ޚިޔާލު / ކޮވިޑް-19

"1676"، ކޮވިޑް ހޮޓްލައިންގެ ނުފެންނަ ފަޅި!

ކޮވިޑް ކޯލް ސެންޓަރުގައި މުވައްޒަފުން މަސައްކަތުގައި.

04 ސެޕްޓެމްބަރ 2020 - 15:36

20 comments

މުޅި ތަނުގައި އެއްއަޑަކަށް ގުގުމާފައި ހުރީ، ފޯނުކޯލްތަކަށް ޖަވާބުދިނުމަށް ހަރަކާތްތެރިވި ހީވާގި މަސައްކަތްތެރިންގެ އަޑެވެ. ފެނިގެން ދަނީ އާއްމުންގެ ފޯނު ކޯލުތަކަށް އިޖާބަ ދިނުމަށް އެ މުވައްޒަފުން ހަލުވިކަމާއި ފަރިތަކަމާ އެކު ހަރަކާތްތެރިވަމުން ދިޔަ މަންޒަރެވެ.

މިއީ، ދަރުބާރުގޭގެ ދެވަނަ ފަންގިފިލާގައި ގާއިމު ކޮށްފައިވާ ކޮވިޑް ކޯލް ސެންޓަރަށް ދިޔަ އަޅުގަނޑާއި އެކުވެރި ނޫސްވެރިންގެ ޓީމަށް ތަޖުރިބާކުރެވުނު ކަންކަމެވެ. އެ ތަނަށް ވަނުމާ އެކު ހިތަށް ވެރިވެގެން ދިޔައީ ތަފާތު އިހުސާސްތަކެކެވެ.

ކޯލް ސެންޓަރަށް ދިޔަ ނޫސްވެރިން އެ ތަނަށް ވަދެ، އެތައް އިރެއް ވީއިރު ވެސް ބީރަށްޓެހި ބަޔަކު އަތުވެއްޖެކަން އެ މީހުންނަށް އިހުސާސް ވެސް ނުކުރެވެ އެވެ. އެ ތަނުގައި އެއްތަރުތީބަކަށް އަތުރާފައިވާ ސިސްޓަމްތައް ކައިރީގައި އިށީނދެނގެން އިން ކޮންމެ މުވައްޒަފަކު ވެސް އެ މުވައްޒަފެއްގެ ޒިންމާ ފުރިހަމަ ކުރުމުގައި އުޅުނީ އެހާމެ އަވަދިނެތި އެވެ.

މަދު މުވައްޒަފުންކޮޅަކާ އެކު އަދާކުރާ ބުރަ، ބަރު ޒިންމާއެއް!

ކޮވިޑް-19އާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމާއި ކޮވިޑް-19ގެ އަލާމާތްތައް ރިޕޯޓް ކުރުމަށާއި މި ނޫނަސް އެ ބައްޔާ ގުޅުން ހުރި އެކި ކަންކަމާ މެދު މުއާމަލާތު ކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން، ކޮވިޑް ހޮޓްލައިނެއް ތަޢާރަފުކުރީ މިދިޔަ މާޗު 7 ގަ އެވެ.

ހިލޭ ގުޅޭ ނަމްބަރު، "1676" އާ އެކު އެ ޚިދުމަތް ފެށިގެން މިއަދާ ހަމައަށް އައިއިރު ވެސް އަބަދުމެ އިވޭ ޝަކުވާއަކީ ކޯލް ސެންޓަރުގެ މަސައްކަތްތައް ލަސްކަމުގެ ވާހަކަ އެވެ. ފޯނަށް ޖަވާބުދާރީ ނުވެވޭ ވާހަކަ އެވެ.

ކޮވިޑް ކޯލް ސެންޓަރުގެ ބައެއް މުވައްޒަފުން އަވަދި ނެތި މަސައްކަތުގައި: ކޮންމެ ހެނދުނު 8 އިން ރޭގަނޑު ދަންވަރު 1 ޖަހަންދެން މަސައްކަތުގައި ތިބެން ޖެހޭ.

