މުނިފޫހިފިލުވުން / ކެޓްރީނާ ކައިފް

އަންހެން ފުލުހަކަށް ފިލްމެއް ހަދަން ރޯހިތު ގާތު އެދުނިން: ކެޓްރީނާ

09 ނޮވެމްބަރ 2021 - 06:16

ހުކުރު ދުވަހު ރިލީޒްކޮށް، މިހާރު ބޮޑު ތަރުހީބެއް ލިބެމުން އަންނަ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" ގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ގާތު، އަންހެން ފުލުހެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން އެދުނު ކަމަށާއި އެ ފިލްމު ކުޅެން ތައްޔާރަށް ވެސް ހުރި ކަމަށް ފިލްމުގެ ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.

ސޮނީ ޓީީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އާދީއްތަ ދުވަހުގެ ރޭ އެޕިސޯޑްގައި ފިލްމު ޕްރޮމޯޓް ކުރަން އަކްޝޭއާ އެކު ބައިވެރިވި ކެޓްރީނާ ބުނީ ފުލުހެއްގެ ރޯލު ކުޅެލަން ވަރަށް ބޭނުންވާ ކަމަށެވެ. އޭނާ މި ވާހަކަ ދެއްކީ ޝޯގެ ހޯސްޓް ކަޕިލް ޝަރިމާ ކުރި ސުވާލަކާ ގުޅިގެންނެވެ.

އޭނާ ސުވާލުކުރީ އަޖޭ ދޭވްގަނާ އެކު "ސިންގަމް" އާއި ރަންވީރު ސިންގްއާ އެކު "ސިމްބާ" އަދި އަކްޝޭއާ އެކު "ސޫރިޔަވަންޝީ" ފުލުސް ކެރެކްޓާތަކަކާ އެކު ގެނެސްދީފައި ވާތީ އެފަދަ އަންހެން ކެރެކްޓާއަކަށް ޑައިރެކްޓަރު ގާތު ޑިމާންޑް ނުކުރަން ތޯ ބުނެ އެވެ.

"އަހަރެން އެ ވާހަކަ ރޯހިތު ކައިރީ ދެއްކިން ފިލްމު [ސޫރިޔަވަންޝީ] ގެ ޝޫޓިން ހައިދަރުބާދުގައި ޝޫޓްކުރި ދުވަސްވަރު. އެހިން ކީއްވެ ހެއްޔޭ ރޯހިތުގެ ކޮޕް ޔުނިވާސްގެ ތެރެއަށް އަންހެން ފުލުސް ކެރެކްޓާއެއް ނުގެނެސްގެން އުޅެނީ؟. އަހަރެން ބުނީ އެފަދަ ފިލްމެއް ހަދަން ތައްޔާރަށް ހުރި ނަމަ އަހަރެން ހުރީ އެ ކުޅެދޭން ވެސް ތައްޔާރަށޭ،" ކެޓްރީނާ ބުންޏެވެ.

"އެކަމަކު ރޯހިތު ބުނީ ސޫރިޔަންޝީގައި އަހަރެންގެ ކެރެކްޓާ އަކީ އަކްޝޭގެ އަންހެނުންގެ ރޯލަކަށް ވެފައި އެފަދަ ފިލްމެއް [އަހަރެން ހިމަނައިގެން] ހެދުން ހަމަޖެހޭ ކަމަކަށް ނުވާނޭ."

ކެޓްރީނާގެ އެ ވާހަކަތަކާ އެކު ކަޕިލް ބުނީ "އެހެންވިއްޔާ އަކްޝޭ ގާތުން ވަރިވާނީއޭ" ކަމަށެވެ. އޭގެ ރައްދުގައި ހިނިގަނޑެއް ޖަހައިލަމުން ކެޓްރީނާ ބުނީ އެއީ "ރަނގަޅު ހިލާޔެއް" ކަމަށާއި "އެ ވާހަކަ އަދި ރޯހިތު ގާތު ދައްކާނެ" ކަމަށެވެ.

"ކަޕިލް ޝަރުމާ ޝޯ" ގައި އެ މީހުން ވަނީ ރޯހިތު އަންހެން ފުލުހަކަށް ފިލްމެއް ހަދާ ނަމަ އެއަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން ވެސް ސަމާސާކޮށްފަ އެވެ. ޝޯގައި ހިނިގަނޑު ޖަހަން އިންނަ އަރްޗަނާ ޕްރާން ސިންގް ބުނީ އެ ފިލްމަށް "ސްވީޓީ" ކިޔަން ރަނގަޅުވާނެ ކަމަށެވެ. އެއާ ވިއްދައިގެން ބުނީ ފުލުސް ކެރެކްޓާއަކަށް "ސްވީޓީ" ކިޔުން ވާނީ ބޮޑު ޖޯކަކަށް ކަމަށާއި "އޭރުން އިންސްޕެކްޓަރު ސްވީޓީ ނުވެސް ގުޅޭ" ކަމަށެވެ.

"ސޫރިޔަވަންޝީ" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓާ ގެނެސްދިން ފިލްމެވެ. މީގެ ފުރަތަމަ ދެ ފިލްމަކީ އަޖޭއާ އެކު 2011 ގައި ގެނެސްދިން "ސިންގަމް" އާއި 2014 ގެ "ސިންގަމް ރިޓާންސް" ގެ އިތުރުން ރަންވީރާ އެކު 2018 ގައި ގެނެސްދިން "ސިމްބާ" އެވެ.

"ސޫރިޔަވަންޝީ" އަކީ ރޯހިތާ އެކު އަކްޝޭ އާއި ކެޓްރީނާ މަސައްކަތްކުރި ފުރަތަމަ ފިލްމު ވެސް މެ އެވެ. ކެޓްރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓައިގާ 3" އާއި "ފޯންބޫތު" އާއި "ޖީ ލޭ ޒަރާ" ގެ އިތުރުން ދެ ބަޔަކަށް ހަދަން ނިންމާފައިވާ ސުޕަހީރޯ ފިލްމު "ސުޕަ ސޯލްޖާ" ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454