ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުންނަ ކެފޭއެއްގައި ބަޔަކު ސައިބޯން މަޑުކޮށްލައިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ހުޅުމާލޭގެ ބީޗް ސަރަހައްދު މިވަގުތު އަޅުގަނޑަށް ސިފަވަނީ މިހެންނެވެ؛ ކޮންމެ މީހަކު ވެސް ގޮސް ބޭނުން ސަރަހައްދެއްގައި ޓެންޓެއް ނުވަތަ މޭޒާއި ގޮނޑި ޖަހައިގެން ކެފޭ/ރެސްޓޯރަންޓެއްގެ ޚިދުމަތް ފަށަންވީ އެވެ. ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދައެއް ނަގާކަށް ނުޖެހޭނެ އެވެ. ދައުލަތަށް ބިމު ކުލި ދެއްކުމުގެ ޒިންމާއިން ސަލާމަތްވީ އެވެ. ހުޅުމާލޭގެ އެތެރޭގައި ހިންގާ ކުދިކުދި ކެފޭ/ރެސްޓޯރަންޓުތަކަށް ވުރެ ބޮޑު އަދި އެހާމެ ހިތްފަސޭހަ ތަންކޮޅެއް ދެ އަތް އުރާލައިގެން ހުއްޓާ ލިބުނީ އެވެ. ވިޔަފާރީގެ ނަފާ ވެސް އެހެން މީހުންނަށް ވުރެ އިތުރަށް ލިބޭނެތާ އެވެ. ކިހާ ފަސޭހަ ހެއްޔެވެ؟
ދެން މީގެ އަނެއްކޮޅަށް ވިސްނާލަން ހިނގާށެވެ. ހުޅުމާލޭގެ ފްލެޓްތައް ކައިރީގައި ޓެންޓު ޖަހައިގެން ތިބެ ކޮންމެ ދުވަހަކު ހެދިކާ ވިއްކާ މީހުން ވެސް ރެޖިސްޓްރޭޝަން ފީ އަށް ނަމަވެސް އެންމެ ކުޑަމިނުން އަހަރަކު 150ރ. އެޗްޑީސީ އަށް ދައްކަން ޖެހެ އެވެ. އަދި އެ މީހުންނަށް ޚާއްސަ އުސޫލެއް ވެސް ލިޔެ ބަޔާން ކޮށްފައި އެބަ އޮތެވެ. އެކަމަކު ހުޅުމާލޭގައި ގެސްޓް ހައުސް އާއި ރެސްޓޯރަންޓް/ކެފޭ ހިންގާ މީހުން، ހާމައަށް އޮންނަ ދައުލަތުގެ ބޮޑު ސިންގާ ބިމެއް ބޭނުންކުރިޔަސް ދައްކަން ޖެހޭ އެންމެ ލޯ ލާރިއެއް ވެސް ނެތެވެ. ނުވިތާކަށް އެ މީހުން ބީޗް ސަރަހައްދު ބޭނުންކުރާނެ އުސޫލެއް ވެސް އެޗްޑީސީ އަށް ހޯދައި ދެވިފައެއް ނެތެވެ. މިއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟ އިންސާފުގެ ކަންފުޅެއް ވެސް ނެތެވެ.
އެޗްޑީސީން ވެސް އަޅައިގަތީ، ފްލެޓްތައް ކައިރީގައި ހެދިކާ ވިއްކާ އާންމު ނިކަމެތިންނާ އެވެ. އެ މީހުން އަމަލުކުރާނެ އުސޫލެއް އަވަސްއަވަހަށް އެކުލަވާލައި އަދި ނުވިތާކަށް ދައުލަތަށް ކޮންމެ ނަމެއްގައި ނަމަވެސް އަހަރަކު އެއްޗެއް ލިބޭ ގޮތަށް ހެދީ އެވެ. އެއީ ކިތަންމެ ކުޑަ އާމްދަނީއަކަށް ވިޔަސް ދައުލަތަށް އެ މީހުންގެ އަތުން ކުޑަ އެއްޗެއް ލިބޭތާ އެވެ. މިހެން ބުނާއިރު ދެން ދައްކާނީ އެ މީހުން ދައުލަތަށް ޓެކްސް ނުދައްކައި ހެދިކާ ވިއްކާ ވާހަކަ އެވެ. އެއީ އަދި އެހެން މައްސަލައެކެވެ. އެހެން މައުލޫއެކެވެ.