ކޯލް ސެންޓަރުގެ ޚިދުމަތުގެ ފެންވަރާ މެދު މީސްމީޑިއާގައި ކޮންމެވެސް މީހަކު ޝަކުވާއެއް ބަންޑުންކޮށް ނުލާ ދުވަހެއް މަދުވާނެއެވެ. އެހެން ނަމަވެސް ކޮވިޑް ކޯލް ސެންޓަރުގެ ކޯލްތަކުގެ އަނެއް ފަޅިން އިވޭ އަޑުތަކުގެ ފަހަތުގައި ވަނީ ބުރަ ޒިންމާއެއް އަދާކުރާ ހީވާގި މުވައްޒަފުން ކޮޅެކެވެ. ހެނދުނު 8:00 ގައި ފަށާ ގޮތަށް، ކޯލް ސެންޓަރުގެ މަސައްކަތްތައް ނިންމާލެވޭ ވަރުވަނީ ކޮންމެ ރެއަކު ވެސް ދަންވަރު 1:00 ގެ ފަހުންނެވެ.

ކޯލް ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި އަބްދުالله އަޒްމީން ވިދާޅުވީ، މަސައްކަތްތައް ކުރިއަށް ގެންދަނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. ކޮންމެ ދަންފަޅިއެއްގައި ވެސް 10-15 ކުދިންނާއި ސުޕަވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވާ ދެ މީހަކު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދުވާލެއްގެ މައްޗަށް މަދުވެގެން 2،000 ކޯލަށް ޖަވާބުދާރީވާއިރު، ކޮންމެ މުވައްޒަފަކަށް ދުވާލަކު އެވްރެޖްކޮށް 100 ވަރަކަށް ކޯލް ނަގަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޯލް ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި އަބްދުالله އަޒްމީން.

"އެޓެންޑް ނުވެވޭ ކޯލްސްތަކަށް ކޯލްބެކް ކުރާނެ. ގުޅާ ނުލެވޭ ކޯލްސްތަކަށް އެޓެންޑުވާނެ ޖެހިގެން އަންނަ ދުވަހު،" އަޒްމީން ވިދާޅުވި އެވެ.

އެކަމަކު ކޯލް ސެންޓަރުގެ މުވައްޒަފުން ހިތްދަތިވާ ކަހަލަ ކަންކަމާ ވެސް އާންމުކޮށް ދިމާވެ އެވެ. ރުޅި އައިސްފައި ތިބޭ މީހުންގެ ކޯލްތައް އަޑުއެހުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ. އެކަމަކު ކެތްތެރިކަމާ އެކު އަޑުއަހަން ތިބެ އެވެ.

"އެ ކަހަލަ ކޯލް ވެސް އެ ބޭފުޅުން އެ ދައްކާ ވާހަކަ އަޑު އަހަން. އެކަމަކު ވެސް ނޯވޭ 20-30 މިނިޓް ވަންދެން ހަޅޭއްލަވަން ހަޑި ހުތުރުބަހުން މުއާމަލާތުކުރަން ފުރުސަތު ދެވޭކަށް،" އަޒްމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާ ވަނީ މަދުން ނަމަވެސް ކޮވިޑް ހޮޓްލައިންގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާތީ، އެކަން ތަކުރާރު ނުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

އެގޮތުން މެޑިކަލް އިމަޖެންސީގެ ދަށުން ހުށަހަން ޖެހެނީ، އަވަހަށް ހައްލު ބޭނުންވާ ސިއްހީ ކަންކަން އެކަނި ކަމަށް ވީ ނަމަވެސް، މާލެ އިން ރަށަށް ދާން ބޭނުންވާ ހުއްދަ ނުލިބިގެން ވެސް ބައެއް މީހުން މެޑިކަލް އިމަޖެންސީގެ ގޮތުގައި މައްސަލަ ހުށަހަޅާ ކަމަށް އަޒްމީން ވިދާޅުވި އެވެ. އެގޮތަށް އަމަލުކުރުމުން، އިމަޖެންސީގައި ސިއްހީ އެހީތެރިކަން ބޭނުންވާ މީހާގެ ކޯލަށް ޖަވާބުދާރީ ނުވެވި، ލަސްވާތީ އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ.

