ޚިޔާލު / ފަރުވާ

ރޯދަވެރިޔާ އާއި އެތީސްޓް

މި ރޯދަމަހުގެ ފުރަތަމަ ދުވަހުގެ މާލޭގެ މިސްކިތެއްގައި ރޯދަވީއްލުމަށް ތައްޔާރުކޮށްފައި.---މިހާރު ފޮޓޯ: ނިޝާން އަލީ

ދީން ގަބޫލް ނުކުރާ މީހަކު ބުންނެވެ. "ނުކައި ނުބޮއެ ތިޔަ ހިފާ ރޯދައިން ކަލޭމެންނަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކަރު ހިއްކުމާއި ބަނޑުހައި ހޫނުކަން ފިޔަވައި ލިބެނީ ކޮންއެއްޗެއް ހެއްޔެވެ؟ އަމިއްލަ ހަށިގަނޑު އޭގެ އުފާތަކުން މަހުރޫމްކޮށްގެން ކަލޭމެންނަށް ލިބެނީ ކޮން މޮޅެއް ހެއްޔެވެ؟ ތިޔަ ވިސްނުން ބަދަލުކުރާނީ ކޮން ދުވަހަކުން ހެއްޔެވެ؟"

މިއީ މުލްހިދުން އަޅުގަނޑުމެން މުސްލިމުންނާ ކުރާ ސުވާލުތަކެކެވެ. އެބައި މީހުން ދެކޭގޮތުގައި އަޅުގަނޑުމެން ހިފާ ރޯދަ އަކީ ބޭކާރު ރޯދަ އެކެވެ. އެއްވެސް އަސްލެއް އަދި ހަގީގަތެއް ނެތް މި ވާހަކަތައް އެބައި މީހުން ދައްކަމުން ދަނީ ސައިންސްގެ އަލީގައި ކަމަށް ބުނެ އޮޅުވާލައިގެންނެވެ. ދިރޭ މަޚްލޫގުންގެ ހަށިގަނޑުގައިވާ މޮލެކިއުލްސްތައް ނުވަތަ މާއްދާތައް ހަރަކާތްތެރިވެ، މަސައްކަތް ކުރާ ގޮތާ ބެހޭ އިލްމު ކަމުގައިވާ، ބަޔޯކެމިސްޓްރީގެ ރޮނގުން ސައިންސް ބުނެދޭ ހަގީގަތަކީ، ރޯދައިގެ ސަބަބުން ޞިއްހީ އެތައް ފައިދާތަކެއް ލިބޭ ކަމެވެ. ގުލައިކޯޖެނޮލައިސިސް އާއި ގުލުކޯނިއޯޖެނިސިސް އަށް ވިސްނާލުމުން ވެސް މިދެންނެވި ބަހުގެ ތެދުކަން ޔަގީން ކުރެވޭނެ އެވެ.

އާއްމު ހާލަތުގައި ހަށިގަނޑަށް ހަކަތައް ފޯރުކޮށްދޭ މައިގަނޑު ވަޞީލަތަކީ އަޅުގަނޑުމެން ކައިބޮއެ ހަދާ ކާނާ އިން ލިބިދޭ ކާބޯހައިޑްރޭޓް ނަމަކަށް ކިޔާ ބާވަތެވެ. މި ދެންނެވި ކާބޯހައިޑްރޭޓް ގުލުކޯޒަށް ބަދަލުކޮށް ހަށިގަނޑުގައި ހިނގާ ހަރަކާތްތަކަށް އެއިން ހަކަތަ ފޯރުކޮށްދެމުން ދެއެވެ. އަދި އިތުރުވާ ކާބޯހައިޑްރޭޓް ގްލައިކޮޖަންގެ ނަމުގައި ފުރަމޭ އާއި މަސްތަކުގައި ރައްކާކުރެ އެވެ.