ބީޗް ސަރަހައްދުގައި މޭޒާއި ގޮނޑި ޖަހައިގެން ކެއުންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގެ ޖާގަ އާންމުކޮށް އުޅޭނީ ބެލެވޭ ގޮތުގައި 400-600 އަކަފޫޓާ ދެމެދު އެވެ. ވިޔަފާރީގެ އުސޫލުން އެ ވަރުގެ ތަނެއް މިހާރު ކުއްޔަށް ދޫކުރަނީ އަކަފޫޓެއް 40-50ރ. ގެ ރޭޓުން ކަމަށް ބެލެވެ އެވެ. މިއީ ދައުލަތަށް ވަންނަން ޖެހޭނެ އާމްދަނީ ކަމަށް ވާއިރު، އެއިން އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް ވިޔަފާރީގެ ބޭނުމަށް އެވަރުގެ ބޮޑު ސަރަހައްދެއް ދޫކޮށްފައި ބޭއްވުމަކީ ވަރަށް ބޮޑު ގޯހެކެވެ. ޚާއްސަކޮށް ހުޅުމާލެ ފަދަ ތަނަކުން އެގޮތަށް އަމަލު ކުރުމަކީ ދައުލަތަށް ދޭ ބޮޑު ގެއްލުމެކެވެ.
ދައުލަތަށް ގެއްލުންވާ ގޮތަށް ކަންކަން ކުރަނީކީ ހަމައެކަނި ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެންނެއް ނޫނެވެ. ބޮޑުތަނުން ހިޔާނާތް ވެގެނެއް ނޫނެވެ. ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެން އޮތް މަގެއް ބަންދު ކުރުމަކީ ވެސް އަޅުގަނޑު ދެކޭގޮތުގައި ބޮޑު ހިޔާނާތެކެވެ. އެ ބަޔަކު އެ ކަމަކަށް ޒިންމާ ނަގަން ޖެހޭނެ އެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ، ދައުލަތުގެ ކުންފުންޏަކުން ހެދިފައިވާ މި ބޮޑު ގޯސް ރަނގަޅު ކުރަން ލިބުނު ރަނުގެ ފުރުސަތު ވެސް ދޫކޮށްލި ކަމެވެ. ހުއްދައެއް ނެތި ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހިންގަމުންދާ ތަންތަން ނެގުމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެޗްޑީސީގައި އެދިވަޑައިގަތުމާ އެކު، އެ ތަންތަން ނެގުމަށް އެ ކުންފުނިން އެއް މަސް ދުވަހުގެ ނޯޓިސް ދިން އިރު ހީވީ އެއީ ވަރަށް ވަރުގަދަ ނިންމުމަކަށް ވާނެ ކަމަށެވެ. ކަންކަން ހަމަޔަކަށް އަޅުވަން ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާނެ ކަމަށެވެ. އެހާ ވެސް އެ އެންގުން ވަރުގަދަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ހުސްނުކޮށްފި ނަމަ އެޗްޑީސީން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ އިންޒާރެވެ. އަދި އެކަން ކުރުމުގެ ސަބަބުން އެތަނުގައި ބަހައްޓާފައިވާ އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަށް ޒިންމާ ނުނަގާނެ ކަމެވެ. ޖެނުއަރީ 31 ގެ ފަހުން ބީޗް ސަރަހައްދުގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމުގެ ވަރުގަދަ އިންޒާރު ވެސް އެޗްޑީސީން ދިނެވެ.
ދައުލަތަށް ގެއްލުންވާ ގޮތަށް ކަންކަން ކުރަނީކީ ހަމައެކަނި ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެންނެއް ނޫނެވެ. ބޮޑުތަނުން ހިޔާނާތް ވެގެނެއް ނޫނެވެ. ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެން އޮތް މަގެއް ބަންދު ކުރުމަކީ ވެސް އަޅުގަނޑު ދެކޭގޮތުގައި ބޮޑު ހިޔާނާތެކެވެ. އެ ބަޔަކު އެ ކަމަކަށް ޒިންމާ ނަގަން ޖެހޭނެ އެވެ.