ކޮވިޑާ ގުޅުން ނެތް ބައެއް ކަންކަމުގައި ވެސް ހޮޓްލައިނަށް ގުޅަ އެވެ.

"މާލޭގެ ކޯޓަކުން ރަށެއްގެ ކޯޓަކަށް ފޮނުވާ ވަރީގެ ސެޓްފިކެޓެއް. އެ ސެޓްފިކެޓް އެ ރަށެއްގެ ކޯޓުން ގަބޫލު ނުކުރާތީއޭ ކިޔާފައި 1676 އަށް ގުޅާފައި، އެ ކޯލަށް އެބަ ރުޅި އައިސްގެން ހަޅޭއްލަވާ. އެ ކޯލާގެ 15 ވަރަކަށް މިނިޓް ވަންދެން އޭނާ ހިތު ހުރިހާ އެއްޗެއް އެބަ ކިޔާ،" ކޯލް ސެންޓަރަށް ކުރިމަތިވާ މައްސަލަތަކުން ބައެއް މިސާލުތައް ނަންގަވަމުން އަޒްމީން ވިދާޅުވި އެވެ.

ކޯލް ސެންޓަރަށް ނޫސްވެރިން ޒިޔާރަތްކުރި ދުވަހުގެ ކުރީގެ 24 ގަޑިއިރު އެވްރެޖްކޮށް ކޯލެއްގައި ހޭދަވީ، 4:46 މިނިޓެވެ. އަދި އެވްރެޖް ވެއިޓިން ޓައިމަކީ 01:44 މިނިޓެވެ. މީގެ އިތުރުން ކޯލްގައި މަޑުކުރަން ޖެހުމުން ކޯލްބެކް ކުރަން އެދިފައި ވަނީ 5-10 މީހުންނެވެ.

މަސައްކަތްތައް ވިލަރެސް ކުރަނީ ވަރަށް ރަނގަޅަށް ރާވައި، އިންތިޒާމު ކޮށްގެންނެވެ.

ކޯލް ސެންޓަރުގެ މަސައްކަތްތަކާ މެދު ފާހަގަކުރެވުނު އަނެއް ކަމަކީ، ރާވައި، އިންތިޒާމްކޮށްފައިވާ ގޮތުގެ ފުރިހަމަ ކަމެވެ. އެގޮތުން، ކުރިއަށް ދާ ގޮތް ހަރުދަނާ ކުރުމަށް، ކޮންމެ ޝިފްޓެއްގެ މަސައްކަތް ފެށުމަށާއި ނިންމުމަށް ހުރިހާ މުވައްޒަފުން އެކުގައި ބާއްވާ ބައްދަލުވުމެއް އޮވެއެވެ.

ކޮވިޑް ހޮޓްލައިންގެ ޚިދުމަތުގެ ފެންވަރު ވަޒަންކޮށް، ބެލެހެއްޓުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް އެ ބައްދަލުވުމުގައި، މަސައްކަތް ފެށުމުގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކެއް ވާ ނަމަ، އެކަން މުވައްޒަފުންނާ ހިއްސާކުރެއެވެ.

ކޯލް ސެންޓަރުގެ ސުޕަވައިޒަރު ބިޝާރާ އާދަމް ވިދާޅުވީ، އެ ބައްދަލުވުމުގައި ކޮންމެ ދުވަހެއްގެ އެ ދުވަހެއްގެ މަސައްކަތުގެ ތަޖުރިބާ އިން އިސްލާހު ކުރަން ހުރި ކަންކަމާއި އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަން ބުނެދޭ ކަމަށެވެ. މީގެ އިތުރުން، އެ ބައްދަލުވުމުގައި، އެއްދަންފަޅީގައި ކުރި މަސައްކަތްތައް އަނެއް ދަންފަޅީގެ ކުދިންނަށް ބުނެދިނުމާއި އެ ދުވަހަކު މުވައްޒަފުން މަސައްކަތް ކުރާނެ ސްޓޭޝަންތަކަށް މީހުން ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޯލް ސެންޓަރުގެ ސުޕަވައިޒަރު ބިޝާރާ އާދަމް