ކާނާގެ ދެވަނަ ބާވަތް ކަމުގައިވާ ފެޓްސް ނުވަތަ ސަރުބީ އަކީ ހަކަތަ ފޯރުކޮށްދިނުމުގެ އިތުރުން ހަށިގަނޑު ފިނިން ރައްކާތެރި ކޮށްދޭ ކާނާގެ މުހިއްމު ބާވަތެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ބޭނުން ކުރުމަށް ފަހު އިތުރުވާ ސަރުބީތައް ރައްކާކޮށްފައި ހުންނަނީ އަޅުގަނޑުމެންގެ ވަށައިގެން ލެވިފައިވާ ހަންގަނޑުގެ ދަށުގައިވާ އެޑިޕޯސް ޓިޝޫގަ އެވެ. ކާނާގެ ތިންވަނަ ބާވަތް ކަމުގައިވާ ޕޮރޮޓީންސް އަކީ ހަށިގަނޑުގައިވާ ޒަހަމްތައް މަރާމާތުކޮށް، އާބާތުރަފިލުވައި އަދި ހެދިބޮޑުވުމަށް އެހީވެދޭ އެންމެ މުހިއްމު ބަހާ އެވެ. ހަށިގަނޑު ކަމަކަށް ބޭނުންވުމުން މި ތިން ބާވަތް ވެސް އެކަތި އަނެކައްޗަށް އެހީވެ އެއްބާރުލުން ދެ އެވެ.

އިންސާނާ ހައިބަނޑާ ހުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ ކާބޯހައިޑްރޭޓް މަދުވެގެން ދެ އެވެ. މިގޮތަަށް މަދުވުމުގެ ސަބަބުން ނުވަތަ އެކަށީގެންވާ މިންވަރަށް ކާބޯހައިޑްރޭޓް ނުލިބުމުގެ ސަބަބުން، ރައްކާ ކޮށްފައިވާ ގުލައިކޮޖަންގެ ބޭނުން ކުރަން ޖެހިދެ އެވެ. ގުލައިކޮޖަން ގުލުކޯޒަށް ބަދަލުކޮށް ހަށިގަނޑަށް ހަކަތަ ފޯރުކޮށްދިނުމަށް ކިޔަނީ ގުލައިކޯޖެނޮލައިސިސް އެވެ. އަދި އެންމެ ފަހުން ގުލައިކޯޖެނޮލައިސިސް އިން އުފައްދާ ގުލުކޯޒުން ފުދޭގޮތް ނުވުމުން އެހެނިހެން ފަރާތްތަކުގެ އެހީ އަށް އެދެ އެވެ. މިގޮތުން ރައްކާ ކޮށްފައިވާ ސަރުބީ އާއި ބައެއް ޕޮރޮޓީންގެ އެހީގައި ހަށިގަނޑުން އިތުރަށް ގުލުކޯޒް އުފައްދަން ފަށަ އެވެ. މި ގޮތަަށް ކާބޯހައިޑްރޭޓް ފިޔަވައި އެހެންނިހެން ބާވަތްތަކުގެ އެހީގައި ގުލުކޯޒް އުފައްދާ އުފެއްދުމަށް ކިޔަނީ ގުލުކޯނިއޯޖެނިސިސް އެވެ.

ރޯދަ އަށް ހުންނަ ފުރަތަމަ 12 ގަޑިއިރުގެ ތެރޭގައި، ރައްކާ ކޮށްފައިވާ ގުލައިކޮޖަންގެ ކޮއްތު ހުސްވާން ފަށަ އެވެ. އަދި މި ވަގުތުގައި އެޑިޕޯސް ޓިޝޫގައިވާ ސަރުބީ ބޭނުންކޮށްގެން ހަކަތަ ފޯރުކޮށްދިނުމަށްޓަކައި ފުރަމޭ އާއި ކިޑްނީ އާއި ކުޑަ ގޮހޮރު ތައްޔާރުވާން ފަށަ އެވެ. ބަނޑުހައި ހޫނުކަން މަތީގައި 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެއްޖެނަމަ އާޚިރުގައި ހަކަތަ ފޯރުކޮށްދޭ ހަމައެކަނި ގޮތަކީ ގުލުކޯނިއޯޖެނިސިސް ކަމުގައި ވެގެން ދެ އެވެ. މި މުހިއްމު އިލާހީ ފުރިހަމަ ނިޒާމު ތަދުބީރު ކުރައްވާފައިވާ ގޮތް ސައިންސްގެ އަލީގައި ހާމައަށް ފެންނަން އޮތްއިރު، މާތް ﷲ ފަރުޟު ކުރައްވާފައިވާ ރޯދައާ މެދު އެތީސްޓުން ސުވާލު އުފައްދާ ކަމުން ދޭހަކޮށްދެނީ އެބައިމީހުންގެ ޖާހިލުކަމެކެވެ. ނުކިޔަމަންތެރިކަމެވެ. އަދި ވިސްނުމުގެ ކޮށިކަމެވެ.