އެކަމަކު މުއްދަތު ނިމުނުއިރު ކަންކަން މި ދިޔައީ ބޮނޑު ނަގުލަށެވެ. އެޗްޑީސީގެ އެންގުމަށް ކިޔަމަންވެ، ބީޗް ސަރަހައްދުން ގޮނޑި އާއި މޭޒު ނަގައި ތަންތަން ހުސްކުރީ މަދު ބައެކެވެ. ގިނައީ އެޗްޑީސީގެ އެންގުން ބޮލާލައި ޖަހައި ބޮޑެތި ނަފާ ހޯދަމުން ދާ މީހުންނެވެ. ފެނުނީ، އެ މީހުންނަށް ފިޔަވަޅެއް އެޅުމުގެ ގާބިލްކަން އެޗްޑީސީ އަދި މި ސަރުކާރުގައި ވެސް ނެތް ތަނެވެ. އެމީހަކާ އެމީހަކު ބޭނުން ގޮތަކަށް އުޅެންވީ އެވެ.
އެޗްޑީސީން އެންގި އެންގުމަށް އަމަލުކުރި މީހުންނަށް ވެސް ލިބުނީ އިތުރު އުފަލަކާއި ބޮޑު ނަސީބެކެވެ. ބީޗް ސަރަހައްދުގައި ކުރިއަށް ވުރެ ބޮޑަށް މިނިވަންކަމާ އެކު، ދައުލަތަށް އެއްވެސް ފީއެއް ނުދައްކައި ތިބެވޭނެކަން ކަށަވަރުކޮށްދިނީ އެވެ. އުސޫލެއްގެ ތެރެއިން، ދައުލަތަށް އެއްޗެއް ލިބޭ ގޮތަށް ބީޗް ސަރަހައްދު ވަކި މުއްދަތަކަށް ދޫކުރުމަށް ލިބުނު ފުރުސަތު ވެސް ބަންދުކޮށްލީ އެވެ. އަދި ދައުލަތުގެ ކުންފުންޏެއްގެ އެންގުމަށް ތަބާނުވި މީހުންނަށް އެޅި ފިޔަވަޅެއް ވެސް ނެތެވެ. އެންގުމަށް ތަބާވި މީހުންނާއި އެއީ އެއްވެސް އެއްޗަކަށް ނުހަދައި ތިބި މީހުން އެޗްޑީސީން މި ކޮށްލީ ހަމަހަމަ އެވެ. ހަމަހަމަކަމާއި އިންސާފުން ކަންކަން ކުރެވޭނީ މިހާ ވަރަކަށެވެ.
ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުންނަ ކެފޭއެއްގައި ބަޔަކު ސައިބޯން މަޑުކޮށްލައިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އާދައިގެ ނިކަމެތި ބައެއް ނަމަ، ފުލުހުން ލައްވައި އެ ބަޔަކު އެ ތަނުން ނެރޭނެ އެވެ. އުސޫލުތައް ވެސް ތަންފީޒު ކުރާނެ އެވެ. އެކަމަކު އަޅުގަނޑަށް ފެނުނީ ކޮންމެ މަހަކު ބޮޑު ނަފާއެއް ހޯދާ ވިޔަފާރިވެރިންނާ ކުޅެލަން އެޗްޑީސީ އާއި ސަރުކާރަށް ވެސް ހަމަ ނުކެރުނު ތަނެވެ. ފަހަރެއްގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ދެ މަސް ފަހުން ބާއްވާތީ، ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމަކަށް ބަލައި މައިތިރިވީ ކަމަށް ވެސް ވެދާނެ އެވެ. ބޮޑެތި ވިޔަފާރިވެރިންގެ ނުރުހުން އަމާޒުވެދާނެތީ ބިރުހީވީ އެވެ. އެކަމަކު ވަކި ގޮތަކަށް އަމަލުކުރަން އަންގައިފި ނަމަ އެކަމަކަށް ބޯލަންބަވަން ޖެހޭނެ އެވެ. އެހެން ނޫނީ ފެންނާނީ ސަރުކާރާއި އެކަމަކަށް ޒިންމާވާ ކުންފުންޏެއްގެ ނުކުޅެދުންތެރިކަމެވެ.