"ކޮންމެ ޝިފްޓެއްގައި ވެސް ގެންނާނެ އާޖެންޓްކޮށް އެޓެންޑުވާން ޖެހޭ ކަހަލަ ބައެއް ނަމްބާސް، މިސާލަކަށް އާޖެންޓްކޮށް ތަނަކަށް ދާން ޖެހޭ މީހެއްގެ ހުއްދައެއް ބޭނުންވާ ހާލަތެއްގައި، އާޖެންޓްކޮށް ޑޮކްޓަރުގެ އެހީތެރިކަން ބޭނުންވެއްޖެ ކޭސްއެއްގައި ވެސް، އެ ކަހަލަ ކޭސްތައް މިކޮޅުގެ ޑޮކްޓަރުންގެ ޓީމަށް އިންފޯމްކޮށް، އިތުރު ކްލަސްޓާތަކަށް ޕާސްކޮށް ދޭންޖެހޭ މެސެޖް ޕާސްކޮށްދީ، ޑެއިލީކޮށް އެޓެންޑްވާން ޖެހޭ ކޭސްތަކަށް އެޓެންޑުވެފައި ކޮންމެ ދުވަހެއް ވެސް ދާނީ،" ބިޝާރާ ވިދާޅުވި އެވެ.

ކޮވިޑް ހޮޓްލައިނަށް އަންނަ އެތައް ހާސް ކޯލްއެއްގެ ތެރެއިން އެންމެ ގިނަ މީހުން ގުޅަނީ މާލެ އިން ރަށަށް ދާން ބޭނުންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ގުޅާ ބައެއް މީހުން އެޗްޕީއޭގެ ހުއްދަ ލިބުމުގެ ކުރިން ފުރަން ޓިކެޓް ނަގާ ކަމަށާއި ހުއްދަ ނުލިބެނީސް ޓިކެޓް ނެގުމުން އިތުރު ދަތިތަކާ އާއްމުންނަށް ކުރިމަތިލާން ޖެހޭކަން ބިޝާރާ ފާހަގަ ކުރެއްވި އެވެ.

ރަށްރަށަށް ބޭނުންވާ ޑޮކިއުމެންޓް ދިނުމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ނިންމުމަށް ވަގުތު ނެގިޔަސް އެ ޑޮކިއުމެންޓެސް ލިބުމުގެ ކުރިން ޓިކެޓް ނުނަގަން ބިޝާރާ ވަނީ އާއްމުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް ހޮޓްލައިން އަށް ގުޅަނީ ފައްސިވާ މީހުންނާ ގުޅުން ހުރި އެކި ކަންކަމުގައި ކަމަށް ވެސް ބިޝާރާ ވިދާޅުވި އެވެ.

މަސައްކަތުގައި ގޮންޖެހުންތައް ގިނަ، އެކަމަކު އަޒުމަކަށް ބަދަލެއް ނާދޭ

ކޯލް ސެންޓަރުގައި ކުރާ މަސައްކަތަކީ ފިނި ކޮޓަރިއެއްގައި ތިބެގެން ކުރާ، ފަސޭހަ މަސައްކަތެއް ކަމަށް ހީވެފައި އޮތަސް އެއީ އެ އަށް ވުރެ މާ ބުރަ މަސައްކަތެކެވެ.

ކޮވިޑް ކޯލް ސެންޓަރުގެ ކޮންމެ މުވައްޒަފަކު ވެސް 8 ގަޑި އިރަށް ވުރެ ގިނަ ވަގުތު މަސައްކަތުގައި އާއްމުކޮށް ހޭދަކުރާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހިސާކުރަނީ ހިތްހަމަނުޖެހުމާއި ނުތަނަވަސްވުން އެކުލެވޭ ވާހަކަތަކުގެ ތެރޭގަ އެވެ. ބައެއް ފަހަރު އެއީ ބައްޔަށް ފައްސިވާ މީހުން ކަރަންޓީނަށް ގެންދިއުމުގައި ލަސްވުމުގެ ޝަކުވާތަކެވެ. އަނެއްބައި ފަހަރު ސާމްޕަލްތަކާ ގުޅުން ހުރި ޝަކުވާތަކެވެ. އަދި ކަރަންޓީނުކުރުމާއި ރަށަށް ދާން ބޭނުންވާ ލިޔުންތައް ހޯދުމާއ، މި ނޫނަސް ކޮވިޑް-19 އާ ގުޅުން ހުރި އެތައް ޝަކުވާ އެކެވެ. ކޯލް ސެންޓަރުގައި މަސައްކަތް ކުރުމަކީ ހަގީގަތުގައި އުނދަގުލަކާއި ތަކުލީފުތަކަކާ ވެސް ކުރިމަތިލާން ޖެހުމެވެ.