އެމެރިކާގެ ނަން މަޝްހޫރު ޑޮކްޓަރެއް ކަމުގައިވާ ޑރ ފުރްމަން ވިދާޅުވެފައިވެ އެވެ.

"މެދުކެނޑުމެއް ނެތި ކެއުމާއި އަދި ހަޖަމްކުރާ ނިޒާމު ހުއްޓުމެއް ނެތި މަސައްކަތް ކުރުމަކީ ފުރިހަމަ ޞިއްހަތަކަށް ރަނގަޅު ގޮތެއް ނޫނެވެ."

ޑރ. ފުރްމަން އަކީ ކާނާއާ ބެހޭ އިލްމުގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޑޮކްޓަރެކެވެ. ތަފާތު ސައިންޓިފިކް ދިރާސާތައް ކުރެއްވުމާއި ކާނާއާ ބެހޭ އެކިއެކި ފޮތްތައް ލިޔުއްވުމުގެ އިތުރަށް ޑރ. ފުރްމަން އަކީ ޓީވީތަކުން ފެންނަ މަޝްހޫރު މޫނެއް ވެސް މެއެވެ.

ހައިހޫނުކަމުގައި ހުރުމަށް ސަޕޯޓުކުރާ ހުނޅަގުގެ އިލްމުވެރީން އެ ވިދާޅުވަނީ ހަމައެކަނި ދިޔާތަކެތި ބޮއެގެން ނުވަތަ މުށި ހަނޑުލު ބަތް ކައިގެން "ރޯދަ އަށް" ހުންނަ ހުރުން ކަމުގައި އެތީސްޓުން ބުނެ ވަކާލާތު ކުރެ އެވެ. ވިސްނަވާށެވެ. ހަތްމަސް ވަންދެން ސާރިދޯޅެއް އެއްވެސް އެއްޗެއް ނުކައި ނުބޮއެ ހައިބަނޑާ ހުރުމުން އެއީ އެ މަޚްލޫގު ދިރިހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ސައިންސްގެ އަހުލުވެރީން ބުނެ އުޅެ އެވެ. އަދި ބައެއް މެޑިކަލް ޓެސްޓްތައް ހެދުމަށްޓަކައި އަށްގަޑިއިރާއި ބާރަގަޑިއިރާ ދެމެދު އެއްވެސް އެއްޗެއް ނުކައި ނުބޮއެ ހުރުމަށް ޑޮކްޓަރުން އިރުޝާދު ދެ އެވެ. ނަމަވެސް ފަޖުރުގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސެންދެން މުސްލިމަކު ރޯދަ އަށް ހުރެއްޖެނަމަ އެއީ ނާތަހުޒީބު އަދި ޞިއްހަތަށް ގެއްލުން ހުރި ކަމެއް ކަމުގައި އެތީސްޓުން ބުނާތީވެ ހައިރާނެއް ނުވޭ ހެއްޔެވެ؟

ސާރިދޯޅު ހައިހޫނުކަމުގައި އޮންނައިރު ހަކަތަ އުފައްދަނީ ހަށިގަނޑުގައިވާ ސަރުބީގެ އެހީގަ އެވެ. އިންސާނާ ވެސް ހައިހޫނުކަންމަތީގައި ހުންނައިރު ސަރުބީގެ އެހީގައި ހަކަތަ އުފައްދަ އެވެ. މި ދެ މަޚްލޫގު ވެސް އުފައްދަވާފައިވަނީ އެއްކައުވަންތަ ﷲ ސުބުހާނަހޫ ވަތައާލާ އެވެ. އެކަލާނގެ އިންސާނާ އުފައްދާފައި ވަނީ ރޯދަ ވެސް ހިފޭ ގޮތަށް ކަމުން އެނގެނީ، އެތީސްޓުން އެ ދައްކާ ވާހަކަތަކީ ދެއުޅިއެއް ނުވާ ވާހަކަތަކެއް ކަމެވެ.