އެޗްޑީސީން ބުނާ ގޮތުން ނަމަ، ހުޅުމާލޭގެ ބީޗް ސަރަހައްދު ވަކި ގޮތަކަށް ތަރައްގީކުރަން ނިންމައިފައެއް ނެތެވެ. އެހެންވެއްޖެ ނަމަ، އެ ހިސާބަށް ދެވެންދެން ވެސް އެ ތަން ވިޔަފާރީގެ ބޭނުމަށް ބަޔަކަށް ދޫކުރަން ޖެހޭނީ ދައުލަތަށް ފައިދާވާ ގޮތަކަށެވެ. އެކަން އެގޮތަށް ނުކުރެވޭ ނަމަ ނުވަތަ އެ ސަރަހައްދު ރީތިކޮށް، ސާފުތާހިރުކޮށް ބާއްވަން ބޭނުން ނަމަ އެޗްޑީސީގެ ތެރެއިން އެ މަސައްކަތް ކުރެވޭނެ ގޮތް ހޯދީމާ ހައްލުވީ އެވެ. އެންމެން މި ކިޔަނީ ހަމަހަމަކަމާއި އިންސާފުން ކަންކަން ކުރާ ވާހަކަ އެވެ. އެކަމަކު އެޗްޑީސީގެ ފަރާތުން އެ ކަން ދައްކައެއް ނުދެވުނެވެ. ވީ ފެއިލް އެވެ. ދައުލަތަށް ގެއްލުންވާ ކޮންމެ ކަމެއްގައި ޒީރޯ ޓޮލެރަންސް ގެންގުޅުމުގެ އުސޫލަށް ތަބައެއް ނުވެވުނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޢަލިމަނިކުފާނު
20 February 2019
ފިޔަވަޅު އަޅަން ނުކެރުނީމާ ވާނެގޮތް މިފެންނަނީ
އުދުހޭ
20 February 2019
ހުޅުމާލޭ ގޮނޑުދޮށުގަ ހުއްޓިލީމާ އަޅުގަނޑަށް އެބަފެނޭ ވަރަށްބޮޑު ހުސް ބިމެއް. ދެން އަޅުގަނޑު އެތަނަށްގޮސް ކަޑަ ޖަހައި ވެރިވެގަންނަންވީތަ؟
ބްރެލް
20 February 2019
މީވެސް ކޮރަޕްޝަން. ސަރުކާރަށް ނުފޫޒު ފޯރުވައިގެން ފައިދާ ނެގުން. ރައީސް އިބޫ ވިދާޅުވި ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސޭ. އެހެންވީމަ މި އާޓިކަލްގައި މިވާ ކަންތައް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. މި ނޫސްވެރިޔާ ނޫނީ ރައީސް އިބޫ އެބަ ދޮގުހައްދަވާ.
ތުނިޔަ
20 February 2019
ގްރޫޕެއް ހަދާފަ މިތަނަަށް އެއްމެން އެއްބަސް ކިޔާފަ ހަވީރު އެއްޗިހި ވިއްކަން ހިނގާ! އިސާހިތަކު ސުހޭލު ފަޔަށް ހިނި އަރާފާނެ!