ކޯލް ސެންޓަރުގެ މުވައްޒަފުން މަސައްކަތުގައި.

ކޯލްސެންޓަރުގެ މުވައްޒަފެއް ކަމަށްވާ އިބްރާހިމް މަދީން ބުނީ ބައެއް ފަހަރު އާއްމު މީހުންގެ ވާހަކަ އަޑު އިވި، ވަރަށް ދެރަވާ ކަމަށެވެ. އެ މީހުންނަށް ކޮށްދެވޭނެ އިތުރު ކަމެއް އޮންނާނެ ނަމައޭ ހިތަށް އަރާ ފަހަރު ވެސް އަންނަ ކަމަށް އޭނާ ބުންޏެވެ.

އެތަނުގެ ކޮންމެ މުވައްޒަފަކު ވެސް މަސައްކަތް ކުރަނީ، އޭނާ ބުނި ގޮތުގައި، ވީހާ ވެސް ސައްހަ މައުލޫމާތު އެއްކޮށް، ކަމާ ބެހޭ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދޭށެވެ.

"ބޮލަށް ބަރުވެފައި ހުންނަ ގޮތަކަށް މިވަގުތު ވެސް އިހުސާސް ކުރެވޭ. ދެން ގިނަ ފަހަރު ހުންނަނީ އެހެން. އެކި ކޯލާސްގެ ކޮންސަރންސް މިކްސް ވެފައި ހުންނަނީ ބޮލުތެރޭ. އެ މީހުންގެ ކަންކަން ނުވެ އެހާ ދުވަސް ވީމާ އެ މީހުންގެ ޝަކުވާ، ބައެއް ފަހަރު ދެރަ ވެސް ވޭ. ހިތަށް ވެސް އަރާ ގުޅާލާ ގަޑީގައި އެކަން ވެސް ކޮށްލަދޭން،" މަދީން ބުންޏެވެ.

ކޯލްސެންޓަރުގެ މުވައްޒަފެއް ކަމަށްވާ އިބްރާހިމް މަދީން

އަންހެން މުވައްޒަފަކު ބުނީ އެންމެ އުނދަނގޫ ކަމަކީ، ހަޑި ހުތުރުބަހުން މުއާމަލާތު ކުރުމާއި ފުރައްސާރައިގެ އެތައް އަމަލެއް ތަހައްމަލު ކުރަން ޖެހުން ކަމަށެވެ.

"ވަރަށް ރުޅި އައިސްގެން ގުޅާ މީހުން ގިނައީ. ކަންކަން ނުވެގެން. ވަރަށް ރުޅިއައިސްގެން. ގުޅާލާފައި ވަރަށް އެއްޗެހި ކިޔާނެ. ކޮންމެ ގޮތެއް ވިޔަސް ނަން ވެސް ބުނަން ޖެހޭ،" އޭނާ ކިޔައިދިނެވެ.