އިސްލާމް ދީނުގެ އަދާވާތްތެރިން ބުނާގޮތުގައި ރޯދައިގެ ސަބަބުން ލިބޭ ޞިއްހީ ގެއްލުންތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި، ބަނޑުން ގިނި ނެގުމާއި، ވަރުބަލިވެ ކަންނެތް ވުމާއި، އަދި މަސައްކަތް ކުރަން ފޫހިވެ ސަމާލުކަން ނުދެވުން ފަދަ ކަންކަން ހިމެނެ އެވެ. ނަމަވެސް ހަގީގަތުގައި މިއީ ޞިއްހީ ގެއްލުންތަކެއް ނޫނެވެ. ޑރ. ފުރްމަން ފަދަ ކާނާއާ ބެހޭ މާހިރުން އެފަދަ ކަންކަމަށް ދީފައިވާ ނަމަކީ "ޓޮކްސިކް ހަންގާ" އެވެ.

މާނަ އަކީ އެފަދަ ކަންކަމަކީ ހަށިގަނޑުގައި ހުންނަ ތަފާތު ވިހަތައް ފިލުވާލުމުގެ ތެރެއިން، ހިނގާ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ފެންނަ ވަގުތީ ކަންކަމެވެ. މިއީ ފަހަރެއްގައި ވެސް ބައްޔެއްގެ އަލާމާތްތަކެއް ނޫނެވެ. ރޯދަ އަށް ހުންނަ ފުރަތަމަ ހަފުތާގައި އެފަދަ އުދަގޫތައް ދިމާވި ކަމުގައި ވިޔަސް ދެވަނަ ހަފުތާއާ ވިދިގެން އަންނަ ހަފުތާ ތަކުގައި މިފަދަ ކަންކަން ކުޑަވެގެން ދެ އެވެ. އަދި އެންމެ ފަހުން އެއްގޮތަކަށް ވެސް އެފަދަ އުނދަގުލެއް އިހުސާސް ކުރަން ނުޖެހޭ ގޮތް ވެ އެވެ.

ހަށިގަނޑުގައި ހުންނަ ވިހަތައް ރޯދައިގެ ސަބަބުން ފިލުވައި ދިނުމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކުރުމަށާއި އެކަށީގެންވާ ރަނގަޅު މިންވަރުގައި ލޭގެ ޕުރެޝަރު ދެމެހެއްޓުމަށް ވެސް ރޯދަހިފުމުން އެހީވެދެ އެވެ. އަދި ހިތުގެ ބައްޔަށާއި، ހަކުރު ބައްޔަށާއި، ރާއްޖެ ބައްޔަށާއި، މައިދާގެ ބަލިތަކަށާއި، މާޔޫސްވުމުގެ ބައްޔަށާއި ހަމުގެ ބައެއް ބަލިތަކަށް ވެސް ގިނަގުނަ ފައިދާތަކެއް ރޯދައިގެ ސަބަބުން ކުރެ އެވެ. ޞިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ބަރުދަން ލުއިކުރުމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށާއި އަދި އަމިއްލަ ނަފުޞު ކޮންޓްރޯލް ކުރުމަށް ވެސް ރޯދަ އަކީ ވަރަށް ރަނގަޅު ފަރުވާ އެކެވެ. މިފަދަ ފައިދާ ހުރި ގިނަގުނަ ހެޔޮކަންތައް އެކުލެވިގެންވާ މަތިވެރި އަޅުކަމަކަށް އެތީސްޓުން ފާޑުކިޔަނީ އެބައިމީހުންގެ ހިތުގައިވާ ޒާތީ ނަފުރަތެއްގެ ސަބަބުންނެވެ.