ައާރު
20 February 2019
ފުލެޓުތަކުގެ ގުރައުންޑު ފުލޯ ގަ އުޅޭ މީހުން ވެސް އުޅެނީ ދައުލަތުގެ ބިމުން ބައެއް ޖަހައި ގަނެގެން. ކޮޕީ ގަސް ހައްދާ ވިޔަފާރިކޮށްގެން އެ ބިމުގައި ދާ ޖަހައި ކޮށިއަޅައިގެން އަމިއްލަ ދަނޑު ގޮވާން ކުރާ ބިމަކަށް ހަދައިގެން. މި ވެސް ވާނީ ހަމަ ޓުއަރިޒަމަށް ރަށްތައް ފޭރިގަތް ފަދަ އަމަލަކަށް. ފިޔަވަޅު އަޅުއްވައިދެއްވާ! އެބިމަކީ އެ ފުލެޓުގެ އެންމެންނަށް އޮންނަ ތަނެއް. ވަކި މީހެއްގެ މިލްކެއް ނޫން. އެޗްޑީސީ ބޮއްސުން ލައިފައި!
ދޮގު
20 February 2019
ރަޔާނީ ތިޔަހަދަނީ ހުސްދޮގު. ތިޔަ ސްކޫލްކުދިން ގޯސްވަނީ އެ ކެފޭޔާ ހެދިއެއްނޫން.
ކިބްގ
20 February 2019
ރަޔާނީ އަށް ހާދައިނގޭދޯ. އެތާ މޭޒްހުންނާނީ ސްކޫލްގަޑި ނިމުމުން. އެހެން ކެފޭތަކުގައި ޕޭމަންޓް މަތީ މޭޒް ބެހެއްޓެންޏާ އެ ކެފޭއަށްވެސް ބެހެއްޓޭބެ. ރާނިޔާ ހާދަ ހަސަދަވެރިއޭދޯ.
އިންސާފް
20 February 2019
މިލިއުމަށް ޝުކުރިއްޔާ. މީ ނަކަމެތި ރައްޔިތުމީހާގެ އަޑު. ސަރުކާރަށް މިއަޑު އޮންނާނީ މިހާރު އިވިފަ. އަހަރެމެނަށްވެސް ވޯޓް ދެވޭ...
ރާޔާނީ
20 February 2019
ރެހެންދި ސްކޫލު ކުރިމަތީގައި ހިންގާ ކެފޭގެ މޭޒުތައް މިހާރު ޖަހާފައި ހުންނަނީ ޕޭމެންޓް ކައިރީ ގަސްހައްދާ ތަނުގައި.. ސްކޫލެއްގެ ކުރިމަތީގައި މިހެންތިބެ ފާޑު ފާޑުގެ ވާހަކަތައް ދައްކާތީ އޭގެ އަސަރު ކުދިންނަންކުރޭ!!! މިމީހުން ޕޭވްމެންޓާއި މަގުމަތި ބޭނުން މިކުރަނީ ކީއްވެހޭ ހިތައްއަރާ!! އެބުނާ އެޗްޑީސީ ކިޔާތަނަކީ ކީއްކުރާ ތަނެއްހޭ؟؟؟؟؟؟ ރައްޔިތުންނަން ބަލާ ޖައްސާ ތަނެއްތަ؟؟؟
މުދިންބެ
20 February 2019
އަހަރުމެން ފުލެޓްކައިރީ މަސައްކަތްކުރަން ކުޑަ މޭޒްގަޑެއްބަހައްޓަްިގެން ޢެޗް.ޑީ.ސީ މީހުން އައިސް ނަގަން އަންގައިފި. ޖުރިމަނާކުރާނަމޭބުނުމުން އަވަހަށް ގަތްބިރުންނަގައިފިން. އެއީ ދެރަނިކަމެއްޗަކާމެދު ފިޔަވަޅު އަޅާފާނެތީޥެ. ތިވިދާޅުވިހެން ގެސްޓްހައުން ހިންގާމީހުން ތަރިކަބިމެއްހެން ހިވަނީ ބީޗްސަރަހައްދަކީ. ދަރިފުޅު މޫދަށް އެރެންގޮވައިގެންގޮސް އެތަނުން ގޮޑިއެއްގައި ޖައްސާލާއިރަށް ތިބެނީ ރުޅިއައިސް ރަތްވެފަ.
ރާޒުވާ
20 February 2019
ހުޅުމާލޭގަ 4-3 މިލިއަން ރުފިޔާގެ އެޕާޓުމަންޓެއްގަ އުޅޭއިރު ކަލޭ ދެރަނިކަމެއްޗަކަށްވީ ކިހިނެއް؟