ކޯލް ސެންޓަރުގެ މުވައްޒަފުން އެފަދަ ކިތައްމެ ކަމަކާ ކޮންމެ ދުވަހަކު ވެސް ކުރިމަތިލަ އެވެ. ކެތްތެރިކަން ކޮޅުންލާނެ ކިތަންމެ ކަމެއް ތަކުރާރު ވެސް ވެ އެވެ. އެކަމަކު މަސައްކަތަށް ނުކުންނަނީ، ހިތްވަރާ އެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަޒުމުގަ އެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ކޯލް ސެންޓަރަކީ ފަރުދާގެ ފުރަގަހުގައި އެންމެ މުހިންމު ޒިންމާ އަދާކުރާ އެއް ތަން ކަމެވެ. ކޯލް ސެންޓަރުގެ މުވައްޒަފުންގެ ލޯބިވާ އާއިލާއާ ދުރުގައި ކުރާ މިންނެތް މަސައްކަތުގެ އަގު ވަޒަން ކުރަން އެބަ ޖެހެ އެވެ. އަދި މިކަމުގައި އަރައިގަތުމުގެ އަޒުމް، އާންމުންގެ ނެތް ނަމަ، މި ނުރައްކަލުން، މި ހިތާމައިން ސަލާމަތެއް ނުވެވޭނެ އެވެ. "ކޮވިޑް ހުއްޓުވާނީ އަހަރެން" ކަމަށް ނުހަދައި، މި މުޖުތަމައުއަށް އަލުން ހިތްހަމަޖެހުން ގެނެވޭކަށް ނެތެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.

20 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 24%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

05 September 2020

އޭޑީކޭއަށް ދުވާލަކުގުޅަނީ ގާއްގަނޑަކަށް 50 ކަސްޓަމަރ ކަމުގައިވާނަމަ އޭގެ 30 ގުނައިތުރަށް އެޗްޕީއޭ ދިރާގް އަދި ބޭންކަށް ގުޅާނެ

The name is already taken The name is available. Register?

ދިޔާނީ

05 September 2020

ދިވެހި ރާއްޖޭގަ އެންމެ ކަޑަ ކޯލް ސެންޓަރު ތައް ހުންނަނީ ދިރާގު އަދި ބީއެމްއެލް. އެންމެ ގިނަ ފައިސާ ލިބޭ ތަންތަން. އެންމެ ފަސޭހައިން ގުޅޭ ތަނަކަށް ފާހަގަވީ އޭޑީކޭ.

The name is already taken The name is available. Register?

ކޯލްސެންޓަރ

06 September 2020

ޢެނގޭތަ ަަަ އޭޑީކޭގެ ކޯލްސެންޓަރ ހުންނަނީ ކުޅުދުއްފުށީގަ

The name is already taken The name is available. Register?

ސޯނަމް

05 September 2020

ކޮވިޑް ފައިޓްގެ މުހިއްމު އެއްބައި. ޚިދުމަތުގަ ތިއްބެވި ބޭފުޅުންނަށް ޝުކުރިއްޔާ.

The name is already taken The name is available. Register?

ކިޔުންތެރި

05 September 2020

"ޚިދުމަތުގައި ތިއްބެވި" ބޭފުޅުންނަށް އެންމެންވެ ސް ޝުކުރު ދަންނަވާނެ. މައް ސަލައަކީ ޚިދުމަތުގައި ނުތިބެ އެކަމަކު ޚިދުމަތުގައި ތިބޭ ކަމަށް ހެދިގެން އުޅޭ މީހުން ގިނަކަން.

The name is already taken The name is available. Register?

މޫސުމް ތަންދޭހޭ؟

05 September 2020

ކޯލްސެންޓަރަށް ގުޅޭޔޯ އެތައްފަހަރަކު ގުޅައި ނުގުޅޭ ފޯނެއް ނުނަގާ މަޖަލާ ހީ ސަމާސާ ކުރުމުގަ ހަމަޖެހިލައިގެން 3 ދުވަސް ވީއިރުވެސް މިގެއަށް ސާމްޕަލް ނަގަން ނާންނާތީ އެވާހަކަ ބުނީމަވެސް ނާދޭ މެސެޖް ރައްދުވިބާ މެސެޖް ރައްދުވިނަމަ ފިޔަވަޅެއް ނޭޅުނީ ކީއްވެ

The name is already taken The name is available. Register?