އޭ މުލްހިދުންނެވެ. މި ލިޔުމުގައި ބުނެފައިވާ ރޯދައިގެ ސަބަބުން ލިބޭ ފައިދާތަކަކީ މުސްލިމަކު ކޮށްފައިވާ ދިރާސާއަކަށް ނުވަތަ ލިޔެފައިވާ ފޮތަކަށް ބަރޯސާ ވެގެން ބަޔާން ކޮށްފައިވާ ވާހަކަތަކެއް ނޫނެވެ. މި ލިޔުމުގައި އެވަނީ ޣައިރު މުސްލިމުން ރޯދައާ މެދު ދެކޭ ގޮތެވެ. ސައިންސްގެ އަލީގައި ހޯދައިފައިވާ ހަގީގަތްތަކެވެ. ތިޔަ ވިސްނުން ބަދަލުކޮށް ހައްގުގެ މަގަށް އަންނާކަށް އަދިވެސް ނުވޭ ހެއްޔެވެ؟

މައުލޫމާތު: ހާޕާސް އިލަސްޓްރޭޓަޑް ބަޔޯކެމިސްޓްރީ، ކަޕްލާން ބަޔޯކެމިސްޓްރީ އެންޑް މެޑިކަލް ޖެނެޓިކްސް، ރިވިއު އޮފް ބަޔޯކެމިސްޓްރީ (ޕޫނަމް އަގްރަވާލް)، ޑރ. ފުރްމަން.ކޮމް

ޑރ. މުހައްމަދު ޒިޔާދު

ޑރ. މުހައްމަދު ޒިޔާދު

ތ. ވޭމަންޑު އަށް އުފަން ޑރ. މުހައްމަދު ޒިޔާދަކީ ޗައިނާގެ ޑާލިއާން މެޑިކަލް ޔުނިވަސިޓީން އެމްބީބީއެސް ހައްދަވާފައިވާ ބޭފުޅެކެވެ. ޗައިނާގައި ކިޔަވާ ވިދާޅުވި އިރު ސެލް ބައޮލޮޖީ މާއްދާ އިން 2008 ގައި މުޅި ޔުނިވަސިޓީން އެއް ވަނަ ހޯއްދެވި އެވެ. އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ކްރިސްޓިއަން މެޑިކަލް ކޮލެޖާއި ކަސްތުރުބާ މެޑިކަލް ކޮލެޖް އަދި އެމް.އެސް ރަމަޔާ މެޑިކަލް ކޮލެޖްގައި ތަމްރީން ހައްދަވައިފަ އެވެ. އޭނާ މިހާރު މަސައްކަތްކުރައްވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މެޑިކަލް ބައިން ހިންގާ ނޫސަންދާގަ އެވެ. އެމްއީއެސް އާއި ސިއެޗުއެސްއީގައި ތައުލީމް ހާސިލްކުރެއްވި އިރު އަދަބީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި އެވެ.

31 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 3%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައި

02 June 2017

ތަނަކުން މެޑިކަލް ތަމްރީން ހެދީމަ މިލިޔުން ހަޖަމު ނުވަނީއޭ. އެހެންވީމަ ހުސް މުސްލިމުން އުޅޭ ގައުމެއްގައި އުޅެ ކިޔަވާ ބޭފުޅުންނައްތާ މިކަހަލަ އާޓިކަލް ގެނެސްދެވޭނީ. ހަޖަމް ޕްލީސް

The name is already taken The name is available. Register?

ބެ

01 June 2017

މިބައިމީހުނަށް ސިހުރު ޖިންނިމޮޔަ ރުގްޔާއަދި ނުފެންނަނީ ރާއްޖޭގަ ތެޅުނު ވަރު މަދީ އިލްމު މަދީ. ބުއްދި ޅައީ.

The name is already taken The name is available. Register?

ނީރާ

01 June 2017

ވ ފުރިހަމަ ލިޔުމެއް. އެތީސްޓުންނަށް މިލިޔުން ހަޖަމްކުރަން ވަރަށް އުނދަގޫވާނެ..

The name is already taken The name is available. Register?

