޮނުވާފައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު
25 އޮކްޓޯބަރ 2021 - 00:41
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ހައިތަމް އާއި އޭނާގެ މިހާރުގެ އަނބިކަނބަލުން ޝަޖާން މުއާޒްއާ މަގުމަތިން ދިމާކޮށް، އިންޒާރު ދިން މައްސަލާގައި އޭނާގެ ކުރީގެ އަނބިކަނބަލުންނާއި އޭނާގެ ދަރިއަކަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މިދިޔަ ޖޫން މަހު ކުރީކޮޅު ހުށަހެޅި މި މައްސަލަައިގެ ތަހުގީގު ނިންމައި މި މަހުގެ ތިން ވަނަ ދުވަހު މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ކަމަށް، ފުލުހުން މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައިވެ އެވެ.
ލިޔުމުގައިވާ ގޮތުން ހައިތަމްގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ އާއި އޭނާގެ ދަރިފުޅު ފާތިމަތު ދިފްލާ ޖުނައިދު ވަނީ ހައިތަމްގެ ދެކަނބަލުންނާ މަގުމަތިން ދިމާކޮށްފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. އަދި ދިފްލާ ވަނީ ހައިތަމް އަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި ހައިތަމަށް އިންޒާރު ދީ ހައިތަމްގެ އަނބިކަނބަލުން ބަލިވެ އިންދާ ބަނޑުގައި ކޮޅުފައިން ޖަހައި މާރާމާރީ ހިންގަން އުޅެފައި ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. އަދި ނަޖުމާ ވެސް ސޯޝަލް މީޑިއާގައި ހައިތަމަށް އިންޒާރު ދިން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
މި ކަންތައް ހިނގާފައި ވަނީ ހައިތަމްގެ އަނބިކަނބަލުން އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިންދަ އެވެ. މަގުމަތިން ދިމާކޮށް އިންޒާރު ދިނުމުން ހައިތަމްގެ އަނބިކަނބަލުންނަށް ޝޮކެއް ލިބި ހޮސްޕިޓަލުން ފަރުވާ ވެސް ހޯދަން ވެސް ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޭވް
25 October 2021
ހައިތަމް އޭ ބުނީމަ، އިތުރު ތަޢާރަފެއް ބޭނުން ނުވާނެ. ތިޔަ ދާއިރާގަ ވަރަށް ކުރީގަ އުޅުއްވާ ބޭފުޅެއް ހައިތަމް އަކީ
ލައްކަ
25 October 2021
ތިވަރަށްދޯ ބުނުމުގެ ހުއްދަ އޮތީ؟
ގުދުގުދާބެއްޔާ
25 October 2021
ނަޖުމާ އަކީ އެކަހަލަ މީހެއް ނޫން! ވަރަށް ފުދިގެން އުޅޭ މީހެއް! ހައިތަމްގެ ކެންޕޭނަށް ބޮޑު ޚަރަދެއް ނަޖުމާ ކުރި! މީހާއަށް މީހާ އޮޅި ތިމަންނާއީ ތިމަންނާއެއް ނޫން ކަމަށް ޚައިތަމް އަށް ހީވެފައި އެވަނީ! 5 އަހަރު ދެން ހުރެލާ މައްޗަންގޮޅި ދެކުނުދާއިރާގެ މެންބަރު ކަމުގައި! ދެންޖެހޭނީ ދާއިރާއަށް ޓާޓާ ކިޔަން! ނުހޮވޭނެ!
ލޮލީ ށީކް
25 October 2021
ފުދިގެން އުޅޭ ޖާބިރުވެސް އުޅޭ ގޮތް އެބަފެނޭ އަހަރެމެންނަަށް! ފުދިގެން އުޅުމަކީ އެމީހެއްގެ އަދަބު އަހުލާގާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން.
ހާމިދު ޝަފީއު
25 October 2021
މިލިޔުމުގައި ނަޖުމާއާ ދިފްލާގެ ބަހެއް އޮތްނަމަ އަސްލުވީގޮތް އިނގޭނީ.
ކެޓް ފައިޓް
25 October 2021
އެމީހުންގެ ފަރާތުން ކޯޓުގައި ބަސް އިއްވާނެތާ. ޖިނާއީ މައްސަލަތަކާ ބެހޭ ހަބަރުތަކުގާ ދައުވާ ރައްދުވާ މީހުންގެ ބަސް އެއްވެސް އިރެއްގަ ނޫސްތަކުގަ ނުހުރޭ.
ޒިންދަގީ
25 October 2021
ގާނޫނު ހާދާ މަޖިލީހުގެ މެމްބަރުންގެ ޑްރާމާ. އިހަކަށްދުވަހު އެއްމެމްބަރަކު އަނެއް މެމްބަރަކަށް ތަންތަން ދެއްކި ވާހަކަވެސްއޮތް.. ދެންބުނާނެ ފުޓުބޯޅަބަލަން ރޮސްޓްރަމްއަށް އިއްޒަތުގަ ގެންދާށޭ.. ލަދުވެސް ކުޑައީ.
ކިމް ޖޮންއުން
25 October 2021
ފުކެއް ބޮޑުވަރު