ޝާމް

04 September 2020

ވަރަށް ދެރަ ވެއްޖެ މުޅި އާޓިކަލްކިޔާ ނިމުނު އިރުވެސް ވޮލަންޓިއަރކޮށް ކޯލް ސެންޓަރގައި މަސައްކަތްކުރި ކުދިންނަށް ޝުކުރު އަދާނުކުރީތީވެ. މުޅި ގައުމު ލޮކްޑައުންގައި އޮވެ 10 ހާހުން ކޯލުތައް އެކުދިންނަގައި ރައްޔިތުންނަށް ހިދުމަތްދިންއިރު ތި ސެންޓަރުގައި ނުތިބޭނެ އެކުދިންނެގި ކޯލާއި ވަގުތު ހޭދަކުރި އެކަކުވެސް. ކޯލް ސެންޓަރުގެ ޑޭޝްބޯޑު އެކަމަށް އޭރު ހެކިދިން. 12 ގަޑި އިރު އެވްރެޖްކޮށް ހުއްޓާނުލާ އެކުދިން މަސައްކަތްކުރި. ކުރެޑިޓް މިނަގަނީ އެހެން ބައެއް.

The name is already taken The name is available. Register?

ޖަވާހިރު

04 September 2020

ދެދުވަސް ވެއްޖެ 1676 ގުޅާތާ ފޯނެއް ނުނަގާ ކިޔަނީ ކިޔޫއެއްގައޭ

The name is already taken The name is available. Register?

ހަކީމް

04 September 2020

ތެދު ތަދަށް ބުނާނަމަ ބޮޑު ތަނުން ފެއިލްވެފަ އޮތް ތަނެއް. ފޯނު ނުނަގާތަން އެއްކިބާގަ ބާއްވާފަ ... ތިތަނުން ގުޅާ މީހާއަށްވެސް ވާނުވާ ނޭނގޭ. މުޅިން އޮޅުން ބޮޅުން އަރާފަ .. ކޮންމެ މޭޒަކަށް ބޮޑު ސީ.ޕީ.ޔޫ ބަހައްޓައިގެން މީވެސް ބޮޑު ބޭކާރު ހަރަދެއް. މިޒަމާނުގައި ކޯލްސެންޓަރ ތަކުގައި ބޭނުން ކުރާނީ ތިން ކްލައިނޓްސް. އެތަށް ތަނަކުން ޙަރަދު ކުޑަވާނެ. މިހެން ހެދީމަ މެގަޗިޕް ކަހަލަ ތަންތަން މުއްސަނދިވާނީ ... މިއީ ގަސްތުގަ ކުރާކަމެއް.

The name is already taken The name is available. Register?

ކަރަންޓިނު

04 September 2020

ހާދަ އައު ކޮމްޕިއުޓަރު ތަކެކޭ. ކޯލް ސެންޓަރަކަށް އެހާ މޮޅު ކޮންޕިއުޓަރުތަކެއް ބޭނުންވާނެތަ؟ އަނެއްކާ ހުސް ޑެލް ދޯ ސަބަބަކީ؟

The name is already taken The name is available. Register?

ޙިނި

04 September 2020

ރައްޓެހިންގެ ފަރާތުން ލިބޭ ކޮމެންޓު ހިދުމަތް ކަޑަ 7 ދުވަސް ވާއިރުވެސް ހިދުމަތް ނުލިބޭ ވާހަކަ އިވުނު

The name is already taken The name is available. Register?

1234

04 September 2020

ވަރަށްވެސް ހިތާމަ ހުރި.. ހަޑި ހުތުކޮށް ވާހަކަ ދައްކާ މާރާލާނެ ކަމިގެ އިންޒާރު ޒިބޭ ކިތަންމެ ފަހަރަކު. ސާމްޕަލް ނުނެގިގެން ލަސަވީމަ ނޫނީ ފެސިލިޓީއަކަށް ނުދެވިގެން ލަސްވެގެސް ޒުވާބުކޮށް އިނޒާރުދޭ. ކިތަންމެ ފަހަރަކު ދޮގު މައުލޫމާތު ދީގެން ކަންކަން އޮޅުވާލަފަ ހުރޭ. އެހެނަސް ގައުމަށްޓަކާ ދިވެހި ދަރިންތަކެއް ކުރާ ހިދުމަތެއްމީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454