ޑރ.ޓްރުތް

01 June 2017

ދީނާއި ސައިންސާއި ގުޅުން ހުރި އާޓިކަލްތައް ލިޔުއްވާއިރު އޯޕަން މައިންޑް އަކާއި ތެދުވެރިކަން ބެހެއްޓުން ވަރަށް މުހިންމު، މިއާޓިކަލްގެ ބައެއް ތަންތާ ގެނެސްދީފަ މިހުރީ ވަރަށް ތާކުންތާކު ނުޖެހޭ ލޮޖިކެއް. މިސާލަކަށް އެބަ ބުނޭ ބައެއް ޓެސްޓު ހަދަން ދުޔިމުގެ ކުރިން ފާސްޓު ކުރަން ޖެހޭ ވާހަކަ. ހަމަ އެގޮތަށް ބުނެވިދާނެ ބައެއް ޓެސްޓުތައް ހަދަން ދިޔުމުގެ ކުރިން ހަބޭހަށް ފެންބޯން ޖެހެޔޭ. އެކަމަކު އޭގެ މާނައަކީ ހެޓަކަށް ފެންބުއީމަ ވާނީ ފާއިދާއޭބާ؟ ދެން އެބައިން ޓޮކްސިކް ހަންގާ ގެ ވާހަކަ. ރޯދަ ހިފިޔަސް ނުހިފިޔަސް ޓޯކްސިން ބޭރުވާނެ ހަށިގަޑުން. ޑރ. ފުރްމަން އަކީ އެހާ ރިލަޔަބަލް ސޯސްއެއް ނޫން. އޭނާއަކީ ފްލޫ ވެކްސިން މަސައްކަތްކުރާކަމަށް ގަބޫލުކުރާ މީހެއްވެސް ނޫން. މިޔަށް ވުރެ ރަގަޅުވާނެ ހަގީގީ ރޯދައިގެ ފާއިދާތައް ލިޔުނިއްޔާ. މިސާލަކަށް ލޭގެ ޕުރެސަރު ދަށްވުން، ބަރުދަން ލުއިވުން، ކޮލެސްޓްރޯލް ދަށް ވުން، މީހާ ޑިސިޕްލިންވުން.

The name is already taken The name is available. Register?

ޙަގީގަތް

01 June 2017

ޑރ ފުރްމަން އަކީ ކާކުތޯ ބަލައިފިން. ޑރ ފުރުމަން އަކީ ނިއުޔޯކް ޓައިމްގެ ބެސްޓް ސެލާ މަގާމް ހޯދައިފައިވާ އީޓް ލިވް ފޮތް ލިޔެފައިވާ ބޭފުޅެއް. ޢެމެރިކާގެ ބޯޑް ސެޓިފައިޑް ފިޒިސިއަން ޑޮކްޓަރެއް، ނިއުޓަރަނިސްޓެއް. ޢެބޭފުޅާގެ ސައިންޓިފިކް ރިސާޗު މެޑިކަލް އެތައް ޖާނަލްގައި ޝާއިރު ކޮށްފައިވޭ، ގުޑްމޯނިން އެމެރިކާ ޕޮރޮގްރާމްތަކުންފެންނަ މަޝްހޫރު ބޭފުޅެއް، ދެން ރިލަޔަބަލްވާނީ މިހާވަރަށް، މި އާޓިކަލް ހަބޭސް

The name is already taken The name is available. Register?

މުސްލިމް

01 June 2017

ކަލޯ ކޮންމެ ބަހަނާއެއް ދެއްކިޔަސް އިންސާނުން ޚަލްޤުކުރައްވާ އިންސާނުންނަށް ފައިދާވާނެ ކަންކަމާއި ގެއްލުންވާނެ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ކަން އަހަރުމެން ގަބޫލުކުރަނީ. އަހަރުމެންނަށް ރޯދަ ހިފުމަށް އަމުރުކުރެއްވީ އެފަރާތުން. ކަލޯމެން ދީނުގެ ހުކުމްތަކަށް ފާޑުކިޔާ ބަހަނާދައްކައި ހެދިޔަސް ތިޔަކުރާ ކަމަކުން ހެޔޮގޮތުގައި އީމާންވާ މީހުންގެ އީމާންތެރިކަން އިތުރުވުންނޫން ކަމެއް ނުވާނެ.. އިންޝާﷲ.

The name is already taken The name is available. Register?

ނިރު

01 June 2017

ޝުކުރިއްޔާ ޑރ. މުހައްމަދު ޒިޔާދު

The name is already taken The name is available. Register?

ފްލޯ

01 June 2017

ވަރަށް ފުރިހަމަ އާޓިކަލްއެއް.. ކަޅު ދިރީގެ އާޓިކަލްއެއް ވަރަށް ބޭނުން. ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވޭ މަރު ފިޔަވައި އެހެން ހުރިހާކަމަކަށް ކަޅުދިރިން ފަރުވާލިބޭނެ ވާހަކަ. :)

The name is already taken The name is available. Register?

މުދިން ކަލޯ

15 May 2018

ރަނގަޅު ހިޔާާލެއް

The name is already taken The name is available. Register?

ނޯހެރެޓިކްއެއިންޓް

01 June 2017

ކްރިސްޓިއަން މެޑިކަލް ކޮލެޖަކުން ކިޔަވައިގެން އަންނަ މީހުން ބުނާއެއްޗެއް ގަބޫލު ކުރަން ދަތި. ދީން ތެރެއަށް ޖާހިލިއްޔަ ސައިންސު ވައްދާނެ ކަމެއް ނެތް. ސައިންސަކީ އޭތިސްޓުންގެ ދީން.

The name is already taken The name is available. Register?

ސައިންސްގެ ވެރިންނަކީ މުސްލިމުން

02 June 2017

ސައިންސް ގެ އިލްމު ފުރަތަމަ ހޯދިބަޔަކީ މުސްލިމުން... ޢެހެންވުމުން ސައިންސް އެތީސްޓުންގެ ދީނަކަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެ. ކަންތައްތަކާއި މެދު ފިކުރުކޮށް ވިސްނާހެދުމަށް ވަނީ ވަހީ ކުރަށްވަވާފަ. އެ ކަންކްން ހޯދުމަށް ކުރާދިރާސާތަކަށް މިކުރެވެނީ ސައިންސްގެ ރޮގުން... ސައިންސް އަކީ ކަންތަށްތަކުގެ އަސްލު ހޯދުން ނުވަތަ ހޯދުމަށްކުރާ މަސަތްކަތުގެ ދާއިރާއަށް ކިޔާ ނަން

The name is already taken The name is available. Register?

އަހޫ

01 June 2017

ހަޖަމްނުވާނެ އެތީސްޓުންނަކަށް.

The name is already taken The name is available. Register?

އައްސަދު

01 June 2017

ކޮންމެ ދާއިރާ އަކުން ކިޔެވި ނަމަވެސް ޢިލްމުގެ އަލީގައި އިސްލާމްދީނަށް ޚިދުމަތްކޮށް ދައުވަތު ދިނުމަކީ އެންމެ ފުރިހަމަ އަށް އޭގެ ބޭނުން ހިފާ މީހުން އަމަލު ކުރާ ގޮތެވެ. އިސްލާމް ދީނުގެ ފުރިހަމަ ކަމުގެ ވާހަކަ ދައްކާނީ ހަމަ އެކަނީ ޝޭޚުންނެއް ނޫނެވެ. އަދި މިއީ ފަތުވާ ދިނުމެއްވެސް ނޫނެވެ. މިއީ މުސްލިމަކު އޭނާގެ ފަރުދީ ޒިންމާ އަދާ ކުރުމެވެ. ޝުކުރިއްޔާ ޑރ. ޒީޔާދު

The name is already taken The name is available. Register?

ބޭބެ

01 June 2017

ހަޤީގީ އެތިއިސްޓުން ނަކީ 'ބޮޑު ވަރިހަމައިގަ' ތިބޭ ބަޔެއް. އެމީހުންނަށް ވަރިހަމަ ދެންތިބޭ މީހުން ކޮންމެ ދީނަކަށް އުޅުނަސް. އެމީހުން ސުވާލެއް ނުކުރާނެ މުސްލިމުން ރޯދަ ހިފަނީ ކީއްކުރަންތޯ އަދި ލިބެނީ ކޮންފައިދާ އެއްތޯވެސް. އެމީހުން އެގޮތައް އުޅެނީ ފަސޭހަކައަކަށް. އިންސާނާ ކެޔަސް ނުކެޔަސް އެއީ އެމީހެއްގެ މިނިވަންކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454